ދިވެހި ސަރުކާރާ ދެކޮޅަށް މެލޭޝިޔާގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމުގައިވާ ޑަބްލިއު.ޒެޑް.އާރްއިން ދިވެހިސަރުކާރާ ދެކޮޅަށް ދައުވާކޮށްފިއެވެ. އެއީ ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބިނާކުރުމާ ބެހޭ އެގްރިމެންޓާ ޚިލާފްވި މައްސަލައާއި ގުޅިގެންނެވެ.

އެ ކުންފުނިން ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައި މެލޭޝިޔާގެ ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އިންޓަނެޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ އަދި ބޮޑުވަޒީރުގެ އޮފީހުން މި މައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންގޮސްދިނުމަށް އެދި ދަންނަވާފައެވެ.

އެ ކުންފުނިން ދައުވާ ކުރާ ގޮތުގައި ދިވެހި ސަރުކާރުން ވަނީ އެގްރީމެންޓާ ޚިލާފްވެފައެވެ. އަދި އެ ކުންފުންޏަށް ދިވެހި ސަރުކާރުން 22.8 މިލިއަން ޑޮލަރު ދޭންޖެހޭއިރު މި ފައިސާ އެ ކުންފުންޏަށް ލިބިފައިނުވާކަންވެސް އެމީހުން ފާހަގަކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ، ވާން ނަޒްދިރް ވަން މުޙަންމަދު ވިދާޅުވި ގޮތުގައި އޭޝިއަން އިންޓަރނެޝަނަލް އާރބިޓްރޭޝަން ސެންޓަރ (އޭ.އައި.އޭ.ސީ) އިން ވަނީ ދިވެހި ސަރުކާރުގެ ކުންފުންޏެއްކަމުގައިވާ ހައުސިންގް އެންޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) އަށް މިދިޔަ އަހަރުގެ ޖުލައި މަހާ ހަމަޔަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތުގެ އަގު ދިނުމަށް އަމުރުކޮށްފައެވެ. ކޯޓަށް މި މައްސަލަ ހުށަހަޅަން ކުންފުނިން ނިންމީ ދިވެހި ސަރުކާރާއެކު މަޝްވަރާކޮށްގެން މި މައްސަލަ ހައްލުކުރެވޭނެ އެއްވެސް މަގެއް ނެތުމާ ގުޅިގެން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޑަބްލިއު.ޒެޑް.އާރްއަކީ މެލޭޝިޔާގައި މަޝްހޫރު އަދި މީހުންގެ ގަދަރު ލިބިފައިވާ ކުންފުންޏެކެވެ. އަދި ޕުސާތު ޚިދްމަތް ކޮންޓްރެކްޓުގައި ކްލާސް އޭގެ ދަރަޖައާއި ސީ.އައި.ޑީ.ބީ ގައި ގްރޭޑް ހަތެއްގެ ލައިސެންސް ވެސް ލިބިފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި މެލޭޝިޔާގައި ބޮޑެތި އެތައް ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ދިވެހި ސަރުކާރާ އެކު މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ކުންފުންޏަށް ލިބުނީވެސް މި ސަބަބުތަކާ ހެދިއެވެ.

ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް 19އާ ގުޅިގެން މިހާރު ކުންފުނީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން މި ހާލަތުން އަރައިގަތުމަށްޓަކައި މި ކޮންޓްރެކްޓުން ލިބެންޖެހޭ ފައިސާ އެ ކުންފުންޏަށް ލިބުން ވަރަށް މުހިންމުކަންވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރުން މި ކުންފުންޏާ އެކު އެންމެ ފުރަތަމަ އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެއީ މާލޭގައި 25 ބުރީގެ އިމާރާތެއް އެޅުމަށެވެ. ނަމަވެސް މި ޕްރޮޖެކްޓު ހުޅުމާލޭގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހި އެ ކުންފުނިން ވަނީ މަސައްކަތްވެސް ފައްޓާފައެވެ. ކުރެވުނު މަސައްކަތުގެ އަގު ދިވެހި ސަރުކާރުން ނުދިނުމާއި ގުޅިގެން އޭޝިއަން އިންޓަނެޝަނަލް އާބިޓްރޭޝަން ސެންޓަރުން ވަނީ އެޗް.ޑީ.ސީއަށް މި މައްސަލަ ހައްލަކުރުމަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގޮވާލާފައެވެ. އަދި މި އަހަރުގެ ޖުލައި 5 ވަނަދުވަހު އޭ.އައި.އޭ.ސީގެ އެޑްޖުޑިކޭޓަރ، ޖޯން ރައިޓްސް ވަނީ މި މައްސަލާގައި ކުންފުންޏާ އެއްކޮޅަށް ވަކާލާތުކޮށް ހަތް ދުވަހުގެ ތެރޭގައި 22.8 މިލިއަން ޑޮލަރު ދިނުމަށް އެޗް.ޑީ.ސީއަށް އަމުރުކޮށްފައެވެ.

އެޗް.ޑީ.ސީން ކަނޑައެޅިފައިވާ މުއްދަތުގައި ކުންފުންޏަށް ފައިސާ ދީފައި ނުވުމާ ގުޅިގެން އޭ.އައި.އޭ.ސީން ވަނީ އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދޭވަރަށް އިތުރު ފައިސާ ދޭންޖެހޭނެ ކަމަށްވެސް ބުނެފައެވެ. ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ މި ދެންނެވި ސަބަބުތަކާ ހުރެއެވެ.

 

Loading

3 Responses

  1. މިސަރުކާރަކީ ދިވެހިގައުމު ދަރަނިކޮއް ލާސަރުކާރެށް
    މިހާރުމިއިގެނީ މިސަރުކާރުގެ ގާބިލްކަން ނެތްކަން
    މިފަދަބޮޑެތި ބޭރުގެ ކުންފުނި ތާކާ އެކުހެދޭ ބޮޑެތިއެގުރި
    މެންޓް ތަކައް އަހުމިތްޔަތު ދެވެންޖެހޭނެ އަހަމިޔަތު ނުވޭނެ
    ނަމަ ބޭރުގެ ކުންފުނިތަކައް ބިޑްތައް ހުވައިލައިގެންނުވާނެ

  2. ކުރިންވެސް ނަސީދުގެ ވެރިކަމުގަ ޖީއެމްރާއް އެއާޕޯޓް ވިއްކާލީމާ
    ދިވެހިން ޖެހުނީ ނަސީދުގެ ސަރުކާރާ ދެކޮޅައް މަގުތަކަށްނުކުމެ
    މުޒާހަރާ ކުރަން ވެރިކަމަށް ގާބިލްނޫން މީހުން ވެރިކަމައް ގެނައިމާ
    މިޖެހެނީ ރައްޔަތުން މަގުތަކުގަ ސަލަންޖަހަން މީތޯހެޔޮވެރިކަމަކީ

  3. ތި އައިޑިއާ ދޭނީވެސް ފައްޔާޒު ނޫނީ އިބޫ ކޭމްޕުގެ ގަދަޅާއެއް. އެހެނީ ދައުލަތުން ބަދަލުދިނުމުގައި މިވެރިން ޕީއެޗްޑީ ނަގައިފި. ބޮޑުންގެ ތެރޭގައި މިޓީމަކީ ފައްޔާޒް، ޢާމީރު. ޝާހިދު. ޝޭޚު އިމްރާން، މާރިޔާ އެބަކިޔާ. ވެދާނެ ދޮގަކަށްވެސް. އަންނިވެސް އެބަކިޔާ ބުރޯހެދިގެން އެ އުޅެނީ ސޯލިޙު ރައީސް އަށް ބައިއަޅާތީއޯލަ. އެވެސްވެދާނެ ދޮތަކަށް. ތެދު އިގެންދެން މަ ހުންނާނަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް