11/9ގެ ހާދިސާއާއި ގުޅޭ އައު ރިޕޯޓެއް ބައިޑެންގެ ސަރުކާރުން ތައްޔާރުކުރަނީ

Loading

Facebook
Twitter
WhatsApp

11/9ގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުން ބުނާގޮތުގައި ސައުދީ އަރަބިޔާއިން ވަނީ އަލް ގައިދާ ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީ 9/11 ހާދިސާ ހިންގުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. އެހެންކަމުން އެ ހާދިސާގައި މަރުވި އާއިލާގެ މީހުން ދަނީ ސައުދީ އަރަބިޔާއިން އެކަމުގައި ބައިވެރިވެފައި ވަނީ ކިހާވަރަކަށްތޯ އަލުން ބަލައި ސައުދީ އަރަބިޔާއާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންއަށް ގޮވާލަމުންނެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ އެ މައްސަލައާ ބެހޭ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ރައީސްގެ އިސްނެންގެވުމާއި ގުޅިގެން ފަށާފައެވެ. އަދި 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހިނގައިދިޔަ އެ ހިތާމަވެރި އަދި ގެއްލުން ބޮޑު ހާދިސާ އާއި ގުޅިގެން އާންމުންގެ ހިތްތަކުގައިވާ ސުވާލުތަކަށް މި ރިޕޯޓުން ޖަވާބު ލިބިގެން ދާނެކަމަށް ޖަސްޓިސް ޑިޕާރޓްމެންޓުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ވައިޓްހައުސްއިން މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި 2001 ވަނަ އަހަރު ހިނގި އެ ހާދިސާގެ ޝިކާރަކަށްވި މީހުންގެ އާއިލާތަކަށް އަދިވެސް ހައްގު އިންސާފު ހޯދައިދެވިފައެއް ނުވެއެވެ. މި ރިޕޯޓު ތައްޔާރުކޮށް އާންމުކުރުމުގެ މައިގަނޑު މަގުސަދަކީ އެ މީހުންގެ ޝަކުވާތަކަށް ނިމުމެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް