ތާލިބާނުން 90 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް އެމީހުންގެ ބާރުގެ ދަށަށް ގެންދާނެ

91

އެމެރިކާއިން ހަދާފައިވާ ދިރާސާއެއްގެ ތަފާސް ހިސާބުތަކުން ހާމަވެފައިވާ ގޮތުގައި ޠާލިބާނުން 30 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 90 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ މައްޗަށް އެމީހުންގެ ބާރުވެރިކަން ފެތުރޭނެކަމަށްވެސް މި ދިރާސާ ކުރެއްވި އެމެރިކާގެ އިންޓެލިޖެންސްއިން ވަނީ ލަފާކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހަށް ފަހު ތާލިބާން ޖަމާއަތުން މިއަދާ ހަމައަށް އަފްޣާނިސްތާނުގެ ނުވަ ރަށް ހިފާފައިވެއެވެ. އެއީ ފައިޒާބާދް، ފަރާޚް، ޕުލް އަލްހުމްރީ، ސަރޭއުޕުލް، ޝާރބަޚާން، އަބަޔަކް، ކުންދުޒް، ތަލުގާން އަދި ޒަރަންޖްއެވެ.

ޠާލިބާނުން މިހާރުވެސް ވަނީ އަފްޣާނިސްތާނުގެ ބޮޑު ބަޔެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ