އިޒްރޭލުން ލުބަނާނުގެ ދެކުނުގެ ސަރަހައްދަކަށް މިސައިލުގެ ހަމަލާއެއް ދީފި

225

އިޒްރޭލުގެ ވައިގެ ސިފައިންގެ ޖެޓްތަކުން ލުބަނާނުގެ ދެކުނު ބޯޑަރު ސަރަހައްދަށް މިސައިލު ހަމަލާއެއް ދީފިއެވެ. ލުބްނާނުގައި މިދިޔަ އަހަރު ހިނގި ހިތާމަވެރި ހާދިސާއިން އަރައިގަތުމަށް އެ ގައުމުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން މިފަދަ ހަމަލާއެއް ދިނުމުން އެ ގައުމުގެ އިސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ލުބުނާންގެ ޓީވީ ޗެނަލްއެއް ކަމުގައިވާ އަލް މަނާރް ޓީވީއިން މައުލޫމާތުދީފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ މެންދަމު 12:40 ގައެވެ. އެއީ ލުބްނާންއާއި އިޒްރޭލާ ދެމެދުގެ ބޯޑަރާ ހަތް މޭލުދުރުގައިވާ މަހްމޫދިއްޔާ ކިޔާ އަވަށަކަށެވެ.

މިހަމަލާއަށް ފަހު އިޒްރޭލުގެ އެއަރފޯސްއިން ވަނީ މިކަމާ ގުޅިގެން ޓްވީޓެއްކޮށްފައެވެ. މި ޓްވީޓުގައިވާ ގޮތުގައި އިޒްރޭލުން މި މިސައިލް ހަމަލާ ދީފައިވަނީ ލުބްނާނުން އިއްޔެގެ ވަގުތެއްގައި އިޒްރޭލަށް ރޮކެޓު ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ. ލުބްނާންގެ ރައީސް، މައިކަލް އައުން މިކަމަށް ރައްދުދެއްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައިވެސް ހަމަ މިފަދަ ހަމަލާތައް އިޒްރޭލުން އެ ގައުމަށް ދީފައިވެއެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ހަމަލާތައް އިތުރުވެފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ