ތާރީޚުގައިވެސް ހަނަފަސް ނުވާ ވަރަށް ކެލިފޯނިޔާގެ ބިންގަނޑު ހަނަފަސްވެ މުޅި ސަރަހައްދުން ފެން ހުސްވެއްޖެ

Loading

Facebook
Twitter
WhatsApp

ހޫނުމޫސުމުގެ ވަބާގައިޖެހި ކެލިފޯނިޔާ ވަނީ ހަނަފަސް ސަހަރާއަކަށް ބަދަލުވެފައެވެ. ފެން ހުސްވެ ބިންގަނޑު ހަނަފަސްވެ ޖަނަވާރުތައް މަރުވެ ގަސްގަހާގެހި ވަނީ މޯޅިވެ ހިކި ފައެވެ. މިއީ ތާރީޚުގައިވެސް ކެލިފޯނިޔާއަށް އެންމެ ހޫނުގަދަ އަހަރު ކަމަށް ކަމާބެހޭފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ބޯނެ ފެން އެއްކޮށް ހުސްވެދާނެ ކަމަށް އެ ސަރަހައްދުގެ ވެރިން މިހާރު ވަނީ ދަނޑުބިންތަކަށް ދޫކޮށްފައި ހުރި ފެން އެމީހުންނަށް ބޭނުން ނުކުރެވޭގޮތަށް ހަދާފައެވެ. މިކަމާހެދީ ދަނޑުވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް ބޯނެ ފެން އެއްކޮށް ހުސްވެއްޖެނަމަ ދިމާވާނެ ދަތިތަކަށް ވުރެ މިގޮތް މާ ރަނގަޅުވާނެ ކަމަށް އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ. މި ހާލަތުން އަރައިގަތުމަށް ނުކުޅެދިއްޖެ ނަމަ ކެލަފޯނިޔާގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދާނެކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. އަދި ފެން ރައްކާތެރިކުރުމަށާއި ފެން ވީހާވެސް މަދުން ބޭނުކުރުމަށް އާންމުންނަށް ބާރުއެޅުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ބިލްބޯޑުތައް ބަހައްޓައި އެކިއެކި ކެމްޕޭނުތައް މިހާރު ވަނީ ފަށާފައެވެ.

މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަމުންދާ އެއްބަޔަކީ ދަނޑުވެރިންނެވެ. ދަނޑުވެރިން ދައުވާ ކުރާ ގޮތުގައި މިހާލަތަށް ގައުމު ދާންޖެހިފައި ވަނީ އިސްވެރިންގެ ގާބިލުކަން ކުޑަވީމައެވެ. ކޯރުތަކުން ފެން ބޭނުންކޮށްގެން ދަނޑުގޮވާން ކުރުމުގެ މަގުތައް ސަރުކާރުން ބަންދުކުރުމާއި ގުޅިގެން ދަނޑުވެރިންނަށް ވަނީ އެތައް ސަތޭކަ ޑޮލަރެއް ޚަރަދުކޮށް ވަޅުކޮންނަން ޖެހިފައެވެ. އަދި އެހާ ބޮޑު ޚަރަދެއް ކޮށްގެން ދަނޑުވެރިކަމުން އާމްދަނީ ނުލިބޭނަމަ އެތައް ބަޔަކު ހާލުގައި ޖެހި ކާބޯތަކެތިވެސް އަވަސް މުއްދަތެއްގެ ތެރޭގައި ހުސްވާނެކަމަށް ދަނޑުވެރިން ދަނީ ބުނަމުންނެވެ. ކެލިފޯނިޔާއަކީ އެމެރިކާގައި ބޭނުންކުރާ ދަނޑުގޮވާމުގެ އެތައް ބާވަތެއް އުފައްދާ ސަރަހައްދެކެވެ. އެހެންކަމުނެ ދަނޑުބިންތަކުގެ ހާލަތު ރަނގަޅު ނުވެއްޖެނަމަ ވަރަށް ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިންޒާރު ދެމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް