އިޒްރޭލާއި ޔޫ.އޭ.އީއާ ދެމެދު ސިއްރިއްޔާތުގައި ވެވުނު އެއްބަސްވުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން

439

އިޒްރޭލުގެ އެއިލެޓް ރިސޯޓުގެ ވަށައިގެންވާ ރަތް ކަނޑުގެ ސަރަހައްދަކީ ދުނިޔެވީ ފެންވަރެއްގައި ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. އެ ސަރަހައްދު ވަނީ މުރަކަތަކާއި ތަފާތު ވައްތަރުގެ މަސްމަހާމެއްސާއި ރީތި ހިތްގައިމު ގުދުރަތީ މަންޒަރުތަކުން މުއްސަނދި ވެފައެވެ.

ނަމަވެސް މި ސަރަހައްދު މިހާރު މި ވަނީ އިޒްރޭލުގެ މުދަލުގެ ދަހިވެތިކަމުގެ ޝިކާރައަކަށްވެފައެވެ. އީކޮލޮޖިސްޓުން ލަފާކުރައްވާ ގޮތުގައި އިޒްރޭލާއި ޔޫ.އޭ.އީ އާ ދެމެދު މިދިޔަ އަހަރު ހަދާފައިވާ ސިއްރު އެގްރީމެންޓުތަކުގެ ސަބަބުން މި ގުދުރަތީ ޖަވާހިރު މި ދުނިޔެ މަތިން އެއްކޮށް ފުހެވިގެންދާނެއެވެ.

އިޒްރޭލާއި ޔޫ.އޭ.އީއާ ދެމެދު މިދިޔަ އަހަރު ކޮށްފައިވާ އެގްރީމެންޓުގައި ވާ ގޮތުގެ މަތިން މި ސަރަހައްދު ތެޔޮ ރައްކާކުރާ ތަނަކަށް ބަދަލުވެގެން ދާނެއެވެ. އެއީ ގަލްފުގެ ގައުމުތަކުން އުފައްދާ ތެޔޮ އިޒްރޭލު މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި ހަމަޔަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހަދާފައިވާ އެގްރީމެންޓެކެވެ.

އިޒްރޭލު ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ޔޫރަޕް އޭސިޔާ ޕައިޕްލައިން ކޮމްޕެނީ އާއި އެމިރާތީ ކުންފުންޏެއް ކަމުގައިވާ މެޑް-ރެޑް ލޭންޑް ބްރިޖާ ދެމެދު ވެވިފައިވާ މި އެއްބަސްވުމާ ބެހޭ ތަފްސީލީ މައުލޫމާތު ދެ ގައުމުން ވެސް ވަނީ ސިއްރުކޮށްފައެވެ.

 

1 ހިޔާލު

  1. އިޒްރޭލު ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ޔޫރަޕް އޭސިޔާ ޕައިޕްލައިން ކޮމްޕެނީ އާއި އެމިރާތީ ކުންފުންޏެއް ކަމުގައިވާ މެޑް-ރެޑް ލޭންޑް ބްރިޖާ ދެމެދު ވެވިފައިވާ މި އެއްބަސްވުމާ ބެހޭ ތަފްސީލީ މައުލޫމާތު ދެ ގައުމުން ވެސް ވަނީ ސިއްރުކޮށްފައެވެ. indiaaa irajje ai demedu vaa ebbasvunthah vaneesirrukofaia

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ