ވިލާ އިންޓަނޭޝަނަލް އެއަރޕޯޓުން އަތުލައިގަތް ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

އދ މާމިގިލީގައި ހުންނަ ވިލާ އިންޓަނޭޝަނަލް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާ ތަކަކީ ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި  ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 62 ފުޅި ބަގުރަލާއި 21 ދަޅު ބިޔަރު ހިމެނޭކަމަށެވެ. މިތަކެތި ނައްތާލައިފަވަނީ މާމިގިލީ […]

އޭޝިއާއިން ކޮރަޕްޝަން އެންމެ ކުޑަގައުމަކަށް ސިންގަޕޫރު

  ޤައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުމަށް ޓްރާންޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް 2020 އިން ދައްކާގޮތުން ސިންގަޕޫރު ހިމެނިގެން ދިޔައީ އޭޝިޔާ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ މަދުގައުމަށެވެ. މި ލިސްޓުން މުޅި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ސިންގަޕޫރަށް ލިބުނީ ތިން ވަނައެވެ. އެއީ 183 ގައުމުގެ ތެރެއިންނެވެ. ޓްރާންސްޕޭރަންސީ ރިޕޯޓުގައި ސިންގަޕޫރަށް ލިބިފައިވަނީ 85 ޕޮއިންޓެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތް ނިއުޒިލެންޑް އަދި ޑެންމާކަށް ލިބުނީ […]

މާލޭގެ ބައެއް ޕާކިން ޒޯންތައް ކުއްޔަށް ދޫކުރަނީ

    މާލެސިޓީގެ ބައެއް ޕާކިން ޒޯންތައް ކުއްޔައް ދޭން ނިންމާފައިވާ ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ. ސިޓީކައުންސިލުން ބުނީ ކުއްޔަށްދޭން ނިންމާފައިވަނީ އަމީނީމަގު ދެކުނުން އިއްޒުއްދީން މަގާއި ދޮންއަދަރާދަ ހިނގުމާއި ދެމެދުގައިވާ މަގުތަކާއި ގޯޅިތަކުގެ ޕާކިންގ ޒޯންތައްކަމަށެވެ.   ޕާކިން ޒޯންތަކުން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށެވެ. އެއިން ސްލޮޓެއް ދޫކުރުމަށް ހަމަޖައްސާފައިވަނީ މަހަކު 1500 ރުފިޔާ އަށެވެ. ސިޓީ ކައުންސިލުން ބުނީ މި ސްލޮޓްތައް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި […]

ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ “ ލޮޓީފައިލްސް“ އަށް މައިކްރޯސްފްޓުން 9 މިލިއަން ޑޮލަރުގެ އިންވެންސްޓްމަންޓެއް

  ދިވެހި ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސް އަށް ލިބުނު މަޝްހޫރިކަމާއެކު މައިކްރޯސޮފްޓްން ނުވަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ދީފިއެވެ. ލޮޓީފައިލްސްއިން އެކަން އިއުލާން ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެމީހުންނަށް މަރުހަބާކިޔަމުންނެވެ. އޭގެ ތެރޭގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިފައިވަނީ ލޮޓީލައިފްސްގެ ހޯދި ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހިންގެ އީޖާދެއްކަމަށް ކަމަށްވާތީ އެކަމާ ފަޚްރުވެރިވެ ވަޑައިގަންނަވާކަމަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާ އިސްމާއިލް ވެސް […]

މަކަރާ ހީލަތުން ރާއްޖެއަށް ތަރުކާރީ މޭވާ އެތެކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުން ބަލަންފަށައިފި

      މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ގިނަ އަދަދެއްގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅުމާގުޅިގެން އެފަދަ ކަންތައްކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ. ފުލުހުން ބުނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާއިރު، މިޖަނަވަރީ މަހު މިފަދަ އެއް މައްސަލަ  ހުށަހެޅިފައިވާކަމަށެވެ. މި މައްސަލަ ތަކާ ގުޅިގެން މި މަހުގެ 16 ވަނަ […]

އާއިލާތަކުން ރަށަށް ބަދަލުވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ: މިނިސްޓަރ އައިޝަތު

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިމާވެފައިވާ ދަތި އުނދަގޫ ތަކުގެ ސަބަބުން ރަށަށް ބަދަލުވާން ބޭނުންވާ ކުޑަކުދިންތިބޭ އާއިލާތަކަށް އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ޖެންޑަރ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އައިޝަތު މިހެން ވިދާޅުވީ މިއަދު އެކަމަނާގެ ފޭސްބުކް ވޯލްގައި ކުރެއްވި ޕޯސްޓްއެއްގައެވެ. އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައި މިވާ އުދަނގޫ ވަގުތުގައި ކުޑަކުދިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ދަތި އުދަނގޫތައް ކުރިމަތިލާންޖެހި މާލޭގައި […]

ތިމަރަފުށީގައި ހަރުކަށިފިކުރު ފެތުރުމުގެ ސަބަބުން މައިންބަފައިން ކާފަރުކޮށް ގަތުލުކުރަންޖެހޭކަމަށް ދެކޭ

  ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް މައިންބަފައިން ގަތުލުކުރަންޖެހޭ ކަމަށް ދެކޭ ކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ ނޮވެންބަރު މަހުގައި ތިމަރަފުށީގައި ދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމް ހަމަލާއަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވިކަން ހާމަކުރުމަށް  މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާގޮތުން ތިމަރަފުށީގައި ހަރުކަށިފިކުރު ވަރަށްބޮޑަށް ފެތުރި މައިންބަފައިންނާމެދު ދަރިން ދެކޭގޮތް ވަރަށްބޮޑަށް ބަދަލުކޮށްލައެވެ. “ ތިމަރަފުށީގައި […]

ޓެރަރިޒަމް ހަމަލާގައި ގޮއްވާލަން ރޭވީ  ސްކޫލުގައި އޯލެވެލް އިމްތިހާން ކުރިއަށް ދިޔަވަގުތު: ފުލުހުން

  މިދިޔަ ނޮވެމްބަރު މަހުގައި ޓެރަރިޒަމް ހަމަލާއެއްދޭން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ރާވަމުން ދިޔައީ ތ. އަތޮޅު ތައުލީމީމަރުކަޒުގައި  މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށްދާ ވަގުތާއި ދިމާކޮށް  އެ ސްކޫލްގެ ލެބޯޓްރީގޮއްވާލުމަށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްކޫލް ލެބޯޓްރީ ގޮއްވާލަން ރޭވި ދުވަސްވަރު އެ ސްކޫލްގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަމަށް ތަހުގީގުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލާގައި މިހާރު އަށް […]

މަސްވެރިކަމާގުޅޭ މަޝްރޫތައް ފެށުމުގެ ކުރިން ހުއްދަ ނެގުމަށް އަންގައިފި

    މަސްވެރިކަމާ ގުޅޭ މަޝްރޫއުތަކުގެ ތެރެއިން ނުވަ މަޝްރޫއެއް ފެށުމުގެ ކުރިން އެކަމާބެހޭ މައުލޫމާތު ހިއްސާކޮށް އެ މަޝްރޫއު ހިންގުމަށް ހުއްދަ ނެގުމަށް ފިޝަރީޒް މިނިސްޓްރީން އަންގައިފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުތަކަށް ހުއްދަ ނެގުމަށް އެންގީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ މަސްވެރިކަމުގެ މަޝްރޫތައް ގާއިމް ކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ މަޝްރޫއުހިންގުމުގެ ކުރިން ހުއްދަ ނެކުމަށް އެންގީ އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓް […]

ޖާބިރުގެ ފައިސާއަށް ފާރިޝް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

  ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ފައިސާ ތަކަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ހިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ. ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ދިޔާނާ ފާރިސް މައުމޫނާ ދެކޮޅަށް ފުލުހަށް ހުށަހަޅާފައިވާ މައްސަލާގައި ވާގޮތުން ޖާބިރުގެ އަތްފުޅުން މައުމޫން  ނެންގެވިކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ހަވާލުކުރަން ޖާބިރުގެ ފަރާތުން ހަވާލުކުރީ […]