ވިލާ އިންޓަނޭޝަނަލް އެއަރޕޯޓުން އަތުލައިގަތް ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

Loading

Facebook
Twitter
WhatsApp

އދ މާމިގިލީގައި ހުންނަ ވިލާ އިންޓަނޭޝަނަލް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ.

ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާ ތަކަކީ ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި  ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 62 ފުޅި ބަގުރަލާއި 21 ދަޅު ބިޔަރު ހިމެނޭކަމަށެވެ.

މިތަކެތި ނައްތާލައިފަވަނީ މާމިގިލީ ޕޮލިސް ސްޓޭޝަންގައި އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ހާމަކުރިގޮތުގައި ނައްތައިލި ބަނގުރާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 11 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް އަތުލަތް ތަކެއްޗެވެ.

ބަނގުރާ ނައްތާލުން މާމިގިލީ ޕޮލިސް ސްޓޭޝަންގެ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް