19 ރަށެއްގެ ބިމުގެ ފެން ފަށަލަ އިއާދަކުރުމުގެ ވަސީލަތްތައް ފަރުމާކުރުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގެ 19 ރަށެއްގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކޮށް ފެންފަށަލަ އިޔާދަ ކުރުމުގެ ވަސީލަތްތައް ފަރުމާކުރުމަށް ދެ ކުންފުންޏަކާ މިއަދު އެންވަޔަރަމަންޓް މިނިސްޓްރީން ހަވާލުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީން ވަނީ މި މަސައްކަތް ހަވާލުކުރި ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

 

މި އެއްބަސްވުމުގެ ދަށުން ފެންފަށަލަ ދިރާސާކޮށް އިޔާދަކުރުމުގެ ވަސީލަތްތައް ފަރުމާކުރުމަށް ހަމަޖެއްސީ ގދ އަތޮޅުގެ ހަ ރަށަކާއި  ތ އަތޮޅުގެ ފަސް ރަށަކާއި މ. ދ. ގއ. އއ. އަތޮޅުން ކޮންމެ އަތޮޅެއްގެ  ދެ ރަށެއްގެ އިތުރުން ށ. އަތޮޅުގެ އެއް ރަށް އަދި އދ އަތޮޅުގެ ރަށެއްގައެވެ.

އެ ރަށްތަކަކީ

ގދ. އަތޮޅު: ފަރެސްމާތޮޑާ، ރަތަފަންދޫ ، ނަޑެއްލާ އަދި ހޯދެއްދޫ

ތ. އަތޮޅު:  ކަނޑޫދޫ ، ވަންދޫ، އޮމަދޫ ، ދިޔަމިގިލި އަދި ގާދިއްފުށި

މ. އޮތޮޅު:  ނާލާފުށި އަދި ވޭވަށް

ދ. އަތޮޅު: ބަނޑިދޫ އަދި ހުޅުދެލި

ގއ. އަތޮޅު: މާމެންދޫ އަދި ނިލަންދޫ

އއ. އަތޮޅު: ހިމަންދޫ އަދި މަތިވެރި

ށ. އަތޮޅު: ފޯކައިދޫ

އދ. އަތޮޅު:  ކުނބުރުދޫ

 

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ 7.2 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާގޮތަށް ކަމަށެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓްގެ ދަށުން ހިންގާނެ މަޝްރޫއެއްކަމަށެވެ.

ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓަކީ ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް 2017 ވަނައަހަރުން ފެށިގެން ހިންގަންފެށި މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި  ރަށްރަށުގައި ސާފު އަދި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމާއި ފެނުގެ ފަށަލަ ދިރާސާކޮށް މޮނިޓަރ ކުރުމާއި ފެނަށް ދަތިވާ ރަށްރަށަށް ފެންފޯރުކޮށްދޭ ޕްލޭން އެކުލަވައިލުމުގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް