މަސްވެރިކަމާގުޅޭ މަޝްރޫތައް ފެށުމުގެ ކުރިން ހުއްދަ ނެގުމަށް އަންގައިފި

Loading

Facebook
Twitter
WhatsApp

 

 

މަސްވެރިކަމާ ގުޅޭ މަޝްރޫއުތަކުގެ ތެރެއިން ނުވަ މަޝްރޫއެއް ފެށުމުގެ ކުރިން އެކަމާބެހޭ މައުލޫމާތު ހިއްސާކޮށް އެ މަޝްރޫއު ހިންގުމަށް ހުއްދަ ނެގުމަށް ފިޝަރީޒް މިނިސްޓްރީން އަންގައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުތަކަށް ހުއްދަ ނެގުމަށް އެންގީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ މަސްވެރިކަމުގެ މަޝްރޫތައް ގާއިމް ކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މަޝްރޫއުހިންގުމުގެ ކުރިން ހުއްދަ ނެކުމަށް އެންގީ އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ރާވާ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރި އެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫއުއެއް ކަމުގެ ޔަގީންކަން އެ މަޝްރޫއު ރާވައި ހިންގާ ފަރާތަށް ދިނުން ކަމަށެވެ.

މަސްވެރިކަމާ ގުޅޭ މަޝްރޫއުތަކުގެ ތެރެއިން ފެށުމުގެ ކުރިން ހުއްދަނަގަންޖެހޭ ނުވަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  1. މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް
  2. ގޭދޮށޫ މަސްފެކްޓްރީ ގާއިމްކުރުމުގެ މަޝްރޫއު
  3. މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކޮށް، ގަނޑުކޮށް ރައްކާކުރުމަށް ހިންގާ މަޝްރޫއުތައް
  4. މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސްޕްލާންޓް ގާއިމް ކުރުން
  5. ފާނަ ކޮށި އެޅުން ނުވަތަ ކޮށި އަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫއުތައް
  6. އެކުއަކަލްޗަރ ކުރުމާއި އެކުއަކަލްޗަރއާ ގުޅުން ހުރި މަޝްރޫތައް
  7. ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް
  8. އެކްސްޕޯޓްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ގާއިމްކުރުމަށް ހިންގާ މަޝްރޫއުތައް
  9. ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫއުތައް

 

ފިޝަރީޒް މިނިސްޓްރީން ވަނީ މި ނުވަ ގިންތިއަށް ފެތޭ މަސްވެރިކަމުގެ މަޝްރޫއެއް ފެށުމަށް ބޭނުންވާ ފަރާތްތަކުން މިކަމަށް ހުއްދަ އަށް އެދޭ ފޯމާއި އެކު އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައެވެ.

އެ މިނިސްޓްރީން ބުނީ ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ މަޝްރޫއުތަކަށް އެ ޕްރޮޕޯސަލުގައި ހިމަނަންޖެހޭ މައުލޫމާތު ބަޔާންކުރާ ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުން ޑައުލޯޑް ކުރެވޭނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް