އޭޝިއާއިން ކޮރަޕްޝަން އެންމެ ކުޑަގައުމަކަށް ސިންގަޕޫރު

16

 

ޤައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުމަށް ޓްރާންޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް 2020 އިން ދައްކާގޮތުން ސިންގަޕޫރު ހިމެނިގެން ދިޔައީ އޭޝިޔާ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ މަދުގައުމަށެވެ.

މި ލިސްޓުން މުޅި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ސިންގަޕޫރަށް ލިބުނީ ތިން ވަނައެވެ. އެއީ 183 ގައުމުގެ ތެރެއިންނެވެ.

ޓްރާންސްޕޭރަންސީ ރިޕޯޓުގައި ސިންގަޕޫރަށް ލިބިފައިވަނީ 85 ޕޮއިންޓެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތް ނިއުޒިލެންޑް އަދި ޑެންމާކަށް ލިބުނީ 88 ޕޮއިންޓްއެވެ. ފިންލޭންޑް، ސްވިޒްލޭންޑް އަދި ސްވީޑެން ވަނީ 85 ޕޮއިންޓާއެކު މި ސާވޭ ރިޕޯޓުގެ ތިންވަނައިގައި ސިންގަޕޫރާ އެކީ ހިފަހައްޓާފައެވެ.

ޤައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުމަށް ޓްރާންޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް ރިޕޯޓް 1995 އިން ފެށިގެން އާންމުކުރަން ފަށާފައިވާއިރު ސިންގަޕޫރު ހިމެނެނީ މިލިސްޓުގެ ފުރަތަމަ ދިއަހެއްގައި ފާއިތުވީ 26 އަހަރު ހިފެހެއްޓި ގައުމަށެވެ. މިދިޔަ އަހަރު ނެރުނު 2019 ވަނައަހަރުގެ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް ސާވޭ ރިޕޯޓުގައި ސިންގަޕޫރު ހިމެނުނީ ހަތަރު ވަނައިގައެވެ. 2010  އަހަރުގެ ލިސްޓުގައި ސިންގަޕޫރުވަނީ މި ލިސްޓުން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޗެއަރ، ދެލިއާ ފެރޭރާ ރޫބިޔޯ ވިދާޅުވީ މިދިޔަ އަހަރު ދުނިޔެ ކުރިމަތިލައިފައިވާ ކޮވިޑް-19 ބަލިމަޑުކަން ވެގެން ދިޔައީ ސިއްހީ އަދި އިގްތިސާދީގޮތުން ކުރިމަތިވި ކާރިސާއެއް ކަމަށެވެ. އަދި މިކާރިސާގެ ސަބަބުން މިބަލިމަޑުކަމާއި ގުޅުންހުރި ކޮރަޕްޝަނަށް ހައްލު ހޯދައިދިނުމަށް ގައުމުތަކުން ފެއިލްވެފައިވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

2019ޖަރުމަނުގެ ވެރިކަންކުރާ ބާލީސިޓީގެ އަމިއްލަ ޖަމިއްޔާއަކުން 2019 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދުނިޔެއިން ސިއްހަތާއި ގުޅުންހުރި ކަންކަމުގައި ކޮރަޕްޝަނުގެ ގޮތުގައި އަހަރެއްގެ މައްޗަށް 500 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ  ދެއެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ނެރިފައިވާ 2020 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސް ލިސްޓުގައި ދިވެހިރާއްޖެ 75 ވަނައިގައި ހިމެނިފައިވާއިރު، އަވަށްޓެރި އިންޑިޔާ އަދި ރާއްޖެއާ ހާއްސަ ގުޅުމެއްބާއްވާ ޗައިނާ އުޅެނީ ރާއްޖެއަށްވުރެ ފަހަތުގައެވެ.

މިލިސްޓުގެ 78 ވަނައިގައި ޗައިނާ ހިމެނޭއިރު އިންޑިއާ އޮތީ ޗައިނާއަށްވުރެ ވެސް ދަށުގަ މިލިސްޓުގެ 86 ވަނައިގައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ