ހިޔާ ފްލެޓް ތަކުގެ އެންމެ ކުޑައަގަކީ މަހަކަށް ހަތް ހާސް: އަސްލަމް  

    ހިޔާ މަޝްރޫތަކުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތަކަށް އެންމެ ކުޑަވެގެން ދައްކަންޖެހޭނީ މަހަކު 7000ރ. ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަތަރު ގޮތެއް މިހާތަނަށް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7000 ރ. […]

ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ގިނައަދަދެއްގެ ފައިސާ ހިފަހައްޓައިފި

      ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މި ފައިސާ ހިފަހައްޓާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިމަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު މީހެއްގެ އަތުންކަމަށެވެ. ކަސްޓަމް އިން ބުނީ މި މީހާއަކީ  އުޅުނު 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށް ކަމަށާ އޭނާގެ އަތުން ފެނުނު ފައިސާ ދިވެހިފައިސާއިން ބަލާނަމަ 1.4 މިލިއަން […]

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވައިލައިފި

    މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވާގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ މި އަހަރު (1442) ފަގީރުންނާއި މިސްކީނުންގެ ލިސްޓް އަލުން އެކުލަވާލުމަށްޓަކައެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، އެމިނިސްޓްރީގެ ކައުންޓަރުން ފޯމް ލިބޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއަންނަ އާދީއްތަ ދުވަހުން ފެށިގެން […]

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

    ތަފާތު އެކި ދާއިރާތަކުން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ. ޖެންޑާ މިނިސްޓްރީން ބުނީ މިއަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފައިވަނީ ވީހާވެސް ގިނަ ބަޔަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެ މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން އަންނަމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ […]

ފްލެޓް ލިސްޓްގައި ކުށް ހުންނާނެ: ނަޝީދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓުގައި ކުށްހުންނާނެކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިއްޔެ ރޭ އެމްޑިޕީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ  ލިސްޓެއްހަދާއިރު އަތްދަށުން ގޮސްފައިވާ ކަންކަން ވެސް ހުންނާނެ ކަމަށާ ނަމަވެސް ކުށަށްވުރެ ގިނަވާނީ ރަނގަޅު ކަމަށެވެ. “ އާދެ ހަތް ހާސް […]

ގިނައަދަދެއްގެ ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި

  މާލެސިޓީން ގިނައަދަދެއްގެ ބަނގުރަލާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހަބީބު ބެންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކުރިކުރުމުގައި ފެނިފައިވާ ބަނގުރާ ތަކަކާ ގުޅުން ހުރިކަމަށް ތުހުމަތުކުރެވިގެންނެވެ. އެ މީހުން ހައްޔަރުކޮށް، އެ ދޯންޏާއި ޕިކަޕު ބަލައިފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 […]

2000 ފްލެޓް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ފްލެޓް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން އުފެއްދި ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 2000 ފްލެޓް އެޅުމަށް އިންޑިއާސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެންބީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ މި މަޝްރޫއަކީ 130 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާ މި މަޝްރޫއުގެ ދަށުން ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް […]

ހިޔާ ފުލެޓްތަކުގެ އިންތިޒާރުގައި ތިބި މީހުންގެ އިހުސާސްތަކަށް އެއްވެސް ސަމާލުކަމެއް ނުދެއްވި: މުއިއްޒު

  ރިޔާސީ ބަޔާނުގައި ހިޔާ ފްލެޓްތަކުގެ ވާހަކަ ނެތުމުން އެކަމާ ހިތާމަކުރައްވާކަމަށާ ހިޔާ ފުލެޓްތަކުގެ އިންތިޒާރުގައި ތިބި ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެންދިޔަ ކަމަށް ހިޔާ ފުލެޓްތަކަށް އިއުލާން ކުރިއިރު ހައުސިންގ މިނިސްޓަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެއްވެސް ވަރަކަށް ހިޔާ މަޝްރޫއުގެ ވާހަކަ ނުގެންނެވުން އެއީ ފްލެޓްތައްއަތުލައިގަތް ފަރާތްތައް އަދި ފްލެޓްތައް ލިބުނު ފަރާތްތަކުގެ އިހުސާސްތަކަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން […]

ރިޔާސީ ބަޔާން: އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި މަދުވެގެން 5000 ހައުސިންޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ

      މިއަހަރު  ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާންނުގައި ރައީސް ވިދާޅުވީ މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން އަންނަކަމަށާ ދިމާވި ބައެއް ސަބަބުތަކާ ހެދި އެމަޝްރޫއު ތަކުގެ […]

19 ރަށެއްގެ ބިމުގެ ފެން ފަށަލަ އިއާދަކުރުމުގެ ވަސީލަތްތައް ފަރުމާކުރުމަށް ބަޔަކާ ހަވާލުކޮށްފި

  ރާއްޖޭގެ 19 ރަށެއްގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކޮށް ފެންފަށަލަ އިޔާދަ ކުރުމުގެ ވަސީލަތްތައް ފަރުމާކުރުމަށް ދެ ކުންފުންޏަކާ މިއަދު އެންވަޔަރަމަންޓް މިނިސްޓްރީން ހަވާލުކޮށްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީން ވަނީ މި މަސައްކަތް ހަވާލުކުރި ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.   މި އެއްބަސްވުމުގެ ދަށުން ފެންފަށަލަ ދިރާސާކޮށް އިޔާދަކުރުމުގެ ވަސީލަތްތައް ފަރުމާކުރުމަށް ހަމަޖެއްސީ ގދ އަތޮޅުގެ ހަ ރަށަކާއި  ތ އަތޮޅުގެ […]