ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވައިލައިފި

107

 

 

މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވާގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ މި އަހަރު (1442) ފަގީރުންނާއި މިސްކީނުންގެ ލިސްޓް އަލުން އެކުލަވާލުމަށްޓަކައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، އެމިނިސްޓްރީގެ ކައުންޓަރުން ފޯމް ލިބޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަމަހުގެ 21 ވަނަ ދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ފޯމް ހުށަހަޅަން ޖެހެއެވެ.

ފަގީރުންގެ ދަފްތަރުގައި މިވަގުތު ރާއްޖޭގައި 8764 މީހުން އެބަތިބިއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ހިމެނޭ 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ