ވިލިމާލެއިން ގަސް ހެއްދުމަށް ކަނޑައަޅާފައިވާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

51

 

 

ވިލިމާލޭގައި ގަސްއިންދުމަށް ޚާއްސަކޮށްފައިވާ ބިމުން ޖާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގަސްއިންދުމަށް ދޫކުރުމަށް ހަމަޖައްސފައިވާ  ބިމުން 30 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށާ މި ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހު 25 ހުގެ ނިޔަލަށް ހުޅުވާފައިވާކަމަށެވެ.

ކައުންސިލުން ބުނީ ގަސްތައް އިންދުމަށް 400 އަކަފޫޓުގެ ސަރަހައްދަކުން 20 ފޫޓު 20 ފޫޓުގެ  30 ޕްލޮޓް ދޫކުރުމަށްހަމަޖައްސާފައިވާ ކަމަށެވެ.

މަހު ކުލީގެ ގޮތުގައި 1000ރ. ނެގުމަށް ހަމަޖައްސާފައިވާ މި ބިންތަކުގައި މަހުފީގެ އިތުރުން ތަނުގައި އުފެދޭ ކުނީގެ އިންތިޒާމަށް 150ރ. ނަގަން ސިޓީކަންސިލުން ވަނީ ނިންމާފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ގަސްއިންދުމަށް ވިލިމާލެއިން ދޫކުރުމަށް ހަމަޖައްސާފައިވާ ބިމުގައި މިހާރު ކުރިއަށްދަނީ ފެންލުމުމަސައްކަތްކަމަށާ އެ ނޫން ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ.

ޕްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ސިޓީ ކައުންސިލުން ބުނީ ދިވެހިންނަށް ހާއްސަކޮށްގެން ދިނުމަށް ހަމަޖެހިފައިވާ މި ޕްލޮޓްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 30 ފަރާތަށްވުރެ އިތުރުވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ. އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރުމަށް ނިންމާފައިވަނީ ގުރުއަތުތަރުތީބުންކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ