ރިޔާސީ ބަޔާން: އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި މަދުވެގެން 5000 ހައުސިންޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ

Loading

Facebook
Twitter
WhatsApp

 

 

 

މިއަހަރު  ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާންނުގައި ރައީސް ވިދާޅުވީ މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން އަންނަކަމަށާ ދިމާވި ބައެއް ސަބަބުތަކާ ހެދި އެމަޝްރޫއު ތަކުގެ މަސައްކަތް ހެދި މަޑުޖެހުމަށްފަހު، މިހާރު ކުރިއަށް ދާކަމަށެވެ.

“ އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައި. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވަނީ ސޮއިކޮށްފައި. އަދި މިޔުނިޓުތަކުގެ ޢަމަލީ މަސައްކަތް މޭ މަހުގެ ތެރޭގައި ފެށޭނެ. “  ރައީސް ވިދާޅުވި އެވެ.

ރައީސް ސާލިހު ވިދާޅުވީ  އިތުރު 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަހައްދުގައި ފެށޭނެކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މި ހައުސިންގ ޔުނިޓުތަކަކީ، ކުރިން ތަރައްގީ ކޮށްފައިވާ މި ގިންތީގެ ހައުސިންގ ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށް ވާނެކަމަށެވެ.

ރައީސް ވިދާޅުވީ އަތޮޅުތެރޭ ރަށްރަށުގައި ވެސް ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ހައުސިންޔުނިޓްތައް އަޅަމުން ދާކަމަށެވެ.

“ ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި ސަރުކާރުން ހަދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ. އަދި މ. ކޮޅުފުށީގެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހަދާނެ“ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަސްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ރައީސް ސާލިހު މިއަދު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

Loading

2 Responses

  1. ރައީސްކަން ހޯއްދެވުމަށްވީ ވައުދު . މާލޭ ރައްޔަތުންނަށް ގޯތިދޭން. 700 އަކަފޫޓުގެ ކޮތަރުކޮށީ ކިހިނެއް އުޅޭނީ؟ އަޅުގަނޑުމެންގެ ވެރިކަމުގައި ގޯތި ލިބޭނެ. ގުޅީފަޅު އަދި ގްރޭޓަރ މާލެ ސަރަހައްދުން 1400 އަކަފޫޓް ގޯތި ލިބިދޭނަށް. ދެން ވީ ކިހިނެއް. ޝުއެއިބުމެން އެވައުދު ފުށްދަދޭށޭ ބުނީމަ ޕާޓީގެތެރޭގައި ބަޢާވަތްކުރަނީ ކަމަށް ބުނެ އެވަނީ ސުލޫކީ ކޮމެޓީން އެބައި މީހުން އެމްޑީޕީ އިންވެސް ދުރުކުރުވައިފަ. އިބުރޭއާއި ޝުއެއިބު އެދަނީ ކޮންމެދުވަހަކު ނޯ ގޯޓި ނޯ ވޯޓް ގޮވަމުން. މިއީ އެވާ ވަޢުދުގެ ޙާލަތަކީ. މަށަށްވެސް ފެންނަ ހުރިހާ ހުވަފެނެއް ދޮގު ވައުދަކަށް ބަދަލުކޮށްލެވިދާނެއެވެ. ނަމަވެސް ވަޢުދު ފުށްދެނީ ކިހާ މިންވަރަކަށްތޯ ރައީސް ވެސް ބައްލަވާލައްވައި މީހުން ސަޅިކޮށް ލިޔެދޭ ބަޔާން ރައްޔިތުންނަށް ޖީޝާއިއެކު ކިޔުއްވުމުން ނުނިމޭކަން ހަނދުމަފުޅު ބަހައްޓަވާށެވެ. ކުރިއަށް ކުރިއަށް ބާރަށް! އެޖެންޑާ19 އެގެއިންސްޓް ކޮވިޑް19

  2. ދިވެހިރާއްޖެއަކީ ހަމައެކަނި މާލެއޭވެސް ބައެއްފަހަރު އެބަ ހިތައް އަރައެވެ. އަބަދު އަބަދު މާލޭ ސަރަހައްދު ތަރައްގީ ކުރަން ނޫނީ މާލޭ ސަރަހައްދުގައި ފްލެޓްއަޅަން، މިކަމަކުން ސަލާމަތެއް ނުވިއެވެ. ފްލެޓްދޮންބޭގެ ވިސްނުމާ ޖެހުނީމާ ދެން ވާގޮތަކީ ބާވައެވެ. އެހެންނާފަހެ، އެ ފައިސާއިން ރާއްޖެތެރޭގެ ރަށްތައް ތަރައްގީކޮށްް އެތާނގައި ދިރިއުޅޭރައްޔިތުންނަށް އަމާންކަމާއި އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށް ދިނިއްޔާ އެމީހުން އުފަލެއްނުވާނެ ހެއްޔެވެ ؟ ވެރިކަަން ލިބުނީމާ ކޮންމެ ބޭފުޅެއްގެ ވިސްނުމަށް މިވާގޮތެއްވެސް ދިވެހިރައްޔިތުން ބަލައި ހޯދައި އެކަމަށް ރަނގަޅު ހައްލެއް ގެންނަން އެބަޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް