ހިޔާ ފުލެޓްތަކުގެ އިންތިޒާރުގައި ތިބި މީހުންގެ އިހުސާސްތަކަށް އެއްވެސް ސަމާލުކަމެއް ނުދެއްވި: މުއިއްޒު

Loading

Facebook
Twitter
WhatsApp

 

ރިޔާސީ ބަޔާނުގައި ހިޔާ ފްލެޓްތަކުގެ ވާހަކަ ނެތުމުން އެކަމާ ހިތާމަކުރައްވާކަމަށާ ހިޔާ ފުލެޓްތަކުގެ އިންތިޒާރުގައި ތިބި ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެންދިޔަ ކަމަށް ހިޔާ ފުލެޓްތަކަށް އިއުލާން ކުރިއިރު ހައުސިންގ މިނިސްޓަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެއްވެސް ވަރަކަށް ހިޔާ މަޝްރޫއުގެ ވާހަކަ ނުގެންނެވުން އެއީ ފްލެޓްތައްއަތުލައިގަތް ފަރާތްތައް އަދި ފްލެޓްތައް ލިބުނު ފަރާތްތަކުގެ އިހުސާސްތަކަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވާކަމެއްކަމަށެވެ.

“  ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫއުގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނެވީތީ ހިތާމަކުރަން. ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސް ތަކާ ފްލެޓްތައް ލިބޭރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެންދިޔަ“ މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ގުޅީފަޅުގައި ޕޯޓްހެދުން ކުރިއަށްދާނެކަމަށް އިއުލާން ކުރެއްވި ކުރެއްވުމަކީ ވެސް މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގާ އެކަމުގެ އުންމީދާމެދު މި ސަރުކާރުގެ ސިޔާސަތު އޮތްގޮތް ސާފުވެގެން ދިޔަ ކަމެއްކަމަށެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމުގެ މަޝްރޫއަށް މީގެ ކުރިންވެސް މުއިއްޒުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.  އެގޮތުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގެ އުންމީދެއް އޮތް ގުޅީފަޅު ޕޯޓަކަށް ހެދުމަށް މި ސަރުކާރުން ނިންމުމަކީ މާލެ ރައްޔިތުންގެ އުންމީދުގައި ކޮޅުފައިން ޖެހުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ..

ކުރީގެ ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި މާލެ ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތައް ލިބުނު ފަރާތްރާތްތަކުގެ ދާއިމީ ލިސްޓް އިއުލާންކުރުން އެކިސަބަބުތަކާހެދި އަދިވެސް ވަނީ އިއުލާން ނުކުރެވިއެވެ.

ހުޅުމާލޭގައި އިމާރާތްކޮށް ފައިވާ 7000 ހާސް ފުލެޓަށް ފުލެޓަށް އެދި  25،000 އަށް ވުރެ ގިނަ މީހުން ފޯމު ލި އެވެ. މީގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓުތައް އިއުލާންކޮށް ފްލެޓު ކަށަވަރުވި ކަމުގެ ލިއުން ވެސް ކުރީގެ ސަރުކާރުގެ ބަދަލުވުމުގެ މަރުހަލާގައި ބައެއް މީހުންނަށް ދޫކުރި އެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ފުލެޓް ދީފައިވާ ގޮތާމެދު ގިނަ ޝަކުވާތަކެއް ހުށަހެޅުމާއެކު ރައީސް ސާލިހުވަނީ ފުލެޓް މައްސަލަބަލަން ފްލެޓް ކޮމިޓީ އެއް އެކުލަވާލައި އަލުން ފުލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިއްޓެއް އިއުލާން ކޮށްފައެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު އިއްވި ރިޔާސީ ބަޔާނުގައި މާލޭ ސަރަހައްދުގައި މިއަހަރު ނިމުމުގެ ކުރިން 5000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ހިޔާ ފުލެޓާ ބެހޭ އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

Loading

One Response

  1. 5000 ފުލެޓް ނޭޅުއްވޭނެވެސް މެއެވެ. ޔާމީނު އަލާފަ ކުލަ ލައި ނިމިފާހުރި ތަންތަން އެވިދާޅުވި އެންމެ އެކަށޭނެ މީހުނަށް އެތަންތަން ހަވާލު ކޮށްލަ ދެއްވަބައްލަވާށެވެ. 3 އަހަރު ވާއިރު އެވަރުވެސް ނުވެގެން އުޅުއްވާއިރު އިތުރަށް ފުލެޓްގެ ވާހަކަ ނުދައްކަވާ ކޮންމެ ގެއަކަށް 10 މަސްކް ފޮނުވާލަދެއްވަ ބައްލަވާށެވެ. ކިހާ މަސްކެއް ހިލޭ ދިވެހި ރައްޔަތުންނަށް ބޭރު ގައުމުތަކުން ދީފިތޯއެވެ. ނަންވާނީ މެޑަމް ކަދުރު. ހަމަ ހުސް ލަނޑާ..

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް