ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ގިނައަދަދެއްގެ ފައިސާ ހިފަހައްޓައިފި

Loading

Facebook
Twitter
WhatsApp

 

 

 

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މި ފައިސާ ހިފަހައްޓާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިމަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު މީހެއްގެ އަތުންކަމަށެވެ.

ކަސްޓަމް އިން ބުނީ މި މީހާއަކީ  އުޅުނު 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށް ކަމަށާ އޭނާގެ އަތުން ފެނުނު ފައިސާ ދިވެހިފައިސާއިން ބަލާނަމަ 1.4 މިލިއަން ރުފިޔާ އަރާކަމަށެވެ.

އޭނާގެ އަތުގައި ހުރި ފައިސާ ތަކަކީ އެކި ގައުމުތަކުގެ ފައިސާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މިފައިސާ އަކީ ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ފައިސާތަކެއްކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން 10،000 ޑޮލަރު ނުވަތަ އެއަދަދަށްވާ ވާދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން  މަތީ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދާނަމަ އެފައިސާ ކަސްޓަމްސް އިން ޑިކްލެއާ ކުރަން ޖެހޭނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް