ސަލްޓަންޕާކް ހުޅުވައިފި

ސަލްޓަންޕާކް ބަންދުކޮށްފައި އޮތުމަށްފަހު މިއަދު ހުޅުވައިފި އެވެ. ސަލްޓަންޕާކް ބަންދުކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން މީހުން އެއްވެ އުޅޭ ތަންތަން ބަންދުކުރި ކުރުމުގައެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މި ޕާކް ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ކަމަށެވެ. މާލެސިޓީގެ މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޮށީ އުމުގެ މީހުންނަށާއި ކަސްރަތުކުރަން […]

މެލޭޝިއާއަށް ދާ ފަރާތްތަކުގެ ކަރަންޓީނު ފީ އޮންލައިންކޮށް ދެއްކޭނެ: ހައިކޮމިޝަން

ރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރާ ފަރާތްތަކުގެ ކޮވިޑް-19 ޓެސްޓު ހެދުމަށާއި ކަރަންޓީންވުމަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނެފި އެވެ. ހައިކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވާގޮތުން ކޮވިޑް ޓެސްޓް ހެދުމަށާއި ކަރަންޓީން ފީ މާދަމައިން ފެށިގެން އޮންލައިންކޮށް ދެއްކޭނެ ގޮތް މެލޭޝިއާ ސަރުކާރުން ހަމަޖައްސާފައިވާކަން މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެ ކޮމިޝަނަށް އަންގާފަ އެވެ. ފީތައް މެލޭޝިއާއަށް ދަތުރުކުރުމުގެ ކުރަން ފެށުމުގެ ކުރިން ދެއްކުމަށްފަހު ފައިސާ […]

އިސްލާމީ ހަމަތަކަށް ފެތޭނެ ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފި

ކުޑަކުދިންނަށް ޚާއްސަ ކޮށްގެން އިސްލާމީ ހަމަތަކަށް ފެތޭނެ ކުރެހުމުގެ މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތަކީ ރާއްޖެ އިސްލާމްވި ދުވާހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށާއި މި މުބާރާތުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާގް އަށަގަންނުވައި އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އުމުރުން ފަސް އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ކުރެހުމުގެ މުބާރާތުގެ ތީމް ތަކުގެ ގޮތުގައި […]

ގަލްފް ކްރާފްޓުން ރާއްޖޭގައި ހަ ބިލިއަން ރުފިއާ އަށް ވުރެ ބޮޑުމަޝްރޫއެއް

ޔުނއަިޓެޑް އަރަބިކް އެމިރޭޓްސް ( ޔޫއޭއީ)ގެ ކުންފުންޏެއްކަމަށްވާ ކަލްފްކްރާފްޓްން ރާއްޖޭގައި 400 ޑޮލަރު ގާތްތަޑަކަށް ހަ ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ. ކަލްފް ކްރާފްޓުން ވަނީ މި މަޝްރޫއު ހިންގުމަށް ބޭނުންވާނެ ބިން ހިއްކުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސާސް އީ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓްޔާޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން ގަލްފް ކްރާފްޓްގެ ޗެއާރމަން ވިދާޅުވީ […]

ވިޔަފާރި ކުރުމަށްފަހު ސައްޙަނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

މާލޭގެ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްޙަނޫން ބޭންކް ސްލިޕެއް ފޮނުވާފައިވާ މައްސައަކާ ގުޅިގެން މީހަކު ހޯދުމަށް ފުުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ފުލުހުންވަނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯއެއް އާންމުކޮށްފައެވެ. https://www.youtube.com/watch?time_continue=48&v=fhGd_aKoth4&feature=emb_title މި ވީޑިއޯއިން ފެންނަ ގޮތުގައި މަޑު ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ފިހާރައިން އެއްޗެހި ނެގުމަށްފަހު އެ އެއްޗެހި ކައުންޓަރު މަތީގައި ބަހައްޓައެވެ. އޭގެ ފަހުން އޭނާގެ ފޯނާ ކުޅޭ މަންޒަރު ފެނެއެވެ. ފުލުހުން […]

އިންޝުއަރެންސްގެ މުހިންމުކަން އަންގައިދިނުމަށް ވެބިނަރތަކެއް

އިންޝުއަރެންސްގެ މުހިންމުކަން އަންގައިދިނުމަށް އެލައިޑުން ޙާއްސަ ވެބިނާތަކެއް ބާއްވަން ނިންމައިފި އެވެ. އެލައިޑުން ބުނީ އަންނަ ހަފްތާގައި ފަށުމަށް ހަމަޖެހިފައިވާ މި ވެބިނާ އަކީ ދެ ހަފްތާއަށް ބަހާލައިގެން ކުރިއަށްގެންދާ ވެބިނާ ސީރީސް އެއްކަމަށެވެ. މި ސީރީސްގައި 30 މިނިޓްގެ އަށް ސެޝަން ހިމެނޭއިރު ކޮންމެ ސެޝަނެއް ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ވަކި މައުޟޫ އަކަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. ވެބިނާރގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުޟޫތައް: • އިންބިއުންޑް އިންސުއަރެންސް ( ކޮވިޑް އިންސްއަރެންސް) • […]

ބީއެމްއެލް އިން ގްރީން ލޯން ދޫކުރަނީ

އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ގްރީން ލޯންގެ ނަމުގައި ލޯން ތައާރަފް ކޮށްފި އެވެ. ބީއެމްއެލް އިން ހާމަކުރިގޮތުގައި މި ލޯނަކީ އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށް ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ތައާރަފްކުރި ލޯން އެހީއެކެވެ. މި ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަޖީ އެފިޝަންޓް މުދާގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަަކަށް އިންވެސްޓް ކުރުމަށް […]

ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޮޑު ޕްރޮޖެކްޓެއް ފަށައިފި

ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޮޑު ޕްރޮޖެކްޓެއް ފަށައިފިއެވެ. ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ފެށި މި ޕޮރޮޖެކްޓް ހިންގުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ ( ޖެފް) އިން  3.6 މިލިއަން ޑޮލަރުގެ އެހީއެއް ވެފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރެއެވެ. މި ޕްރޮޖެކްޓް ފެށުމަށް ބޭއްވި ވޯކްޝޮޕެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން އިންސާނުންގެ ސިއްޚަތައް ނުރައްކާތެރި ކެމިކަލްސްގެ ބާވަތެއްކަމަށްވާ ޕަރސިސެޓެންޓް […]

ކުޅުދުއްފުށީގައި މީހެއްގެ ގަޔަށް ވަޅި ޖަހައިފި

ކުޅުދުއްފުށީސިޓީގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި ޒަޚަމްކޮށްލައިފި އެވެ. ފުލުހުން ބުނީ އިއްޔެގެ 11:30 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްފައިވާ އުމުރުން 22 އަހަރުގެ މީހަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާކަަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިގާފައިވާނީ އެރަށު ފިހާރައެއްގެ ތެރޭގައެވެ. ޒަޚަމް ވެފައިވަނީ ފިހާރައިގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ ޒަޚަމް ކޮށްލީވެސް އެ ފިހާރައިގައި އޭނާއާ އެކު މަސައްކަތް ކުރަމުންދާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި […]

އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމު ކޮށްފި

ހިޔާ މަޝްރޫގެ ދަށުން އެކަނި މައިންނާއި ބަފައިންނަށް ޚާއްސަކޮށްފައިވާ ކެޓަގަރީ H6 އިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމު ކޮށްފި އެވެ. އެކަނި ވެރި މައިންނާއި ބަފައިންނަށް ޚާއްސަކުރި މި ކެޓަގަރީގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވަނީ އެ ފްލެޓް ތަކަށް އެދި ފޯމު ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިން އެގޭނެހެންނެވެ. މިކެޓަގަރީއަށް ޝަރުތު ހަމަނުވާ ފަރާތައް ޝަރުތު ހަމަނުވާ ސަބަބު ވަކިން އެގޭނެހެން ހާމަކޮށްފައިވެ އެވެ. […]