ސަލްޓަންޕާކް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ސަލްޓަންޕާކް ބަންދުކޮށްފައި އޮތުމަށްފަހު މިއަދު ހުޅުވައިފި އެވެ.

ސަލްޓަންޕާކް ބަންދުކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން މީހުން އެއްވެ އުޅޭ ތަންތަން ބަންދުކުރި ކުރުމުގައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މި ޕާކް ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ކަމަށެވެ.

މާލެސިޓީގެ މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޮށީ އުމުގެ މީހުންނަށާއި ކަސްރަތުކުރަން ދާ ފަރާތްތަކަށް ސަލްޓަންޕާކް އަދި ލޮނުޒިޔާރަތްޕާކް ވެއްދުމުގައި އިސްކަން ދޭނެކަމަށެވެ. މޭޔަރ ވަނީ މިޕާކްތަކަށް ވަންނަ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.

މޭލޭގެ ލޮނުޒިޔާރަތްކޮޅުގައި ތައްުޔާރުކޮށްފައިވާ ލޮނުޒިޔާރަތްޕާކް މިދިޔަ ހަފްތާގައި ހުޅުވާފައިވާއިރު އެ ޕާކަށް ވަނުމަށް ގިނައަދެއްގެ ބަޔަކު ކިއޫ ހަދަމުން ދެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރު އަންނަނީ ލުއިތަކެއް ދެމުންނެވެ. އެގޮތުން ފާކްތަކާއި އާންމުން އެއްވާ ތަންތަނަށް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް