އިންޝުއަރެންސްގެ މުހިންމުކަން އަންގައިދިނުމަށް ވެބިނަރތަކެއް

Loading

Facebook
Twitter
WhatsApp

އިންޝުއަރެންސްގެ މުހިންމުކަން އަންގައިދިނުމަށް އެލައިޑުން ޙާއްސަ ވެބިނާތަކެއް ބާއްވަން ނިންމައިފި އެވެ.

އެލައިޑުން ބުނީ އަންނަ ހަފްތާގައި ފަށުމަށް ހަމަޖެހިފައިވާ މި ވެބިނާ އަކީ ދެ ހަފްތާއަށް ބަހާލައިގެން ކުރިއަށްގެންދާ ވެބިނާ ސީރީސް އެއްކަމަށެވެ.

މި ސީރީސްގައި 30 މިނިޓްގެ އަށް ސެޝަން ހިމެނޭއިރު ކޮންމެ ސެޝަނެއް ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ވަކި މައުޟޫ އަކަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ވެބިނާރގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުޟޫތައް:

• އިންބިއުންޑް އިންސުއަރެންސް ( ކޮވިޑް އިންސްއަރެންސް)

• ފަޔާ އިންޝުއަރެންސް

• އޮންލައިން ޚިދުމަތް

• ޗައިލްޑް އެޑިއުކޭޝަން އިންޝްއަރެންސް

• އިންބައުންޑް ޑިޑަކްޓަބަލްސް

• މެރިން އިންޝުއަރެންސް

• މޮޓޯ އިންޝުއަރެންސް

• ހެލްތު އިންޝުއަރެންސް

އެލައިޑުން ބުނީ މި ވެބިނާތަކުގައި ބައިވެރިވާން ބޭނުންވާ އާންމުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރިއާލާ ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށެވެ. އަދި އާންމުންގެ ފަރާތުން ޕެނަލިސްޓުންނާއި ސުވާލުކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެލައިޑްން ހާމަކުރެއެވެ.

ވެބިނަރތައް ސޯޝަލް މީޑިއާ ޕްލެޓް ފޯމުގައި ލައިވްކުރުމަށް ވެސް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް