ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޮޑު ޕްރޮޖެކްޓެއް ފަށައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޮޑު ޕްރޮޖެކްޓެއް ފަށައިފިއެވެ.

ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ފެށި މި ޕޮރޮޖެކްޓް ހިންގުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ ( ޖެފް) އިން  3.6 މިލިއަން ޑޮލަރުގެ އެހީއެއް ވެފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރެއެވެ.

މި ޕްރޮޖެކްޓް ފެށުމަށް ބޭއްވި ވޯކްޝޮޕެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން އިންސާނުންގެ ސިއްޚަތައް ނުރައްކާތެރި ކެމިކަލްސްގެ ބާވަތެއްކަމަށްވާ ޕަރސިސެޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް

( ޕްޕްސް) މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން ވެސް ސްޓޭޓް މިިނިސްޓަރ ވަނީ ދެއްވާފައެވެ.

އަބްދުﷲ ނަސީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިޕްރޮޖެކްޓްގެ ދަށުން 24 ޓަނުގެ ޕީސީބީ- ކޮންޓެމިނޭޓެޑް އޮއިލް އަދި އިކިއުޕްމަންޓްސްތައ ރާއްޖެއިން ބޭރުގެ ފެސިލިޓީއަކަށް ފޮނުވައިގެން ނައްތާލުމަށާއި މިކަންތައް ކުރުމަށްބޭނުންވާ ސިސްޓަމްތައް ގާއިމް ކުރާނެ ކަމަށެވެ.

އެނާ ވިދާޅުވީ ނުރައްކާތެރި ކެމިކަލްތައް އެއްކުރުމަށްފަހު އެތަކެތި ލޭބަލް ކުރުމާއި ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ނައްތާލުމަށް ސިސްޓަމްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

ރާއްޖެ އަކީ 1994 އިން ފެށިގެން ޖެފްގެ މެންބަރު ގައުމެކެވެ. ޖެފްގެ މާލީ އެހީ އެކި ގޮތްގޮތުން ރާއްޖެއަށް ލިބެމުން ދެއެވެ. އެގޮތުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ތަފާތު ގެއްލުންތަކާ ދެކޮޅަށް ކުރާ  މަސައްކަތްތަކަށާއި ކެމިކަލް ނައްތާލުމުގެ ޕްރޮޖެކްޓް ތަކަށް ލިބެ މުންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް