ބީއެމްއެލް އިން ގްރީން ލޯން ދޫކުރަނީ

Loading

Facebook
Twitter
WhatsApp

އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ގްރީން ލޯންގެ ނަމުގައި ލޯން ތައާރަފް ކޮށްފި އެވެ.

ބީއެމްއެލް އިން ހާމަކުރިގޮތުގައި މި ލޯނަކީ އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށް ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި ތައާރަފްކުރި ލޯން އެހީއެކެވެ.

މި ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަޖީ އެފިޝަންޓް މުދާގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަަކަށް އިންވެސްޓް ކުރުމަށް ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ބޭންކުންވަނީ ގްރީން ލޯންގެ ގޮތުގައި ދެ ލޯނެއް ތައާރަފް ކޮށްފައެވެ.

އެގޮތުން އެއްލޯނަކީ މި ލޯނަށް ޝަރުތު ހަމަވާ މީހުންނަށް 50 ހާސް ރުފިޔާ އިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާ ނުލާ ލޯން ދޫކުރާ ލޯނެވެ.

ބީއެމްއެލް އިން ބުނީ 12 އިންސައްތައިގެ އިންޓްރެސްޓާއެކު ތައާރަފްކުރި މިލޯނަކީ ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށެވެ. މި ލޯން އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ދެއެވެ.

ބީއެމްއެލް އިން ދެން ދޫކުރުމަށް ހަަމަޖެއްސީ ބޮޑު އިންވެސްޓްމަންޓެއް ކުރަން ބޭނުންވާ ފަރާތްތަކަށް 10 އިންސައްތަ އިންޓްރެސްޓާއެކު 20 މިލިއަން ރުފިޔާއާ ހަމައަށް ލޯން ލިބޭގޮތަށް ހަމަޖައްސާފައިވާ ލޯން އެކެވެ. މި ލޯން އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ވަނީ ދީފައެެވެ.

މި ގްރީން ލޯނަށް ހުށަހަޅާ ފަރާތްތަކުން އެ މަޝްރޫއުގެ 15 އިންސައްތަ އަމިއްލައަށް ހޭދަކުރަން ޖެހެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް