ވިޔަފާރި ކުރުމަށްފަހު ސައްޙަނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މާލޭގެ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްޙަނޫން ބޭންކް ސްލިޕެއް ފޮނުވާފައިވާ މައްސައަކާ ގުޅިގެން މީހަކު ހޯދުމަށް ފުުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުންވަނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯއެއް އާންމުކޮށްފައެވެ.

https://www.youtube.com/watch?time_continue=48&v=fhGd_aKoth4&feature=emb_title

މި ވީޑިއޯއިން ފެންނަ ގޮތުގައި މަޑު ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ފިހާރައިން އެއްޗެހި ނެގުމަށްފަހު އެ އެއްޗެހި ކައުންޓަރު މަތީގައި ބަހައްޓައެވެ. އޭގެ ފަހުން އޭނާގެ ފޯނާ ކުޅޭ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލުމާތެއް އެނގޭފަރާތެއްވާނަމަ ފުލުހުންގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވިޔަފާރި ކުރުމުގައި ފައިސާ ޓްރާންސްފަރ ކުރުން ހުރިހާ ފިހާރައަކުން ތައާރަފް ކޮށްފައިވާއިރު އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ސައްޚަނޫން ސްލިޕްތައް ހަދައި ވިޔަފާރިކުރުމުގެ މައްސަލަތައް މިހާރު އަންނަނީ ފެންމަތިވަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް