ގަލްފް ކްރާފްޓުން ރާއްޖޭގައި ހަ ބިލިއަން ރުފިއާ އަށް ވުރެ ބޮޑުމަޝްރޫއެއް

Loading

Facebook
Twitter
WhatsApp

ޔުނއަިޓެޑް އަރަބިކް އެމިރޭޓްސް ( ޔޫއޭއީ)ގެ ކުންފުންޏެއްކަމަށްވާ ކަލްފްކްރާފްޓްން ރާއްޖޭގައި 400 ޑޮލަރު ގާތްތަޑަކަށް ހަ ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

ކަލްފް ކްރާފްޓުން ވަނީ މި މަޝްރޫއު ހިންގުމަށް ބޭނުންވާނެ ބިން ހިއްކުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސާސް އީ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓްޔާޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން ގަލްފް ކްރާފްޓްގެ ޗެއާރމަން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ގިނަ ކަންތައްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށާ މަޝްރޫއުގެ ސަަބަބުން ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން “ ގަލްފް ލެގޫން“ގެ ނަމުގައި ތަރައްގީކުރާ ފަޅެއްގައި ހަ ރަށެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ރަށަށްރަށުގައި ބޯޓްފަހަރު ބަނުމަށް ފެކްޓްރީއެއް ގާއިމް ކުރުމާއި ޔޮޓް އަދި ސަފާރީ ތަކަށް ޚާއްސަ ޔޮޓް މެރީނާ އެއް ހެދުމާއި މެރީޓައިމް ސްކޫލެއްގެ އިތުރުން ފުތުރުވެރިންނަށް ޚާއްސަ ކޮށްގެން މަތީފަންތީގެ ރިސޯޓް ތަރައްގީކުރުން ވެސް ހިމެނޭކަމަށް ގަލްފް ކުރާފްޓުން ބުނެއެވެ. އެކުންފުނިން ހިއްކުމަށް ހަމަޖެހިފައިވާ ފަޅަކީ މާލެ އަތޮޅު ސެންޓާރާ ކައިރީ އޮންނަ ފަޅެކެވެ.

ރާއްޖޭގައި ޚިދުމަތް ފެށިތާ މިހާރު 20 އަހަރު ވެއްފައިވާ  ގަލްފް ކްރާފްޓަކީ 1982 އަހަރު ބޯޓްފަހަރު ބަނުމަށް އުފެއްދި ކުންފުންޏެކެވެ. އެކުންފުނި މިހާރުވަނީ މުޅި ދުނިޔޭގައިވެސް ކުންފުނީގެ ޚިދުމަތްތައްފުޅާކޮށް މަޝްހޫރު ކުންފުންޏަކަށް ވެފައެވެ. ޚާއްސަކޮށް ޒަމާނީ ޔޮޓްފަހަރު ބަނުމަށް މުޅި ދުނިޔެއިންވެސް އެންމެ މަޝްހޫރު 10 ކުންފުނީގެ ތެރޭގައި ލީޑް ކުރާ ކުންޏެއްގެ ގޮތުގައި މި ކުންފުނި ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް