ކުޅުދުއްފުށީގައި މީހެއްގެ ގަޔަށް ވަޅި ޖަހައިފި

Loading

Facebook
Twitter
WhatsApp

ކުޅުދުއްފުށީސިޓީގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އިއްޔެގެ 11:30 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްފައިވާ އުމުރުން 22 އަހަރުގެ މީހަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާކަަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިގާފައިވާނީ އެރަށު ފިހާރައެއްގެ ތެރޭގައެވެ. ޒަޚަމް ވެފައިވަނީ ފިހާރައިގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ ޒަޚަމް ކޮށްލީވެސް އެ ފިހާރައިގައި އޭނާއާ އެކު މަސައްކަތް ކުރަމުންދާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ޒަޚަމްވި މީހާގެ ކަންފަތްާރިއަށް ވަޅި ހަރާފައިވާކަމަށް ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންވަނީ ވަޅި ޖެހި މީހާ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް