ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމަށް މުނައްވަރު ހަމަޖައްސައިފި

ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓްކްސް އެޕީލް ޓްރައިބިލުނަލްގެ ރައީސްކަމަށް ކުރިންވެސް ޓަރައިބިއުނަލްގައި މަސައްކަތްކުރެއްވި އަލް އުސްތާޒު މުހައްމަދު މުނައްވަރު އަލީ މިއަދު ހަމަޖައްސައިފި އެވެ. ޓްރައިބިއނަލްގެ ނައިބް ރައީސާ ކަމަށް ހޮވާފައިވަނީ އަލްއުސްތާޒާ ފާތުމަތު މިންހަތު އިއްޒަތުއެވެ. ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރައްވާފައި ވަނީ އެ ޓްރައިބިނަލްގެ މެންބަރުކަމަށް މިއަދު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަސް މެންބަރުން އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ. ޓަރައިބިއުނަލްގެ ރައީސް އަދި ނައިބު […]
ޑިފެންސް މިނިސްޓަރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދުރަ ރާޖަޕަކްސަ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރު ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާފައިވަނީ މި ސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭގޮތުން ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ބައިވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ސްރީލަންކާ އަށް އެކަމަނާ ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރާޖަޕަކްސައާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ލަންކާ އާއި ގުޅިގެން ޑިފެންސް […]
އިސްލާމީ ޝަރީއަތް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވޭނާއި ކެކުޅުންތައް ގިނަ: ޚުތުބާ

އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ ހަރުދަނާ އުސޫލްތައް ނުދަންނަ މީހުންގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ވޭންތަކާއި ކެކުޅުންތައް ގިނަކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. އާއިލީގުޅުން ހަރުދަނާ ކުރުމުގެ މައުޟޫއަށް ޚާއްސަ ކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ ޖާހިލިއްޔާ ޒަމާނުގައި އަންހެނުންނަށް ކުރިމަތިވީފަދަ ބޮޑެތި އަނިޔާތަށް މިހާރުވެސް ވަމުންދާކަަމަށެވެ. “ ޖާހިލީ ޒަމާނުގައި އަންހެނުން ވީ ފަދައިން އެކަނބަލުން މިއަދު ވެސް ދަނީ ބޮޑެތި އަނިޔާތަކަކާ ކުރިމަތިލަމުން. މޮޑެތި ތުރާތަކެއް ތަހައްމަލް ކުރަމުން. މީހަކާ […]
މާލެ އާއި ކޮޗިންއާއި ދެމެދު ޚާއްސަ ފްލައިޓްތަކެއް

މާލެ އާއި އަވައްޓެރި އިންޑިއާގެ ކޮޗިންއާއި ދެމެދު ޚާއްސަ ފްލައިޓްތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ. ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ މި ފްލައިޓްތައް ދަތުރުކުމަށް ހަމަޖެހިފައިވަނީ މާދަަމައިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. މި ފަލައިޓްތަކަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށް ވެސް މޯލްޑިވޮއަނުން ހާމަކުރެއެވެ. މި ފްލައިޓްތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 7474 އިންޑިއަން ރުޕީށް ( 1560 ރުފިޔާ) އެވެ. މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށް ޚާއްސަ ފްލައިޓްތަކެއް ހަމަޖައްސިއިރު ކޮވިޑްގެ […]
ރާއްޖޭގައި އެއްފަހާރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ދިވެހިރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފެއްދާ ނިޒާމް ގާއިމް ކުރުމަށް ތައިލެންޑް ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ހުޅުލެ އާއި ހުޅުމާލެ ގުޅުނު ސަރަހައްދުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ހަކަތަ އުފައްދާ މި ނިޒާމް ގާއިމްކުރުމަށް ހަވާލުކުރުމުގެ ގޮތުން މިއަދު ވަނީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑައީއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އަދި ތައިލޭންޑްގެ އެންސިސް […]
އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރަކު އިސްތިއުފާ ދެއްްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ. އިލެކްޝަން ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވަނީ އެކޮމިޝަނުގެ ނައިބް ރައީސްކަން ކުރެއްވި އަހުމްދު އަކްރަމްއެވެ. އެކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވާގޮތުން ކޮމިޝަނުގެ މެންބަރުކަމަށް އެދި މި މަހުގެ 30ގެ ކުރިން ރައީސް އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ. ކޮމިޝަނުގެ މެންބަރުކަމަށް އެދޭ ފޯމާ އެކީ އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވޭތޯ […]
ދޯންޏެއްގައި އަލިފާންރޯވެ ހަތަރު މީހަކު ފިހިއްޖެ

ގދ ތިނަދޫ ބަނދަރުގައި އޮތް މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއްހިގައި ހަތަރުމީހަކު ފިހިއްޖެއެވެ. ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު މިއަދު ވިދާޅުވީ ރޭ ދަންވަރު 12:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ ގޭސްފުޅިއެއް ގޮވައިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވެ. އަމްޖަދު ވިދާޅުވީ ފިހުނު ހަތަރުމީހުން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށާއި އެތަނުން އެކަކު ފިޔަވައި ދެންތިބި މީހުން ފަރުވާ އަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަބްދުއްސަމަދު މެމޯރިއަލް […]
އަދާލާތު ޕާޓީގެ އިންތިޚާބު ފަސްކޮށްފި

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުން ފަސްކޮށްފި އެވެ. އަދާލަތު ޕާޓީން ނެރުނު އިއުލާނެއްގައިވާގޮތުން އެ ޕާޓީގެ ދާއިރާތަކާއި ގޮފިތަކުގެ މަގާމުތަކަށް މީހުން ހޮވުމަށް ބޭއްވުމަށް ހަމަޖައްސާފައިވާ އިންތިޚާބު ބޭއްވުން މިހާރު ޑިސެމްބަރު 19 އަށް ވަނީ ލަސްކޮށްފައެވެ. އެޕާޓީން ކުރިން އިއުލާން ކޮށްފައިވަނީ ޑިސެމްބަރު ފަހެއްގައި އިންތިޚާބު ބޭއްވުމަށެވެ. އިންތިޚާބު ބާއްވާނެ ތަންތަން ކަނޑައެޅުން ވެސް އެޕާޓީންވަނީ ލަސްކޮށްފައެވެ. އިންތިޚާބު ބާއްވާނެތަންތަން ކަނޑައަޅުން މިހާރުވަނީ މި މަހު 25 އަށް އިތުރުކޮށްފައެވެ. އެޕާޓީން އިންތިޚާބު ބާއްވާނެ […]
ގައުމީ ކުތުބުޚާނާ ހުޅުވައިފި

ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން ބަންދުކުރި ގައުމީ ކުރުބުޚާނާ މިއަދު ހުޅުވައިފި އެވެ. ރާއްޖޭގެ އެންމެ ބޮޑު ލައިބްރަރީ މިއަދު ހުޅުވައިލީ ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށް ގައުމީ ކުތުބުޚާނާއިން ހާމަކުރެއެވެ. އެގޮތުން މިހާރު ލައިބްރަރީއަށް އެއްފަހަރާ ވަދެވެނީ 15 މީހުންނަށް ކަމަށް ވެއެވެ. ލައިބްރަރީން މައުލޫމާތު ދޭ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަރުގަނޑުތަކުން ނަގާ ފޮތްތައް އަލުން ހަރުގަނޑުތަކަށް ލުމުގެ ކުރިން ޑިސްއިންފެކްޓް ކުރާނެއެވެ. ގައުމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖައްސާފައިވަނީ […]
އިންޑިއާއިން ސީދާ އައްޑޫއާއި ހުވަދުއަށް ކާގޯދަތުރުތައް ބާއްވާނެ: ރައީސް

އިންޑިއާގެ ޓްޓިކޮރިން ބަދަރުން ހުވަދު އަތޮޅާއި އައްޑޫސިޓީއަށް ކާގޯގެ ޚިދުމަތް ދިނުމުގެ މަސައްކަތް ދެ ހަފްތާ ތެރޭފަށާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއިން ސީދާ ކުޅުދުއްފުށްޓަށް މުދާ ގެންދާ އުސޫލުން ހަމަ އެގޮތަށް ހުވަދުއޮތޮޅާއި އައްޑޫ ސިޓީއާ ދެމެދު ކާގޯގެ ޚިދުމަތް ފަށަން އުޅޭ ކަމަށެވެ. “ ހަމަ އެގޮތަށް އައްޑުއަށާއި ހުވަދުއަތޮޅަށް ސީދާ ޓްޓިކުރިނުން […]