ގައުމީ ކުތުބުޚާނާ ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން ބަންދުކުރި ގައުމީ ކުރުބުޚާނާ މިއަދު ހުޅުވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ލައިބްރަރީ މިއަދު ހުޅުވައިލީ ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށް ގައުމީ ކުތުބުޚާނާއިން ހާމަކުރެއެވެ. އެގޮތުން މިހާރު ލައިބްރަރީއަށް އެއްފަހަރާ ވަދެވެނީ 15 މީހުންނަށް ކަމަށް ވެއެވެ.

ލައިބްރަރީން މައުލޫމާތު ދޭ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަރުގަނޑުތަކުން ނަގާ ފޮތްތައް އަލުން ހަރުގަނޑުތަކަށް ލުމުގެ ކުރިން ޑިސްއިންފެކްޓް ކުރާނެއެވެ.

ގައުމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖައްސާފައިވަނީ ހަފްތާގެ ތިން ދުވަހުއެވެ. އެއީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަސް ކަމަށް ވެސް އެތަނުން މައުލޫމާތު ދެއެވެ. މި ދުވަސްތަކުގައި ލައިބްރަރީ ހުޅުވުމަށް ހަމަޖައްސާފައިވަނީ މެންދުރު 12 އިން ހަވީރު ތިނެއްކަށް ކަމަށް ކުތުބުޚާނާއިން ހާމަކުރެއެވެ.

ގައުމީ ކުތުބުޚާނާ ހުޅުވުމާ ބެހޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދަައްކަވަމުން ހެރިޓޭގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ “ މޭކް އަ ސްޕޭސް“ގެ ނަމުގައި އެކިއެކި ހުނަރު ދަސްކޮށްދޭ އޮންލައިން ޕްރޮގްރާމެއް ލައިބްރަރީގައި ފެށުމަށް ދަނީ ތައްޔާރުވަމުންންނެވެ.

މުހުސިން ވިދާޅުވީ ލައިބްރަރީ ހުޅުވީ ކިޔަވާކުދިންނަށާއި ދިރާސާކުރާ ފަރާތްތަކަށް ޚާއްސަ ކޮށްގެން މަޝްވަރާކޮށްހަދާނެ ވަކި ކޮޓަރިއަކާ އެކީގައިކަމަށެވެ. ކޮވިޑްގެ މިހާލަތުގައި މި ކޮޓަރީގައި އެއްފަހަރާ ތިބެވޭނީ ތިން މީހުންނަށް ކަމަށް ގައުމީ ކުތުބުޚާނާއިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ އެންމެ ގިނައަދެއްގެ ފޮތްތަށް ހުންނަ އަދި އެންމެ ގިނަ މީހުން ބޭނުންކުރާ މި ލައިބްރަރީ އަލުން ހުޅުވާފައިވާއިރު އާންމުން އެއްވެ އުޅޭ ބައެއް އެހެންތަންތަން ވެސް މިހާރު އަންނަނީ އަލުން ހުޅުވަމުންނެވެ. އެގޮތުން މާލޭސިޓީގެ ބޮޑެތި ޕާކްތައް މިހާރުވަނީ ހުޅުވާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް