އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ނާންގަން: މުޢިއްޒު

އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގަވާފައިނުވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.މުޢިއްޒު މިހެން ވިދާޅުވީ  ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދާ ކަމާއި އެކަން ކުރަނީ އޭނާ އަންގަވައިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. މުޢިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ނޫނީ މަޑުޖައްސާލަން ނުދަންނަވާ ކަމަށެވެ. “އަދި އަޅުގަނޑުގެ ފަރާތުން އެއްވެސް ބޭފުޅަކު ވެސް އެކަހަލަ […]

ބުރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ފުލުހުން މެސެޖެއް ފޮނުވަނީ

ސިނަމާލެ ބުރިޖުގައި ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖެއް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ބުރިޖުގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި މެސެޖު ފޮނުވާނީ އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ […]

މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނެގި މައްސަލައެއް ބަލަނީ

މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނެގި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު އާންމުކުރި ޚަބަރެއްގައި ބުނެފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ށ.ފޭދޫ / ފުރެސްހާޓް، ޙުސައިން އިޔާޒް އަޙްމަދު މުދާ ގެނެސްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ […]

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރާނަން: ޑރ.މުޢިއްޒު

އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާއާއި އެހީތެރިކަން ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއްކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ މި އަސާސީ ހައްގު ކަށަވަރު ކޮށްދެވޭނީ ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށް އެއްވެސް ހުރަހެއް ނެތި ނަފްސާނީ ފަރުވާއާއި […]

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން  މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފާަސްވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މައުލޫމާތު ލިބޭ ގޮތުމް ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މިހާތަނަށް 45 މެންބަރުން ވަނީ […]

އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ތައްޔާރަށް: އިންތިޚާބީ ރައީސް

އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވަގުތަށް ދެއްވި ބަސްދީގަތުމެއްގައި މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު އިންޑިއާ ސަފީރު މުނޫ މަހާވަރު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ އުންމީދީ ބައްދަލުވުމެއް ކަމަށާއި އިންޑިއާ އޮތީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ތައްޔާރަށް ކަމަށެވެ. މުޢިއްޒު ވިދާޅުވީ މިނިވަންކަން ޔަގީންވެގެން ދިއުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަމަށް ދެންނެވި ކަމަށާއި އެކަމުގައި އެއްވެސް ސުވާލެއް ނެތްކަމަށް ސަފީރު […]

ނޫސްވެރިޔާ އަޒާން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ނޫސްވެރިޔާ އަޙްމަދު އަޒާން ނިންމަވައިފިއެވެ. އަޒާން މިކަން ހާމަކުރެއްވީ މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަޒާން ވިދާޅުވީ ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 2024 ވަނަ އަހަރު އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށް ގަބޫލު ކުރެވޭތީ އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް/ޕީއެންސީ […]

ޓީޗަރުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން ބެލެންސްވާ ގޮތަށް ސިޔާސަތު ބަދަލުކުރާނަންެ: މުޢިއްޒު

މުދައްރިސުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާ ކުރައްވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  މުދައްރިސުންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބެއްގައި މުޢިއްޒު ވިދާޅުވީ  ކާމިޔާބީގެ އައްސޭރިއަށް ގައުމަށް ވާސިލުވެވޭނީ ހަރުދަނާ އަޚުލާގާއި ތަނަވަސް އިލްމާއި ކުޅަދާނަ ހުނަރުވެރިކަމުގެ މައްޗަށް އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. މުޢިއްޒުގެ ޚިޠާބުގައި ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މައިގަނޑު ދެކަމެއް ފާހަގަކުރެއްވިއެވެ. އެެއް ކަމަކީ މުދައްރިސުންގެ އަދަދު މަދުވުމެވެ. ދެވަނަ […]

އިންތިގާލީ ސްޕޯކްސްޕާރސަންގެ މަގާމަށް ފިރުޒުލް އައްޔަން ކުރައްވައިފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސްޕޯކްސްޕާރސަންގެ މަގާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަން ކުރައްވައިފިއެވެ. އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެ މަގާމަށް ފިރުޒުލް އައްޔަން ކުރެއްވިކަން ހާމަކޮށްފައިވަނީ ޕީޕީއެމްއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އުމުރުން 29 ފިރުޒުލްއަކީ މުހިންމު ބައެއް ރަސްމިއްޔާތުތައް ހުށަހަޅުއްވައިދެއްވާފައިވާ ބޭފުޅެކެވެ. ދ.ކުޑަހުވަދުއަށް އުފަން ފިރުޒުލްއަކީ ޤުރުއާން ހިތުދަސް ބޭފުޅެކެވެ.  މިދިޔަ ޖުލައިމަހާ […]

އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކަށް އިނގިރޭސި ސަފީރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ އާ ބައްދަލު ކުރައްވައިފިއެވެ.  މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއޒު ހޯއްދެވި ކާމިޔާބީއަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއި ރައްޔިތުންނާއި އެކަމަނާގެ އަމިއްލަ ނަންފުޅުގައި މުޢިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި ލިބިވަޑައިގަތް ކާމިޔާބަށްފަހު އިންތިޚާބީ ރައީސް ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ […]