ޖުވެންޓަސްއިން އިޓަލިއަން ސުޕަރކަޕްގެ ތަށި އުފުލާލައިފި

އިޓަލިއަން ސުޕަރަކްޕްގެ ފައިނަލްގައި ރޭ ޖުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗް 2-0ގެ ނަތީޖާއިން ޖުވެންޓަސް ކާމިޔާބު ކޮށް މުބާރާތުގެ ތަށި ޖުވެންޓަސްއިން އުފުލާލައިފިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެ، ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފްގެ ކުޅުން ފެށިގެން ކުރިޔަށް ދިޔައިރު ޖުވެންޓަސް އިން ނަޕޯލީގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މާގިނަ އިރުތަކެއް ނުވެ […]
ބާސެލޯނާއަށް ސުޕަރކަޕްގެ ތަށި ގެއްލިއްޖެ

ސްޕެނިޝް ސުޕަރކަޕްގެ ފައިނަލްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެތްލެޓިކް ކްލަބް ބައްދަލުކުރި މެޗް 3-2ގެ ނަތީޖާއިން އެތްލެޓިކް ކްލަބުން ކާމިޔާބުކޮށް އެޓީމުން ތަށި އުފުލާލައިފިއެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ބާސާއިންނެވެ. މެޗްގެ 40 ވަނަ މިނިޓުގައި ގްރީޒްމަން ނަގައިދިން ލީޑް 42 ވަނަ މިނިޓުގައި ބާސާއަށް ގެއްލުނީ، އެތްލެޓިކް ކްލަބުގެ މާކޯސް ކާމިޔާބު ކޮށްދިން ގޯލާއި އެކުގައެވެ. ދެވަނަ ހާފް ފެށިގެން 77 ވަނަ މިނިޓުގައި ބާސާއަށް ދެވަނަ ފަހަރަށް […]
ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

މާލޭގައި ދިރިއުޅެމުންދާ ކ.ތުލުސްދޫ އަށް ނިސްބަތްވާ، ފާތިމަތު އުލްފާ ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އާއިލާގެ ފަރާތުން ސޯޝަލް މީޑިޔާގައި ބުނެފައިވާ ގޮތުގައި މިކުއްޖާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނުއެވެ. ހެނދުނު ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަފަހުން އަދި އެކުއްޖާގެ ޚަބަރެއް ނުވެއެވެ. މިކުއްޖާ ވަނީ ފިރިހެނަކު ބްލެކްމެއިލް ކޮށްގެން ގެންގޮސްފައި ކަމަށް ޢާއިލާއިން ތުހުމަތު ކުރެއެވެ. މިހާރު މިމައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. މިކުއްޖާގެ މައުލޫމާތެއް ލިބިއްޖެ […]
ވާތަކުގައި އޮޅި އެންމަޑި ފަދަ ދިރުންތައް މަރުވާތީ ސަމާލުވާން އެދިއްޖެ

ދޯނި ފަހަރު އެޅުމަށްޓަކާ ފަޅުތަކުގަޔާއި ކަނޑުގެ އެކި ސަތަހައަދުތަކުގައި އަޅާފައި ހުންނަ ވާތަކުގައި އޮޅި އެންމަޑިއާއި، އަދި އެނޫންވެސް ދިރުންތައް މަރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން އިލްތިމާސް ކޮށްފިއެވެ. މިފަދަ (މޫރިންގ ސިސްޓަމް)ތައް އަޅާއިރު އިތުރު ވައުތައް ނުބެހެއްޓުމަށާއި، ދިރުންތަކަށް ގެއްލުން ނުވާނެގޮތަށް އެސިސްޓަމްތައް ބެހެއްޓުމަށް އީޕީއޭގެ އިއުލާނުގައި އެދިފައި ވެއެވެ. މީގެ އިތުރުން ކަނޑުތެރޭގައި ބޮޑަށް ފާޅުވާ ފަދަ ގޮތަކަށް މިފަދަ ވައުތައް ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. […]
ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް 30 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި.

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް 30 ސްކޮލަރޝިޕްގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއިން ހުޅުވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، މި ފަރާތްތަކުގެ ކިޔެވުން ހަމަޖެހިފައިވާނީ ޤައުމީ ޔުނިވާސިޓީއިންނެވެ. އަދި ޔުނިވާސިޓީގެ ދަނާލުން އެކޮމޮޑޭޝަން ހަމަޖެހޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. މިއާއިއެކު އިތުރު އެލަވަންސްތައްވެސް އެފަރާތްތަކަށް ލިބިގެން ދާނެއެވެ. މި ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހަފްތާއަކު 20 ގަޑިއިރަށް ވުރެން ގިނަ އިރު އުޅެންޖެހޭ ވަޒީފާއެއްގައި ނޫޅުން ހިމެނެއެވެ. މި ސްކޮލާޝިޕްތައް 60 […]
”ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް“- ޑރ.ޖަމީލް

ކޮންމެ އިންތިޚާބަކާއި ދިމާކޮށް މިހާރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ޖަހަނީ އެއް ލަވައެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ފާއިތުވި ދެ އަހަރު ޤައުމު ފަޤީރުވެގެން ގޮސްފާވާކަމަށް ވެސް ޑރ.ޖަމީލްގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގެ ނަން ޚާއްސަކޮށް ފާހަގަކޮށް، ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ”އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު“ ކަމަށް އެޓްވީޓުގައި ވެއެވެ. […]
”ބައިސްކަލެއް ރަޖިސްޓްރީ ކުރަން ޖެހުނަސް ހަމަސް ދުވަސް، ތަންކޮޅެއް މަދެއް ނޫންތޯ؟“- އަލްހާން ފަހުމީ

ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރާއި ސްޕީޑް އަވަސްކުރަން ޖެހޭ ކަމަށް ބުނެ އަލްހާން ފަހުމީ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. އަލްހާން މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. https://twitter.com/AlhanFahmy/status/1348540317385990144?s=19 އަލްހާންގެ ޓްވީޓް އަމާޒުކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ. މި ޓްވީޓުގައި އަލްހާން ވަނީ މިނިސްޓަރ ނަހުލާ ޓެގު ކޮށްފައެވެ. ”ބައިސްކަލެއް ރަޖިސްޓްރީކުރަން ޖެހުނަސް ހަމަސް ދުވަސް، ތަންކޮޅެއް މަދެއް ނޫންތޯ؟“ އަލްހާންގެ ޓްވީޓުގައި މަލަމާތުގެ ރާގަކަށް އިތުރަށް ލިޔެފައިވެއެވެ. ފަހަކަށް އައިސް ޓްރާންސްޕޯޓް މިނިސްޓަރީއިން […]
އޮޅުވެލި ރިޒޯޓުގެ 20 މުވައްޒަފަކު ކޯވިޑް19 އަށް ފައްސިވެއްޖެ!

މާލެ އަތޮޅުގައި އޮންނަ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި މަސައްކަތްކުރާ 20 މުވައްޒަފަކު ކޯވިޑް19 އަށް ފައްސިވެއްޖެއެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ މިކަން ހާމަކޮށްފައެވެ. އިއްޔެ މުޅި ރާއްޖެއިން 50 މީހަކު ކޯވިޑް19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 28 ކޭސް ފެނިފައިވަނީ ރިޒޯޓްތަކުންނެވެ. މީގެ އިތުރުން 3 ކޭހެއް އަތޮޅުތެރޭގެ ރަށްރަށުން ފެނުނު އިރު، މާލެއިންވަނީ 19 ކޭސް ފެނިފައެވެ. ރާއްޖޭގެ ބޯޑަރތައް ހުޅުވާލާ ފަތުރުވެރިން އަންނަން ފެށުމާއި ގުޅިގެން […]
ރައީސް ސާލިޙް އެކުވެނި ސިންތެޓިކް ޓްރެކް ބައްލަވާލައްވައިފި

އެކުވެނި ދުވާ ޓްރެކުގައި އަލަށް ޤާއިމުކުރެވުނު ސިންޓެތިކް ޓްރެކް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައްލަވާލައްވައިފިއެވެ. ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަޙްލޫފް ވެސް ވަނީ ޓްރެކް ބައްލަވާލައްވައިފައެވެ. ހަމައެއާއިއެކު ކުރީގެ ބައެއް އެތްލީޓުންނާއި، ސައުތް އޭޝިޔަން ގޭމްސްގެ ގޯލްޑް މެޑަލިސްޓް ސާއިދްވެސް ވަނީ ރައީސްގެ އަރިހުގައި ވަޑައިގަންނަވާފައެވެ. އެކުވެނީގައި ކުރިން އޮތް ވެލި ޓްރެކަކީ އެތްލީޓުންނަށާއި އާއްމުންނަށް ތަކްލީފްތަކަކާއި ކުރިމަތިލާން ޖެހޭފަދަ ގޮތަކަށް ހުރި ތަނެކެވެ. ވިއްސާރަ […]
މާރިޗު 31 އިން ފެށިގެން ސައުދީގެ ބޯޑަރު ހުޅުވާލަނީ

އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސައުދީގެ ބޯޑަރު ހުޅުވާލާނޭ ކަމަށް ސައުދީއިން އިއުލާން ކޮށްފިއެވެ. ސައުދީ ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެޤައުމުގެ މީހުން އެހެން ޤައުމުތަކަށް ދިޔުމަށާއި، އެހެން ޤައުމުތަކުން އެޤައުމަށް މީހުން އައުމުގެ ހުއްދަ އޮންނާނެއެވެ. ކޯވިޑް19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ސައުދީ ފުރަބަންދު ކޮށްފައިވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އެކަމާއި […]