ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް 30 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި.

Loading

Facebook
Twitter
WhatsApp

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް 30 ސްކޮލަރޝިޕްގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން، މި ފަރާތްތަކުގެ ކިޔެވުން ހަމަޖެހިފައިވާނީ ޤައުމީ ޔުނިވާސިޓީއިންނެވެ. އަދި ޔުނިވާސިޓީގެ ދަނާލުން އެކޮމޮޑޭޝަން ހަމަޖެހޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. މިއާއިއެކު އިތުރު އެލަވަންސްތައްވެސް އެފަރާތްތަކަށް ލިބިގެން ދާނެއެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހަފްތާއަކު 20 ގަޑިއިރަށް ވުރެން ގިނަ އިރު އުޅެންޖެހޭ ވަޒީފާއެއްގައި ނޫޅުން ހިމެނެއެވެ. މި ސްކޮލާޝިޕްތައް 60 ރަށަކަށް އަމާޒުކުރެވިފައިވާ އިރު، 15 ސްކޮލަޝިޕަށް ޚަރަދު ކުރާނީ އެޑިއުކޭޝަން ޑިވެލޮޕްމެންޓް ފަންޑުންނެވެ. އަދި އަނެއް 15 ސްކޮލަޝިޕް ދެނީ ޤައުމީ ޔުނިވާސިޓީއިންނެވެ.

މި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް