ރައީސް ސާލިޙް އެކުވެނި ސިންތެޓިކް ޓްރެކް ބައްލަވާލައްވައިފި

Loading

Facebook
Twitter
WhatsApp

އެކުވެނި ދުވާ ޓްރެކުގައި އަލަށް ޤާއިމުކުރެވުނު ސިންޓެތިކް ޓްރެކް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައްލަވާލައްވައިފިއެވެ.

ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަޙްލޫފް ވެސް ވަނީ ޓްރެކް ބައްލަވާލައްވައިފައެވެ. ހަމައެއާއިއެކު ކުރީގެ ބައެއް އެތްލީޓުންނާއި، ސައުތް އޭޝިޔަން ގޭމްސްގެ ގޯލްޑް މެޑަލިސްޓް ސާއިދްވެސް ވަނީ ރައީސްގެ އަރިހުގައި ވަޑައިގަންނަވާފައެވެ.

އެކުވެނީގައި ކުރިން އޮތް ވެލި ޓްރެކަކީ އެތްލީޓުންނަށާއި އާއްމުންނަށް ތަކްލީފްތަކަކާއި ކުރިމަތިލާން ޖެހޭފަދަ ގޮތަކަށް ހުރި ތަނެކެވެ. ވިއްސާރަ ވެއްޖެނަމަ ޗަކަ ހެދި ތަން ބޭނުން ކުރަން އުނދަގޫވެއެވެ. އަލަށް ޤާއިމުކުރި ސިންތެޓިކް ޓްރެކާއި އެކު މުބާރާތްތައް ބޭއްވުމަށާއި، އެތްލީޓުންނާއި އާއްމުން މިތަން ބޭނުން ކުރުމަށް ފަސޭހަވެގެން ދާނެއެވެ. މީގެ ކުރިން ހުޅުމާލޭގައި ވެސް ވަނީ ފެންވަރު ރަނގަޅު ސިންތެޓިކް ޓްރެކެއް ޤާއިމު ކުރެވިފައެވެ. އެތަން ދަނީ އެކިއެކި މުބާރާތްތަކަށާއި، އެތްލީޓުންނާއި އާއްމުންގެ ބޭނުންތަކަށް ބޭނުންކުރެވެމުންނެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް