މާރިޗު 31 އިން ފެށިގެން ސައުދީގެ ބޯޑަރު ހުޅުވާލަނީ

Loading

Facebook
Twitter
WhatsApp

އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސައުދީގެ ބޯޑަރު ހުޅުވާލާނޭ ކަމަށް ސައުދީއިން އިއުލާން ކޮށްފިއެވެ.

ސައުދީ ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެޤައުމުގެ މީހުން އެހެން ޤައުމުތަކަށް ދިޔުމަށާއި، އެހެން ޤައުމުތަކުން އެޤައުމަށް މީހުން އައުމުގެ ހުއްދަ އޮންނާނެއެވެ.

ކޯވިޑް19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ސައުދީ ފުރަބަންދު ކޮށްފައިވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އެކަމާއި ގުޅިގެން ހައްޖާއި އުމްރާގެ އަޅުކަން ހުއްޓާލާ ދެ ޙަރަމް ބަންދުކޮށްފައި ވެސް ވެއެވެ. މި މަންޒަރުތަކަކީ މީގެ ކުރިން ދުވަހަކުވެސް ދުނިޔެ ދުށް މަންޒަރުތަކެއް ނޫނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް