ދިވެހިރާއްޖޭގައި މިހާރު އޮތް އިންޑިއާގެ މިލިޓަރީގެ ބާރުވެރިކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުހީވެއްޖެ

1988 ނޮވެންބަރުގައި ރާއްޖެއަށް ގެންނަން މަސައްކަތްކުރި ބަޣާވާތް ހުއްޓުވަން އިންޑިއާއިން ދިވެހިރާއްޖެއަށް ސިފައިން ފޮނުވުމުން، އެސިފައިންނަށް ރާއްޖޭގެ މީހުން ހޫނު މަރުހަބާއެއް ކިޔެވެ. ސްރީލަންކާގައި ދިރިއުޅެމުންދިޔަ ދިވެހި ވިޔަފާރިވެރިއަކު ރައީސް މައުމޫން ޢަބްދުލް ގައްޔޫމުގެ ވެރިކަން ވައްޓާލައި، ރާއްޖެ ހިފަން ކުލީ ސިފައިން ގޮވައިގެން އައިސް ދިވެހިރާއްޖެއަށް ދިން ހަމަލާތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ”ކެކްޓަސް“ ގެ ނަމުގައި އެއިރު އިންޑިއާއިން ހިންގި އޮޕެރޭޝަންގެ ސަބަބުން ދިވެހިރާއްޖެއަށް އެހީއަކަށްވިއެވެ. އެކަމުގެ ސަބަބުން މިނިވަންކަން ދެމެހެއްޓި، އެހެންބައެއްގެ އަޅުވެތިކަން ނުގޮސް […]
ޖެރުސެލަމް އަކީ ތުރުކީގެ ސިޓީ އެއް: އުރުދުޣާން

ބުރާސްފަތި ދުވަހު ތުރުކީގެ ރައީސް ޠައްޔިބު އުރުދުޣާން ވިދާޅުވެފައިވާ ގޮތުގައި ޖެރުސެލަމް އަކީ ތުރުކީގެ ބައެކެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ފަހުގެ ތާރީހުގައި އެ ސިޓީގެ މައްޗަށް އޮޓޮމަން އެމްޕެޔަރުން އޮންނަ ބާރުގެ މައްޗަށް ރިޔާއަތް ކުރަމުންނެވެ. “ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އަހަރެމެންގެ ލޮލުން ކަރުނަ އޮހޭ ހާލު، ދޫކޮށް ދިޔަ މިޤައުމަށް އަދިވެސް އޮޓޮމަން އެމްޕެޔަރުގެ ބާރު ބާރުގެ އަސަރުތައް ފެށިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޖެރުސެލަމްއަކީ އަހަރެމެންގެ ފަރާތުން އައި، އަހަރެމެންގެ […]
ޓިކްޓޮކް ޑައުންލޯޑުކުރުން ޓްރަމްޕް މަނާކޮށްފައިވަނިކޮށް، އެގޮތަށް އަމަލުކުރުން ފަސްކުރުމަށް އެމެރިކާގެ ފަނޑިޔާރަކު އަމުރު ނެރެފި

ޓްރަމްޕުގެ ސަރަުކާރުން މަނާކޮށްފައިވާ ޗައިނާއިން ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ހިއްސާކުރާ އެޕް ޓިކްޓޮކް ގޫގަލްގެ އެޕަލް އިންކް އާއި އަލްފަބެޓު އިންކު އިން ޑައުންލޯޑުކުރުން މަނާކުރުން ވޮޝިންޓަންގެ ފަނޑިޔާރަކު ވަގުތީގޮތުން ހުއްޓުވައިފިއެވެ. އެ އެޕް ޑައުންލޯޑުކުރުން މަނާވާގޮތަށް އޮތީ އާދީއްތަދުވަހުގެ ރޭ 11:59 ން ފެށިގެންނެވެ. (ޖީ އެމް ޓީން ހޯމަދުވަހުގެ 3.59 ން ފެށިގެންނެވެ). މިއަމުރު އައީ ހޯމަ ދުވަހު ހެނދުނު ޓިކްޓޮކްގެ ވަކީލުން ހުށަހެޅި ކުއްލި މައްސަލައިގެ އަޑުއެހުމަށްފަހުއެވެ. ޓިކްޓޮކްގެ ވަކީލުން ބުނެފައިވަނީ އެޕް […]
2020 ވަނަ އަހަރު ފެށުނު ފަހުން 150 އަށްވުރެ ގިނަ ނިރުބަވެރި ހަމަލާ ތުރުކީން ހުއްޓުވައިފި.

މިއަހަރުގެ މިހާތަނަށް ތުރުކީން ވަނީ ޑައެޝް އިން ރޭވި 152ނިރުބަވެރި ހަމަލާ ހުއްޓުވައިފިއެވެ. ތުރުކީގެ ޚަބަރު ފަތުރާ ޗެނަލްއެއް ކަމަށްވާ ޓީ.އާރު.ޓީ އަށް ދެއްވި އިންޓަވިއުއެއްގައި ތުރުކީގެ އިންޓީރިއާ ިމިނިސްޓަރު ސުލައިމާން ސުއިލު ވިދާޅުވި ގޮތުގައި ނިރުބަވެރިންނާއި ދެކޮޅަށް ހިންގާ ހަރަކާތްތަކެއްގައި ނިރުބަވެރިންނަށް ނިސްބަތްވާ 26.8 ޓަނުގެ ގޮވާތަކެތިވަނީ އަތުލައިގަނެފައެވެ. ޑައެޝްއަކީ ނިރުބަވެރި ޖަމާޢަތެއްކަމުގައި 2013ގައި ފުރަތަމަ ކަނޑައެޅި ގައުމަކީ ތުރުކީއެވެ. ޑައެޝްއަކީ ނިރުބަވެރި ޖަމާޢަތެއްކަމުގައި ކަނޑައެޅިފަހުން، ޑައެޝްއިންވަނީ އެތައް ފަހަރަކު ހަމަލާދީފައެވެ. އޭގެ ތެރޭގައި އަމިއްލައަށް […]
އާ ސަރުކާރެއް އުފެއްދުމަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށް މެލޭޝިއާގެ އިނދިކޮޅު ލީޑަރު އަންވަރު ވިދާޅުވެއްޖެ

މިހާރުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ބޮޑުވަޒީރު ކަމުން ވަކިކޮށް އާ ބޮޑުވަޒީރެއް އައްޔަނުކުރުމަށް ރަސްގެފާނުގެ ރުހުން ބޭނުންވާ މިހާރުގެ އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، އޭނާއަށް މިވަގުތު ތާއީދުކުރާ މަޖްލިސްގެ މެންބަރުންގެ އަދަދު އިތުރުވެފައިވުމުން މުހުޔއްދީންގެ ބޮޑުވަޒީރުކަންވަނީ ނިމިފައެވެ. މެލޭޝިއާގެ އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ވިދާޅުވިގޮތުގައި އާ ސަރުކާރެއް އުފެއްދުމަށް ގާނޫނުހަދާ މަޖްލިސްގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރައްވަނީ އޭނާ ބޮޑުވަޒީރުކަމަށް ރަސްމީކޮށް އައްޔަންކުރުމަށް ރަސްގެފާނަށް […]
ކޯވިޑް19: ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު ދިހަހާހުން މައްޗައް!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 75 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 9 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 66 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 53 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 22 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ […]
ހިފާފައިވާ ކަޝްމީރުގައި އިންޑިއާއިން ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވަންޖެހޭ، އެކަކަމު އެކަން ކުރާނީ ކާކު؟ ދިވެހިން މިކަމުން ނަގަންވީ ކޮން ފިލާވަޅެއް؟

1947ގައި ޖައްމޫ އާއި ކަޝްމީރު ބައިކޮށް އިންޑިއާގެ ބާރުގެ ދަށުގައި އޮތް ޖައްމޫއާއި ކަޝްމީރު ފަޅިއަށް ޚާއްސަ ގޮްތްތަކެއް (ސްޓޭޓަސް) އެއް ވަނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއިން ދީފައެވެ. އެ ޚާއްސަ ގޮތްތައްވަނީ އިންޑިއާގެ ކަނާތު ފިޔާގެ މިހާރުގެ ސަރުކާރުން އުވާލާފައެވެ. 2019 ވަނަ އަހަރުގެ އޮގަސްޓު 5ގައި ކަޝްމީރުގައި ބޭއްވި މުޒާހިރާ ތަކަކީ ”ކަޅު ދުވަހެއް“ ކަމަށް ބަލައި އިންޑިއާއިންވަނީ ކަޝްމީރުގައި ސިފައިން ބައިތިއްބައިގެން އެތަން ބަންދުކޮށްފައެވެ. އިންޑިއާގެ ގާނޫނު އަސާސީގެ […]
ދެމަފިރިން

ފިރިމީހާއާއި އަނބިމީހާއާއި ދެމީހުންނަކީ ދުނިޔޭގެ ޙަޔާތް ދެމީހުން އެކުއެކީ ވޭތުކުރަން ދިމާވެފައިވާ ދެމީހުންނެވެ. އެދެމެދުގައި ހުންނަންޖެހޭ އެކުވެރިކަމާއި ލޯބިވެރިކަމާއި އިޚްލާޞްތެރިކަމާ ގާތްކަމާ ސިއްރު އެހެނިހެން ދޭދޭ މީހުންގެ ދެމެދުގައި ހުންނަންވާ މިބާވަތުގެ ކަންކަމާ ވަރަށް ތަފާތެވެ. އަދި އެދެމީހުންގެ ދެމެދުގައި ހުންނަ ޙައްޤުތައް ހުރީ ދެމީހުންކުރެ ކޮންމެ މީހަކު އެކަކު އަނެކަކުގެ މައްޗަށް އަދާކުރުން ވާޖިބުވެގެންވާ ތަފާތު ޙައްޤުތަކާއި އަދި ދެމީހުން އެކުވާ ޙައްޤުތަކެވެ. ކީރިތި ޤުރުއާނުގެ ބައެއް އާޔަތުން މިދެންނެވި ޙައްޤުތައް ޖުމްލަވީ ގޮތެއްގައި ބަޔާންކޮށްދެއްވައެވެ. […]
އދ. އަނެއްކާވެސް ފޭލިވެއްޖެ: ތުރުކީގެ ރައީސް

ގެއްލުން އިންތިހާއަށް ބޮޑުވެފައިވާ ކޮވިޑު-19 އާއިބެހޭގޮތުން އދ. އިން މާފަހުން ވާހަކަ ދެއްކުމުން ތުރުކީގެ ރައީސް އދ. އަށް ފާޑުވިދާޅުވެއްޖެއެވެ. ”އދ. އަނެއްކާވެސް ފޭލިވެއްޖެ“، ތުރުކީގެ ރައީސް ހޯމަ ދުވަހު ވިދާޅުވިއެވެ. ”ކޮރޯނާ ވައިރަސް ފެތުރޭތާ ހަފްތާތަކެއްގެ ފަހުން އެބަލި އުޅޭކަން ފާހަގަކޮށް އދ. އިން ވާހަކަ ދެއްކި ނަމަވެސް، މި ބަލިމަޑުކަމުން އަރައިގަންނަން ނުވަތަ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވޭ.“ ބަލިމަޑުކަން ފެށިގެން އުޅުނު ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން، […]
ވަކިވެގެން ތިޔަދިޔައީ އެތައް ބަޔަކު ރޮއްވައިފަ!

އިއްޔެ ހެނދުނު 11 ޖަހާކަށް ހާއިރު ވެސްޓް ޕާކްއާއި ދިމާލުން ބޭރަށް ފީނަން އެރުނު މ.ބޮއިލިން ފިޝް، ޝައްފާން ރަޝީދު މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ޝައްފާންގެ ޚަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރު 4:36 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ 12 މީޓަރު އަޑިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ކޯސްޓް ގާޑުން އޭނާ ނެގިއިރު، މޫދު ތެރޭގައި އޮންނަތާ 4 ވަރަކަށް ގަޑިއިރު […]