ދެމަފިރިން

Loading

Facebook
Twitter
WhatsApp

ފިރިމީހާއާއި އަނބިމީހާއާއި ދެމީހުންނަކީ ދުނިޔޭގެ ޙަޔާތް ދެމީހުން އެކުއެކީ ވޭތުކުރަން ދިމާވެފައިވާ ދެމީހުންނެވެ. އެދެމެދުގައި ހުންނަންޖެހޭ އެކުވެރިކަމާއި ލޯބިވެރިކަމާއި އިޚްލާޞްތެރިކަމާ ގާތްކަމާ ސިއްރު އެހެނިހެން ދޭދޭ މީހުންގެ ދެމެދުގައި ހުންނަންވާ މިބާވަތުގެ ކަންކަމާ ވަރަށް ތަފާތެވެ. އަދި އެދެމީހުންގެ ދެމެދުގައި ހުންނަ ޙައްޤުތައް ހުރީ ދެމީހުންކުރެ ކޮންމެ މީހަކު އެކަކު އަނެކަކުގެ މައްޗަށް އަދާކުރުން ވާޖިބުވެގެންވާ ތަފާތު ޙައްޤުތަކާއި އަދި ދެމީހުން އެކުވާ ޙައްޤުތަކެވެ.

ކީރިތި ޤުރުއާނުގެ ބައެއް އާޔަތުން މިދެންނެވި ޙައްޤުތައް ޖުމްލަވީ ގޮތެއްގައި ބަޔާންކޮށްދެއްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން މިދެންނެވި ޙައްޤުތައް ތަފްޞީލުކޮށްދެއްވާ ބަޔާންކޮށްދެއްވާފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ސޫރަތުލް ބަޤަރާގެ 228 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނާއިގައި ވެއެވެ. ”ހެޔޮކަމުގެ ތެރެއިން ފިރިހެނުންނަށް އަންހެނުން އަދާކުރަންޖެހޭ ޙައްޤުތައްފަދަ ޙައްޤުތައް ފިރިހެނުންގެ ފަރާތުން އަންހެނުންނަށްވެސް ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް (އެބަހީ އެކަނބަލުންނަށްވުރެ އިތުރު) ދަރަޖައެއް ފިރިހެނުންނަށް ވެއެވެ.“ މިއެވެ.

މިދެންނެވި ޙައްޤުތަކަކީ ދެމަފިރިވަންތަކަމުގެ ޙައްޤުތަކެވެ. ތިމާގެ އަނބިމީހާ އޭނާއާއު އެއްފެންވަރުގެ އަންހެނުންނަށް ޢާންމުކޮށް ފިރިހެނުން ބަހައްޓާ ހެޔޮކަން ބެހެއްޓުމެވެ. އެއީ ކެއިންބުއިމާ ފޭރާމާ ދެންވެސް އެބާވަތުގެ ހުރިހާކަމެއްގައެވެ. އަދި އަނބިމީހާވެސް ތިމާގެ ފިރިމީހާއަށްޓަކައި އެފެންވަރުގެ އެހެން އަންހެނުން ވެސް ޢާންމުކޮށް ފިރިހެނުންނަށް ބަހައްޓާ ހެޔޮކަން ބެހެއްޓުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ އަނބީން އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ އަނބީންނަށްޓަކައި ތިޔަބައިމީހުން އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ.“ މިއެވެ.

އިސްވެދިޔަ އާޔަތުންނާ ޙަދީޘުން ޞަރީޙަކޮށް އެނގެނީ ދެމަފިރިންކުރެ ކޮންމެ މީހަކަށް އަނެއްމީހާގެ ފަރާތުން ލިބެންވާ ޙައްޤުތަކެއް ވާކަމާއި އަދި ކޮންމެ މީހަކުވެސް އަނެއްމީހާއަށް އަދާކުރަްނޖެހޭ ވާޖިބުތަކެއް އެބަވާކަމެވެ. މިދެންނެވި ޙައްޤުތައް ހުރީ ތިންބަޔަކަށެވެ. އެއްބަޔަކީ ދެމީހުން އެކުލެވޭ ޙައްޤުތަކަކާއި ފިރިމީހާއަށް ޚާއްޞަކުރެވޭ ޙައްޤުތަކަކާއި އަނބިމީހާއަށް އެކަނި ޚާއްޞަކުރެވޭ ޙައްޤުތަކެކެވެ. މިއަދު މިވަކާލުތު ކުރެވޭ އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމަށް ދަޢުވާކޮށް ޖަދަލުކުރުމެއް އިސްލާމްދީނުގެ ރިވެތި ޢަޚުލާގުން ޖާގައެއްނުދެއެވެ. ދަރިން ބިނާކުރުމުގައި މަންމަގެ ވާޖިބު ވަރަށްވެސް ބޮޑުކަމާއި ދަރީންގެ ޚަރަދު ބަރަދަށް ބައްޕަގެ ޒިންމާއާއި ވާޖިބު ދެނެގަން ޢާއިލީ ރިވެތި ދިރިއުޅުމެއް ބިނާކުރުމަކީ ދެމަފިރިންގެ އެންމެބޮޑު އިސްލާމީ ވާޖިބުކަން ހަނދުމަދިޔަ ނުދެއްވާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް