އދ. އަނެއްކާވެސް ފޭލިވެއްޖެ: ތުރުކީގެ ރައީސް

Loading

Facebook
Twitter
WhatsApp

ގެއްލުން އިންތިހާއަށް ބޮޑުވެފައިވާ ކޮވިޑު-19 އާއިބެހޭގޮތުން އދ. އިން މާފަހުން ވާހަކަ ދެއްކުމުން ތުރުކީގެ ރައީސް އދ. އަށް ފާޑުވިދާޅުވެއްޖެއެވެ. ”އދ. އަނެއްކާވެސް ފޭލިވެއްޖެ“، ތުރުކީގެ ރައީސް ހޯމަ ދުވަހު ވިދާޅުވިއެވެ.

”ކޮރޯނާ ވައިރަސް ފެތުރޭތާ ހަފްތާތަކެއްގެ ފަހުން އެބަލި އުޅޭކަން ފާހަގަކޮށް އދ. އިން ވާހަކަ ދެއްކި ނަމަވެސް، މި ބަލިމަޑުކަމުން އަރައިގަންނަން ނުވަތަ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވޭ.“ ބަލިމަޑުކަން ފެށިގެން އުޅުނު ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން، އަންކާރާގައި ބޭއްވި ކެބިނެޓުގެ ބައްދަލުވުމަކަށްފަހު ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވިއެވެ.

”އދ. އަކީ ސީރިއާގެ ހަނގުރާމައިން ފެށިގެން، ޔަމަނުގެ އިންސާނި މުސީބާތާއި، އެފްރިކާއާއި ދެކުނު އެމެރިކާގައި އުފެދެމުންދާ ހަމަނުޖެހުމާ ހަމައިންވެސް ފެއިލްވެފައިތިބި ބައެއް، މިބަލިމަޑުކަމާ ކުރިމަތިލުމުގައިވެސް އަނެއްކާވެސް އެވަނީ ފޭލިވެފައި“ އޭނާ ވިދާޅުވިއެވެ.

އދ. އަށް 75 އަހަރުފުރުނު މުނާސަބާ ފާހަގަކުރަމުންދިޔަ ވަގުތު، ތުރުކީގެ ރައީސް ވިދާޅުވަމުން ގެންދެވިއެވެ. “ މިވަގުތުވެސް ތުރުކީން އެކަނިވެސް މިދަނީ 146 ގައުމަށް ސިއްހީ އާލާތްތައް ފޮނުވަމުން، އދ އިން އެމީހުންގެ ހަރުދަނާކަމެއްނެތަކަން އަނެއްކާވެސް އެވަނީ ސާބިތުކޮށްދީފައި“.

މިބަލިމަޑުކަން ފެށުނުފަހުން ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އެހެން ގައުމުތަކަށް ޚިދުމަތްކުރަމުންދާ ގައުމުތަކުގެ ތެރެއިން އެއްގައުމަކީ ތުރުކީކަން ދުނިޔޭގެ ގިނަ ބަޔަކު ފާހަގަކުރަމުންދާކަމަށް އުރުދުގާން ހާމަގަކުރެއްވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް