1988 ނޮވެންބަރުގައި ރާއްޖެއަށް ގެންނަން މަސައްކަތްކުރި ބަޣާވާތް ހުއްޓުވަން އިންޑިއާއިން ދިވެހިރާއްޖެއަށް ސިފައިން ފޮނުވުމުން، އެސިފައިންނަށް ރާއްޖޭގެ މީހުން ހޫނު މަރުހަބާއެއް ކިޔެވެ.
ސްރީލަންކާގައި ދިރިއުޅެމުންދިޔަ ދިވެހި ވިޔަފާރިވެރިއަކު ރައީސް މައުމޫން ޢަބްދުލް ގައްޔޫމުގެ ވެރިކަން ވައްޓާލައި، ރާއްޖެ ހިފަން ކުލީ ސިފައިން ގޮވައިގެން އައިސް ދިވެހިރާއްޖެއަށް ދިން ހަމަލާތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް “ކެކްޓަސް” ގެ ނަމުގައި އެއިރު އިންޑިއާއިން ހިންގި އޮޕެރޭޝަންގެ ސަބަބުން ދިވެހިރާއްޖެއަށް އެހީއަކަށްވިއެވެ. އެކަމުގެ ސަބަބުން މިނިވަންކަން ދެމެހެއްޓި، އެހެންބައެއްގެ އަޅުވެތިކަން ނުގޮސް ސަލާމަތްވިއެވެ.

މިދެންނެވި ދުވަހުން ފެށިގެން މިއަދާހަމައަށް ނަޒަރު ހިންގާލާއިރު މިފެންނަނީ މިއަދު ދިވެހިން އިންޑިއާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގެ ރަށްތަކުގައި ތިބުމާއި ދެކޮޅަށް ވަރުގަދައަށް އަޑު އުފުލަމުންދާތަނެވެ. އެއްވެސް ޝަރުތެއްނެތި އިންޑިއާގެ ސިފައިން ދިވެހިރާއްޖެއިން ފޭބުމަށް ގޮވާލުން އިތުރުވަމުންނެވެ.
ފަހަކަށް އައިސް އިންޑިއާއަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ނުރައްކަލެއްކަމަށް ގަބޫލުކުރެވި، ދިވެހިންދަނީ މީސްމީޑިއާގައްޔާއި މަގުތަކުގައި އަޑު އުފުލަމުންނެވެ. އިންޑިއިން ދޭ އެހީތަކާއި ދެކޮޅަށް “އިންޑިއާ ބޭރުކުރޭ” ހޭޝްޓެގް މީސްމީޑިއާގައި ބޭނުންކުރާވަރު ދަނީ އިތުރުވަމުންނެވެ.
ދިވެހިރާއްޖޭގައި އިންޑިއާގެ މިލިޓަރީ ސިފައިން ތިބުމާއިދެކޮޅު ހެދުމުގެ ގޮތުން، ސެޕްޓެންބަރު 12 ގައި ދިވެހި ޒުވާނުން އިސްނަގައިގެން މޮޓޯސައިކަލު ބުރެއް މާލޭގައި ބޭއްވިއެވެ. އެއީ މިފަހުން ބޭއްވި މިފަދަ ދެވަނަ ހަރަކާތެވެ.
މިހަރަކާތުގައި އެތައް ސަތޭކަ ޒުވާނުންނާއި ކޮލެޖުތަކުގެ ދަރިވަރުން ބައިވެރިވިއެވެ. މި ހަރަކާތް ހިންގީ ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ގައިޑުލައިނާ އެއްގޮތަށެވެ. އެހެންނަމަވެސް ފުުހުން މި މުޒާހިރާ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާ، 41 މީހަކު ހައްޔަރު ކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޅިބަލަންތިބި މީހުންވެސް ހިމެނެއެވެ.
މިއީ 2018 ވަނަ އހަރު %58.4 ވޯޓުން ހޮވިވަޑައިގަތް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުގެ ވެރިކަމުގައި ވެގެންވާނެ ގޮތެއްނޫނެވެ. ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް ބަލިކުރައްވާ ވެރިކަމަށް ވަޑައިގެންނެވި ޞޯލިޙަކީ އިންޑިއާއި ވަރަށް ޚާއްސަ ގުޅުންތަކެއް ބާއްވާ ބޭފުޅެކެވެ.
އިންޑިއާއި ދެކޮޅަށް ހިންގޭ ހަރަކާތްތައް ފެށެން މެދުވެރިވީ ވަރަށް ފަހުން ސިލްސިލާގޮތެއްގައި ހިނގި ކަންތައްތަކެއްގެ ސަބަބުންނެވެ.
އެކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީން ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހުމަށް ބާރު އެޅުމާއި، އިންޑިއާގެ ރައްޔިތުން ހިމާޔަތްކުރަން މިލިޓަރީގޮތުން ފިޔަވަޅުއެޅުމާއިބެހޭގޮތުން ދެއްކި ވާހަކަ ހިމެނެއެވެ.
އިންޑިއާއިން ދެކޭގޮތުގައި، ކުރީގެ ރައީސް ޔާމީނަށް ނުފޫޒު ފޯރުވައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ޑޯނިޔާ މަތިންދާބޯޓެއް ގެނައުމަށް “ލެޓަރ އޮފް އެކްސްޗޭންޖު” ގައި ސޮއިކުރުވާ، އެކަން ތަންފީޒު ކުރިއެވެ. އޭގެފަހުން “ބޮޑުބޭބެ” ގެ ގަނާކުރުން ވެގެންދިޔައީ އިންޑިއާއީ ދެކޮޅަށް ހިންގޭ ހަރަކާތްތައް ފެށެން މެދުވެރިވި އެއް ސަބަބަށެވެ.
މީގެ އިތުރުން، ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށާއި، 2018 ގައި ނެރުނު ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ، ސިޔާސީ އަދި ގާނޫނީ ކުށްވެރިން ދޫކޮށްލަން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖްލިސްގެ ރައީސް ގޮވާލެއްވުމަކީ ވެސް ރޯކޮށްފައިވާ ހުޅުގަނޑު އިތުރަށް ބޮޑުވި ކަމެކެވެ.
ރާއްޖޭގައި ހިންގާ ކަމަކުން އިންޑިއާގެ އިގުތިސާދަށް އަސަރެއްކުރާނަމަ އެކަމާގުޅިގެން ދިވެހިންނާއިދެކޮޅަށް އިންޑިއާގެ ކޯޓުތަކުގައި މައްސަލަ ހިންގޭނެގޮތަށް އިންޑިއާއިން އެކުލަވާލި އާ އެއްބަސްވުން ތަންފީޒުކުރަން މިހާރުގެ ރައީސް ހުއްދަ ދެއްވުމަކީވެސް އިންޑިއާއީ ދެކޮޅަށް ހިންގޭ ހަރަކާތްތައް ފެށެން މެދުވެރިވި އަނެއް ސަބަބެވެ.
މި އެގްރީމެންޓުގައި ބާރުއަޅާފައިވަނީ އިމާރާތްކުރުންފަދަ ތަރައްގީގެ މަޝްރޫޢުތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓުތައް ބާޠިލު ކުރުންފަދަ ކަންކަން ހުއްޓުވުމަށެވެ. މިއީ ސަރުކާރު ބަދަލުވުމުން ކުރިން ވެފައިވާ ކަންކަމެވެ.
“އިންޑިއާގެ ކޯޓުތަކުގައި ޝަރީޢަތްކުރެވޭގޮތަށް ވަރަށްފަހުން އިންޑިއާއިން ހެދި އެއްބަސްވުމުގެ ސަބަބުން، އެފަދަ އެއްބަސްވުންތައް ބާޠިލުކުރަން އިތުރަށް އުދަގޫވާނެ”. ކުރީގެ މިނިސްޓަރ ހުސައިން ޝަރީފު ވިދާޅުވިއެވެ. ކުރީގެ ސަރުކާރަކުންވަނީ ރާއްޖޭގެ އެއަރޕޯޓަށް އިންޑިއާއިން އިންވެސްޓުކުރަން ހެދި އެއްބަސްވުމެއް 2012 ވަނަ އަހަރު އުވާލާފައެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބާރުވެރިކަން ހޯދުމުގެ ވާދަވެރިކަން ޗައިނާއާއި އިންޑިއާއިންވެސް އޮތުމުން، ރާއްޖޭގައި އިންޑިއާއިން ވިއްދާފައިވާ ފައި އަދިވެސް ދޫކޮށްލަން އިންޑިއާއިން ބޭނުން ނުވެއެވެ.
އިންޑިއާއިންވަނީ ރާއްޖޭގައި ދާއިމީގޮތެއްގައި ބޭއްވުމަށް ދެ ހެލިކޮޕްޓަރާއި ޑޯނިއާ ސަރވޭލަންސް މަތިންދާބޯޓެއް ދީފައެވެ. މިއީ އިންޑިއާއަށް އަންނަ ނުރައްކާތައް ފާހަގަކޮށް، ދެގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާބިލްކަން އިތުރު ކުރުމުގެ ނަމުގައި ކުރާކަމެކެވެ.
މީގެ އިތުރުން އިންޑިއާއިންވަނީ އިންޑިއާގެ ރާޑަރުތަކާއި ގުޅިފައިވާގޮތަށް ރާއްޖޭގެ 26 އަތޮޅެއްގައި ރާޑަރު ހަރުކޮށް، ރާއްޖޭގެ ސަރަހައްދަށް ވަންނަ ކަނޑު އުޅަނދުތަކާއި މަތިންދާބޯޓު މޮނިޓަރ ކުރަން ފަށާފައެވެ.
އެހެންނަމަވެސް، ރާއްޖޭގެ ސަރަހައްދު މޮނިޓަރކުރަން ބޭނުންކުރާ މަތިންދާބޯޓާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާފައިވާ ހެލިކޮޕްޓަރުތަކާއި އެތަކެތި ބަލަހައްޓާ، ދުއްވަންތިބި މިލިޓަރީ ސިފައިންގެ ސަބަބުން ދިވެހިން މިކަންކަން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. އަދި މިހާރު ޝައްކުތައް އިތުރުވެ، އިންޑިއާގެ އިތުރު ސިފައިން ރާއްޖޭގައި އިތުރަށް ބޭތިއްބުމުގެ އާޕްލޭންތަކެއް އުޅޭކަމުގެ ކަންބޮޑުވުން ދިވެހިންދަނީ ފާޅުކުރަމުންނެވެ.
މިކަންކަން މިހެން ހުރުމުން، ކުރީ ސަރުކާރުގެ މުވައްޒަފަކު ވިދާޅުވީ އިންޑިއާގެ މިލިޓަރީ ސިފައިން ތިބުމުން ދިވެހިން ކަންބޮޑުވާ ކަންބޮޑުވުން ގުޅިފައިވަނީ ދިވެހި ތާރީޚާއެވެ.
1976 ގައި އިނގިރޭސި ސިފައިން ރާއްޖެއިން ފޭބިފަހުން، ދިވެހިރާއްޖޭގެ މުހިއްމު ސަރަހައްދުތަކުގައި ބޭރުގެ އެއްވެސް ގައުމެއްގެ މިލިޓަރީ ބަޔަކު ތިބެފައެއް ނުވެއެވެ. ކަން މިހެން އޮތްއިރު، މިހާރު އިންޑިއާއިން މިދަނީ މިގައުމުގައި ފައި ހަރުކުރަމުންނެވެ.
އިންޑިއާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމާއި ދެކޮޅަށް މިހާރު ހިންގޭ ހަރަކާތްތައް މާލޭގެ މަގުތަކާއި ހަަމައަށް ފޯރުމަކީ މިކަން ބަދަލު ވެގެންދިއުމަށް އެޅޭ ފިޔަވަޅެއްކަން އަދި ފާހަގަނުވި ކަމުގައިވިއަސް، ކޮވިޑުގެ ސަބަބުން ހަލާކުވެފައިވާ އިގުތިސާދު ކޮޅަށް ޖެހުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދުމަށް، ސޯލިހުގެ ސަރުކާރުން ޗައިނާއާއެކު ގުޅުން އިތުރަށް ބަދަހި ކުރުމަށް ސިއްރުން ވާހަކަތަކެއް ދެކެވޭކަމަށް ދަނީ ބެލެވެމުންނެވެ. އެހެންނަމަވެސް، ފެށުނީއްސުރެ އިންޑިއާއަށް އެންމެބޮޑަށް ތާއީދުކުރާ ސޯލިހުގެ ސަރުކާރާއި ޗައިނާއާއި ގުޅުން ރަނގަޅުކުރަން މާލަސްވެސް ވެއްޖެކަމަށް ހީވެއެވެ.
ދިވެހިރާއްޖެއަކީ ވަސީލަތްމަދު ގައުމެއް ނަމަވެސް، ދިވެހިރާއްޖެ މިއޮތީ އިންޑިއާކަނޑުގެ ބާރު އަތުލަން ޗައިނާއާއި އިންޑިއާއިން ކުޅޭ އާގޭމުގެ އެންމެ މުހިއްމު ސަރަހައްދުގައެވެ.
One Response
Biru heevejeyy alhey alhey ajibeh noon tha