ޓިކްޓޮކް ޑައުންލޯޑުކުރުން ޓްރަމްޕް މަނާކޮށްފައިވަނިކޮށް، އެގޮތަށް އަމަލުކުރުން ފަސްކުރުމަށް އެމެރިކާގެ ފަނޑިޔާރަކު އަމުރު ނެރެފި

Loading

Facebook
Twitter
WhatsApp

ޓްރަމްޕުގެ ސަރަުކާރުން މަނާކޮށްފައިވާ ޗައިނާއިން ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ހިއްސާކުރާ އެޕް ޓިކްޓޮކް ގޫގަލްގެ އެޕަލް އިންކް އާއި އަލްފަބެޓު އިންކު އިން ޑައުންލޯޑުކުރުން މަނާކުރުން ވޮޝިންޓަންގެ ފަނޑިޔާރަކު ވަގުތީގޮތުން ހުއްޓުވައިފިއެވެ. އެ އެޕް ޑައުންލޯޑުކުރުން މަނާވާގޮތަށް އޮތީ އާދީއްތަދުވަހުގެ ރޭ  11:59 ން ފެށިގެންނެވެ. (ޖީ އެމް ޓީން ހޯމަދުވަހުގެ 3.59 ން ފެށިގެންނެވެ). 

މިއަމުރު އައީ ހޯމަ ދުވަހު ހެނދުނު ޓިކްޓޮކްގެ ވަކީލުން ހުށަހެޅި ކުއްލި މައްސަލައިގެ އަޑުއެހުމަށްފަހުއެވެ. ޓިކްޓޮކްގެ ވަކީލުން ބުނެފައިވަނީ އެޕް ސްޓޯރުން އެ އެޕް ޑައުންލޯޑުކުރުން މަނާކުރުމުން، ކުންފުނީގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލަހާއި ޚިލާފުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވާނެ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް