ވަކިވެގެން ތިޔަދިޔައީ އެތައް ބަޔަކު ރޮއްވައިފަ!

Loading

Facebook
Twitter
WhatsApp
  އިއްޔެ ހެނދުނު 11 ޖަހާކަށް ހާއިރު ވެސްޓް ޕާކްއާއި ދިމާލުން ބޭރަށް ފީނަން އެރުނު މ.ބޮއިލިން ފިޝް، ޝައްފާން ރަޝީދު މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ޝައްފާންގެ ޚަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރު 4:36 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ 12 މީޓަރު އަޑިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ކޯސްޓް ގާޑުން އޭނާ ނެގިއިރު، މޫދު ތެރޭގައި އޮންނަތާ 4 ވަރަކަށް ގަޑިއިރު ވަނީ ވެފައެވެ.
    ޝައްފާންއަކީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަލަތު ކައިވެނި ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭނާގެ ކައިވެންޏަށް އަދިވީ އެންމެ 16 ވަރަކަށް ދުވަހެވެ. އޭނާގެ އަލަތު އަނބިމީހާއަކީ ވެސް މޫދާ ރައްޓެހި ކަނބަލެކެވެ. ޝައްފާނާއިއެކު އަނބިމީހާވެސް ފީނަން ގޮސް ހަދައެވެ.
    ޝައްފާންއަކީ ރާއްޖޭގައި ފްރީޑައިވް އަދި ސްޕެއަރފިޝިންގ ދާއިރާގެ ފަރާތްތަކަށް އައު މޫނެއް ނޫނެވެ. އޭނާއަކީ ހުސްވަގުތުގައި ވަރަށް ގިނައިން މަސްހިފަން ގޮސް އުޅޭ މީހެކެވެ. އޭނާ މަސްހިފުމުގައި އުޅޭ ވީޑިއޯތަކާއި ފޮޓޯތައް އޭނާގެ އިންސްޓަރގްރާމް އެކައުންޓުގައި ހިއްސާކޮށް ހަދައެވެ. އޭނާއަކީ އަލްކެމީ  ފަދަ ބައިނަލްއަޤުވާމީ ސްޕެއަރފިޝިންގ ބްރޭންޑްތަކުގެ އެމްބެސަޑަރެކެެވެ.
     ޝައްފާންގެ އެންމެ ގާތް އެކުވެރިއަކީ މޫދު ކަމުގައި ވީއިރު، މިދާއިރާގެ ތެރެއިން ގިނަ ރައްޓެހިންތަކެއް އޭނާގެ ތިބެއެވެ. މިއީ އެހުރިހާ ރައްޓެހިންނަށްވެސް ލިބުނު ކުއްލި ޝޮކެކެވެ. ލިބުނު ފުން ހިތާމައެކެެވެ. ރާއްޖޭގެ މުޅި  ސްޕެއަރފިޝިން އާއިލާއަށް ވެސް ލިބުނު މޮޅިވެރިކަމެކެވެ. ވަކިވެގެން އެދިޔައީ ހިތްހެޔޮ އެންމެނާވެސް ގުޅޭ، ހިނިތުންވުމާއި އެކު އަބަދުވެސް ބައްދަލުކުރާ މިތުރެއް ކަމަށް އޭނާގެ ގިނަ އެކުވެރިން ސިފަ ކުރެއެވެ.
     ޝައްފާންގެ ވަކިވެދިއުމަކީ އޭނާގެ އާއިލާއަށްވެސް ލިބޭނެ ހިތާމައެއް ކަން ޔަޤީނެވެ. ފޮނި އުއްމީދުތަކެއް ކުރަމުން ދިޔަ އާއިލާގެ މެންބަރެއް، ކުއްލި ގޮތަކަށް އެހާ ޅައުމުރުގައި ވަކިވުމުން ވާނީވެސް އެހެންތާއެވެ.
     މަޢުލޫމާތު ލިބޭގޮތުގައި އިއްޔެ ޝައްފާން ފީނަން ދިޔައީ އެކަންޏެވެ. މިހާދިސާއާއި ގުޅިގެންވެސް އަދި އޭގެ ކުރިންވެސް މިކަމުގެ މާހިރުން މިކަން މިގޮތަށް ނުކުރުމަށް ވަރަށް ގިނައިން ނަސޭހަތްތެރިވެ ހަދައެވެ. ފްރީޑައިވް މޯލްޑިވްސްގެ އިންސްޓްރަކްޓަރ ފަހުދު ފާއިޒް ވަނީ މިހާދިސާއަށް ފަހު ސޯޝަލް މީޑިޔާގައި ފްރީޑައިވް ކުރާ ފަރާތްތަކަށް ނަސޭހަތެއް ީީފައެވެ. އޭނާ ވަނީ އެއްވެސް މީހަކު އެކެނި ފީނަން ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ. އެއްވެސް ރެކޯޑް ޑެޕްތްއެއް ނުވަތަ މަހެއްވެސް ފުރާނައަށްވުރެން އަގުބޮޑުނުވާނެ ކަމަށް އޭނާވަނީ ސޯޝަލް މީޑިޔާގައި ބުނެފައެވެ. އަދި މިދާއިރާގައި އުޅޭ އެއްވެސް މީހަކު އޭނާގެ ޑައިވް ބަޑީއަކު އެކެނި ފީނަން ދިޔަޔަކު ނުދިނުމަށް އޭނާވަނީ އެދިފައެވެ.
    ޝައްފާން ވަޒީފާއަދާ ކުރަމުން ދިޔައީ އެއަރޕޯޓް ފަޔަރ ފައިޓަރ އެއް ގޮތުގައެވެ. މިދުވަސްވަރު އޭނާއައީ އެސްއެސްއައި ފްރީޑައިވިންގ ލެވެލް2 ގެ ކޯހެއްވެސް ހަދަމުންނެވެ.
     އެކުވެރިންނޭވެ! މިފަދަ ހާދިސާތައް ހުއްޓުވޭނީ އަޅުގަނޑުމެން ކަމުގެ ތަޖުރިބާކާރުންގެ ބަސް އަހައިގެންނެވެ. ނޫންނަމަ މާދަމާ އަނެއްކާވެސް އަގުހުރި ފުރާނައެއް ވަކިވެގެން ދިޔުން އޮތީ ވަރަށް ގާތުގައެވެ. އިތުބާރު ކުރެވޭވަރުގެ މީހަކާ އެކީ ނޫނީ މޫދަށް ނުވަތަ ފީނަން ގޮސް ނުހަދާށެވެ. ގެއްލުނު ފުރާނައެއް އަނބުރާ ނުލިބޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް