ބުރާސްފަތި ދުވަހު ތުރުކީގެ ރައީސް ޠައްޔިބު އުރުދުޣާން ވިދާޅުވެފައިވާ ގޮތުގައި ޖެރުސެލަމް އަކީ ތުރުކީގެ ބައެކެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ފަހުގެ ތާރީހުގައި އެ ސިޓީގެ މައްޗަށް އޮޓޮމަން އެމްޕެޔަރުން އޮންނަ ބާރުގެ މައްޗަށް ރިޔާއަތް ކުރަމުންނެވެ.
“ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އަހަރެމެންގެ ލޮލުން ކަރުނަ އޮހޭ ހާލު، ދޫކޮށް ދިޔަ މިޤައުމަށް އަދިވެސް އޮޓޮމަން އެމްޕެޔަރުގެ ބާރު ބާރުގެ އަސަރުތައް ފެށިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޖެރުސެލަމްއަކީ އަހަރެމެންގެ ފަރާތުން އައި، އަހަރެމެންގެ ސިޓީއެކެވެ.“ އަންކަރާގައި ދިން ތަގެރީރެއްގައި ތެރުކީގެ ޤާނޫނު ހަދާ ފަރާތްތަކަށް އޭނާ ވިދާޅުވެފައިވެއެވެ.

ދާރުއްސަލާމްގައިވާ އަހަރެމެނަގެ ފުރަތަމަ ޤިބްލަ(ނަމާދު ކުރާއިރު ކުރިމަތި ލާ ފަރާތް) އަލްމަސްޖިދެލްއަޤްސާ، އަދި ގުއްބަތު އައްސަހަރާއަކީ އަހަރެމެންގެ ދީން ރަމްޒުކޮށްދޭ މިސްކިތެކެވެ. އޭގެ އިތުރަށް، މި ސިޓީގައި ޔަހޫދީ ދީނާއި ނަސާރާ ދީނުގެ ބިނާތަކެއްވެސް އެބަހުއްޓެވެ.
1516 ވަނަ އަހަރުން ފެށިގެން 1917 ވަނަ އަހަރާ ހަމައައް ޖެރުސެލަމްގައި އޮޓޮމަން އެންމްޕެޔަރުގެ ވެރިކަން އޮތެވެ. އެއަފަހު ވެރިކަމަށޤ އައި އަދުގެ ތުރުކީ ވިލާތުން ދަނީ އެސިޓީގައިވާ މުޤައްދަސް ބިނާތަކާއި އޮޓޮމަން އެމްޕެޔަރުގެ ވެރިކަމާ އޮތްގުޅުމުގެ މައްޗަށް އަލިއަޅުވައި އެކަންކަމާ މެދު މަޝްވަރާ ކުރަމުންނެވެ. އަދިހަމައެހެންމެ ތުރުކީ ވިލާތުން ދަނީ އިސްރާއީލުން އެ ސިޓީ ޔަހޫދީންގެ ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަކާއި 2017 ވަނަ އަހަރުގެ ޑިސެމަބަރު މަހުގައި ޔޫ.އެސް އެޑްމިނިސްޓްރޭޝަނުން އެސިޓީ އަކީ އިސްރާއިލުގެ ވެރިކަން ކުރާ ރަށް ކަމުގައި ނިންމާފައިވާ ނިންމުމާ މުދު ނުރުހުން ފާޅު ކުރަމުންނެވެ.

2 Responses
ތިއައީ ގިނަ އިސްލާމީ ގައުމުތަކުން އެއްވަސްވެވޭނެގޮތެކެވެ. ނަމަވެސް ރައްޔަތުން އަޅުވެތިކޮށްގެން ރަސްކަން ހިންގާ ޢަރަބި ގައުމުތަކުން ތިގޮތައވުމަކަށް ތަނެއްނުދޭނެއެވެ. ބޮޑު ހަނގުރާމައެއް ކޮށްގެން ނަސޯރާއިންނާއި ޔަހޫދީންގެ ފަރާތުން ބާރުވެރިވެ އެމީހުންގެ ހަތިޔާރު ބޭނުންކޮށްގެން މުޅި އިސްލާމީ ދުނިޔެ ފުޑޭވަރުވިޔަސް ތިކަން ތިގޮތަށް ވުމަކަށް އެވެރިން ތަނެއް ނުދޭނެއެވެ. ދެބިލިއަން މުސްލިމުންގެ އާރެއް ބާރެއް މިހާރު ނެތީއެހެންވެގެނެވެ. ބަލަމާ!!ވާނެގޮތެއް.
ޓުރަމްޕުއަށް ފުދުސް އެއީ އިޒުރޭލުގެ ތަނެކޭ ބުނެވެންޏާ ތިގޮތްވެސް މާރަނގަޅެވެ. އެއީ ތިއީ ތާރީޚު ހެކިދޭކަމަކަށް ވާތީއެވެ. އިސްލާމުންނަށް ތުރުކީގެ ވެރިން މިހާރު ހަމަ އެންމެ ރަނގަޅީ.