މެލޭޝިއާގެ އިނދިކޮޅު ލީޑަރު ވިދާޅުވަނީ އިމަޖެންސީ ބާރުތަކެއް ހޯދަން އުޅުމަކީ ސަރުކާރު ފެއިލްވެފައިވާ ކަމުގެ ނިޝާނެއް ކަމަށް،

އިނދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ތުހުމަތު ކުރައްވާ ގޮތުގައި ޕެރިކަޓަން ނޭޝެނަލް ފެޑެރަލް ސަރުކާރަކީ ނާގާބިލު ސަރުކާރެކެވެ. ކޮވިޑު-19 އާއި ކުރިމަތިލުމަށް އިމަޖެންސީ ބާރުތަކެއް ހޯދަން މަސައްކަތް ކުރާކަމަށް ގިނަބަޔަކު ދެކޭކަމަށް އޭނާ ވިދާޅުވިއެވެ. އަންވަރު ވިދާޅުވާ ގޮތުން އޭޝިއާގެ އެހެން ހުރިހާ ގައުމަކުން ބަލަމުންދަނީ މި ބަލިމަޑުކަން މެނޭޖުކޮށް އިގުތިސާދު އަލުން ހުޅުވާލެވޭތޯއެވެ. އެހެންނަމަވެސް މެލޭޝިއާ ދަތުރުކުރަމުންދަނީ އަނެއް މިސްރާބަށެވެ. ”ކުއްލި ނުރައްކަލުގެ ހާލަތު އާންމުކޮށް އިއުލާންކުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ހާލަތްތަކުގައެވެ. އެހެންނަމަވެސް، […]
މެލޭޝިއާގެ ބޮޑުވަޒީރު އިމަޖެންސީ ބާރުތަކެއް ހޯއްދަވަނީ

ކޮވިޑު-19 ގެ ބަލިމަޑުކަން އާދަޔާ ޚިލާފަށް އިތުރު ވަމުން ދިއުމާއި، ސިޔާސީ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތު މެލޭޝިއާގައި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޚަބަރު ލިބެއެވެ. އިނދިކޮޅުން ދަނީ ކޮވިޑު-19 ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުންކުރަން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ. ބޮޑުވަޒީރު ތަން ސްރީ މުހުޔިއްދީން ޔާސީން މިކަމަށް ތާއީދު ހޯދުމުގެ ގޮތުން ހުކުރުދުވަހުގެ ހަވީރު މެލޭޝިއާގެ ރަސްގެ ފާނާއި ބައްދަލުކުރުމަށް ވަފުދެއް ފޮނުއްވާފައިވާ ކަމުގައި ޚަބަރު ލިބެއެވެ. ރަސްގެފާނާއެކު […]
ގަލްފުގެ ގައުމުތަކުން ކޮވިޑު-19 ބޭނުންކުރަނީ ޚިޔާލު ތަފާތުވާ މީހުން ފިއްތާލާ، ބިރުދެއްކުމަށް: ރިޕޯޓު

އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ގަލްފުގެ ވެރިން ކޮވިޑުގެ ބަލާއާފާތުގެ ހާލަތު ބޭނުންކުރަމުންދަނީ އެމީހުންނާއި ޚިޔާލު ތަފާތުވާ މީހުންގެ މައްޗަށް ބާރާއި ނުފޫޒު ހިންގަން ބޭނުންކުރާ އެއްޗެއްގެ ގޮތަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު އާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކޮވިޑު-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކަކީ ސައުދީ އަރަބިއްޔާ އާއި ޔޫ އޭ އީ ފަދަ ޚުދުމުޚުތާރު ވެރިކަމެއްކުރާ ގައުމުތަކުގެ ރައްޔިތުންގެ އަޑުކަނޑުވާލައި، އެމީހުންގެ މައްޗަށް […]
ކޮވިޑު 19 އަށް ޖޯންސަން އެންޑް ޖޯންސަންއިން ތައްޔާރުކުރި ވެކްސިން ދިން ވޮލަންޓިއަރަކު ބަލިވުމުން ވެކްސިންގެ އަޖުމަބެލުން މަޑުޖައްސާލައިފި

ކޮވިޑު 19 އަށް ތައްޔާރުކުރި ވެކްސިން ދިން ވޮލަންޓިއަރަކު ބުނެދޭން ނޭނގޭ ކަހަލަގޮތަކަށް ބަލިވުމުން ޖޯންސަން އެންޑް ޖޯންސަންއިން ވެކްސިންގެ އަޖުމަބެލުން މަޑުޖައްސާލައިފިއެވެ. މިގޮތުން އެމެރިކާގައި އަޖުމަބެލުމުގެ ގޮތުން ކުރިއަށް ގެންދާ ހަތަރު ވެކްސިންގެ ތެރެއިން ދެވެކްސިންގ ެއަޖުމަ ބެލުންވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. މިގޮތުން ތިންވަނަ ފޭހުގެ އަޖުމަ ބެލުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމުގައި އެކުންފުނިން ބުނެއެވެ. ވެކްސިން ދިން މީހުން ބަލިވީ ވެކެސިންގެ ސަބަބުން ކަމެއް ޔަގީން ނުވި ނަމަވެސް، މިފަދަ ކަންކަމުގައި އޮންނަ […]
އަދަބެއްގެ ގޮތުން ފަލަސްތީނުގެ ގެއެއްގެ ކޮޓަރިއަކަށް އިޒުރޭރުގެ ސިފައިން ކޮންކުރީޓު އޮއްސަނީ

އިޒުރޭލުގެ ދިފާޢީ ބާރުތަކުން ފަލަސްތީނުގެ ގެއެއް ތަޅާ ސުންނާފަތި ކުރަން ކުރި މަސައްކަތް ހުއްޓުވުމުން، އެކަމުގެ ބަދަލުގައި އެކަން ހުއްޓުވި މީހާގެ ކޮޓަރިއަށް ސިމެންތި އޮއްސަން މަސައްކަތް ފަށައިފިއެވެ. އަވައްޓެރި އަރަބިންގެ މައްޗަށް އިޒުރޭލުން ބާރު ފޯރުވަމުންދާތާ އެތައް ދަހަރެއްވަނީ ފާއިތުވެފައެވެ. ޔަހޫދީ ދައުލަތަކީ ގާނޫނުތަކާއި އެއްގަޮތަށް ހިންގާ ޑިމޮކްރަސީއެކޭ ބުނެ އިޒުރޭލުގެ ލީޑަރުން ފޮނި ކަނޑައެވެ. އެކަމަކު ފެނިގެންދަނީ ބަލިކަށި މީހާގެ މައްޗަށް ގަދަކަމުން ބާރު ފޯރުވާގޮތަށް ގާނޫނު ހިންގާތަނެވެ. އިޒުރޭލުން ހިފާފައިވާ ސަރަޖހައްދުތަކުގައި އުޅޭ […]
އާމީނިއާއިން ހިފާފައިވާ އިތުރު 13 އަވަށް އާޒަރުބައިޖާނުން މިނިވަންކޮށްފި

އާޒަރުބައިޖާނުގެ ޖަބްރަޔިލް ސަރަހައްދުގައިވާ އަވަށްތަކުގެ ތެރެއިން އާމީނިއާއިން ހިފާފައިވާ އިތުރު 13 އަވަށް އާޒަރުބައިޖާނުން މިނިވަންކޮށްފިއެވެ. މިކަން އިއުލާންކުރީ ހޯމަ ދުވަހު ރައީސް އިލްހާމް އަލިޔޭވް ކުރެއްވި ތްވީޓެއްގައެވެ. އެ ޓްވީޓުގައި އޮކްޓޯބަރ 18 ގައި އެކުލަވާލެވުނު ވަގުތީ އެއްބަސްވުމާއި އަރުމީނިއާއަިން ޚިލާފުވެ، އާޒަރުބައިޖާންގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބަރުހަތިޔާރުން ހަމަލާ ދީފައިވާކަމުގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ބާއްވަމުންދާތީ ތައިލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ބާއްވަމުންދާތީ, ތައިލޭންޑުގެ ބޮޑުވަޒީރުވަނީ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ތައިލޭންޑުގައި އިއުލާންކޮށްފިއެވެ. މުޒާހިރާގެ ބައިވެރިން ދަނީ ބޮޑު ވަޒީރުެގ އިސްތިޣުފާއަށް ގޮވާލައި، ގައުމުގައި އޮތް ރަސްކަން ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގޮވާލަމުންނެވެ. ބޮޑުވަޒީރު އިސްޣުފާ ނުދެނީސް މުޒާހިރާ ހުއްޓާނުލާނެކަމަށްބުނެ، އެތައް ހާސް ބަޔަކު ބޭންކޮކްގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވެ މުޒާހިރާކުރަމުން ދަނިކޮށް، ބުދަ ދުވަހު ބޮޑުވަޒީރު ޕްރަޔޫތު ޗަން-އޮޗާ ވަނީ ކުއްލި ނުރައްކަލުގެ […]
ދުނިޔޭގެ މީހުން ކަޝްމީރު ބަލަނީ ކަނު ލޮލަކުން.

ކަޝްމީރުގައި ”ޕެލެޓު ގަން“ ނުވަތަ ”ޕެލެޓު ބަޑި“ ބޭނުންކުރުމަކީ ގާނޫނީގޮތުން ހަނގުރާމައިގެ ޖަރީމާއެކެވެ. އެހެންނަމަވެސް، އަމާން އޮމާންކަމާއެކު ސްރީނަގަރުގައި ކުރިއަށް ގެންދިޔަ ދީނީ ހަރަކާތަކަށް އަމާޒުކޮށް 28 އޮގަސްޓު 2020 ގައި އިންޑިއާ ސިފައިން ”ޕެލެޓު ބަޑި“ ބޭނުންކުރިއެވެ. 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެ އެތައް ބަޔެއްގެ ލޯ ކަނު ވިއެވެ. އަބަދުވެސް ކަންތައްކުރާހެން ޕާކިސްތާނުން މިކަމާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލިއެވެ. އިންޑިއާއިން އަބަދުވެސް ކަންތައްކުރާހެން، ޓްވިޓަރގައި އެމީހުންގެ ކާމިޔާބީ ފާހަގަކޮށް ނުލަފާކަން […]
”ބޮޑު ގެއްލުމެއް“ ލިބޭނެ ކަމަށް ބެލެވޭ ވަޒީފާއާއިބެހޭ އާގާނޫނާއި ދެކޮޅަށް އިންޑޮނޭޝިއާގައި މުޒާހިރާކުރި އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށްފި.

ޚިޔާލު ތަފާތުވެފައިވާ އާ ގާނޫނާއި ދެކޮޅަށް އިންޑޮނޭޝިއާގެ ކަންކޮޅުތަކުގައި މުޒާހިރާ ކުރަމުންދާ އެތައް ހާސްބަޔެއްގެ ތެރެއިން ޖަކާޓާގައި މުޒާހިރާ ކުރަމުންދިޔަ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފިއެވެ. އާ ގާނޫނާއި ދެކޮޅަށް މުޒާހިރާ ކުރާތާ ތިން ދުވަސް ވެއްޖެއެވެ. އާ ގާނޫނަށް ފާޑުކިޔާ މީހުން ބުނާގޮތުގައި އެ ގާނޫނުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުތަކަށާއި ތިމާވެއްޓަށް ގެއްލުންވާނެއެވެ. މަސައްކަތްތެރިންނާއި ދަރިވަރުން މަޖްލިސް އާއި ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި މުޒާހިރާ ކުރުން ހުއްޓުވުމަށް ބުރާސްފަތި ދުވަހު އެތައްހާސް ސިފައިންވަނީ މަގުމައްޗަށް ނެރެފައެވެ.
ކިރިގިސްތާނުގެ މަޖިލީހުން އާ ބޮޑުވަޒީރަކަށް ޒަޕަރޯވު އައްޔަންކޮށްފި

ކިރިގިސްތާނުގެ މަޖިލީހުންއާ ބޮޑުވަޒީރަކަށް ސަދީރު ޒަޕަރޯވު އައްޔަންކޮށްފިއެވެ. 6 އޮކްޓޯބަރުން ފެށިގެން މެދު އެތެރޭ އޭޝިއާގައި އޮތް މިގައުމުގައި ހިނގަމުންއައި ހަމަނުޖެހުންތަކުގެ ސަބަބުން، ވެރިއަކު ނެތި ދިޔަ ދުވަސްތައް މިގޮތުންވަނީ ނިމުމެއް ގެނެސްފައެވެ. ޒަޕަރޯވު ނިސްބަތްވާ ޕާޓީ، އަޓާޒާޓުން މަޖިލިސްއަށް އަންގާފައިވަނީ މިހާރު އޮތް ކެބިނެޓަށް ބަދަލު ނުގެންނާނެ ކަމަށެވެ. . ސަރުކާރުގެ އޮފިޝަލަކު ވަގަށްނެގި ކަމުގެ ކުށުގައި 2013 ވަނަ އަހަރު ދިގުމުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، 51 އަހަރުގެ ޒަޕަރޯވު […]