ކޮވިޑު 19 އަށް ޖޯންސަން އެންޑް ޖޯންސަންއިން ތައްޔާރުކުރި ވެކްސިން ދިން ވޮލަންޓިއަރަކު ބަލިވުމުން ވެކްސިންގެ އަޖުމަބެލުން މަޑުޖައްސާލައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑު 19 އަށް ތައްޔާރުކުރި ވެކްސިން ދިން ވޮލަންޓިއަރަކު ބުނެދޭން ނޭނގޭ ކަހަލަގޮތަކަށް ބަލިވުމުން ޖޯންސަން އެންޑް ޖޯންސަންއިން ވެކްސިންގެ އަޖުމަބެލުން މަޑުޖައްސާލައިފިއެވެ. މިގޮތުން އެމެރިކާގައި އަޖުމަބެލުމުގެ ގޮތުން ކުރިއަށް ގެންދާ ހަތަރު ވެކްސިންގެ ތެރެއިން ދެވެކްސިންގ ެއަޖުމަ ބެލުންވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. 

މިގޮތުން ތިންވަނަ ފޭހުގެ އަޖުމަ ބެލުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމުގައި އެކުންފުނިން ބުނެއެވެ. ވެކްސިން ދިން މީހުން ބަލިވީ ވެކެސިންގެ ސަބަބުން ކަމެއް ޔަގީން ނުވި ނަމަވެސް، މިފަދަ ކަންކަމުގައި އޮންނަ އުސޫލަކީ އެކަމެއް ތަހުގީގުކޮށް ނިމެންދެން ވެކްސިންގެ އަޖުމަ ބެލުން ހުއްޓާލުން ކަމުގައި އެ ކުންފުނިން ބުނެފައި ވެއެވެ. 

ޖޯންސަން އެންޑް ޖޯންސަންގެ JNJ-78436735 ވެކްސިން އަކީ އެމެރިކާގައި އަޖުމަ ބަލަމުންދާ ކޮވިޑު-19 ގެ މައިގަނޑު ހަތަރު ވެކްސިންގެ ތެރެއިން އެންމެ ފަހު މަރުހަލާގައި އުޅޭ ވެކްސިނެކެވެ. އެސްޓްރާޒެނަކާ އިން ކުރިއަށް ގެންދާ އެހެން ވެކްސިނެއްގެ އަޖުމަ ބެލުންވެސް ސެޕްޓެންބަރު 8 ގައިވަނީ މަޑު ޖައްސާލާފައެވެ.  އެއީ އެ ވެކްސިންދިން ދެ މީހަކަށް ނާރުގެ މައްސަލަތަކެއް ދިމާވުމުންނެވެ. 

އާއްމުކޮށް ވެކްސިން އަކީ ރައްކާތެރި އެއްޗެއް ކަމަށް ކަނޑައަޅަން ނަގާ ދިހައަހަރުގެ ދިގު މުއްދަތުގެ އަޖުމަ ބެލުމެއްނެތި، ދުނިޔޭގެ ގައުމުތަކުން، އެގައުމުގެ މީހުންނަށް ވެކްސިން ޖެހުމަށް މަޖުބޫރު ކޮށްފާނެތީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައްޔިތުންނަށް ވެކްސިން ހުޅުވާލުމުގެ ކުރިން ވެކްސިންގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތައް ދެނެގަތުމަށް އާންމުގޮތެއްގައި ދިހަވަރަކަށް އަހަރުގެ ދިގު މުއްދަތެއްގައި އެ ވެކްސިނެއްގެ އަޖުމަ ބަލައެވެ. 

ބޭސް ބޭނުންކުރާ މީހުންގެ ސިއްހަތަށްވުރެ ފައިދާއަށް އިސްކަންދޭ  ބޭސްހަދާ ކުންފުނިތައް ކުރިންވަނީ އަތުލަިއގަން އަދަބު ދީފައެވެ. މިފަދަ ގިނަ ގައުމުތަކުގައި ވިޔަފާރި ހިންގާ ބޮޑެތި ކުންފުނިތަކުންދަނީ، އެ ކުންފުނި ތަކުން އުފައްދާ ބޭސް ބޭނުންކުރުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާފަދަ ބަލިތައް ތަހައްމަލްކުރަންޖެހިދާނެފަދަ އުފެއްދުންތައް މިހާރުވެސް ވިއްކަމުންނެވެ. 

ޖޯންސަން އެންޑް ޖޯންސަންއިން ތައްޔާރުކުރާ މޫނުގައިޖަހާ ފުށް “ ޓެލްކް ޕައިޑަރ“ ގައި 1970ން ފެށިގެން، ވިހަ މާއްދާއެއް ކަމަށްވާ ”އެސްބެސްޓޮސް“  ހިމެނިފައިވާކަން ހެއްކާއެކު ޔަގީންކޮށްދިން 22 އަންހެނަކަށް، އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 4.7 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޯޓަކުން 2018 ވަނަ އަހަރު  ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ މައްޗަށް އަމުރެއް ނެރުނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް