ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ބާއްވަމުންދާތީ ތައިލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp

ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހިރާތައް ބާއްވަމުންދާތީ, ތައިލޭންޑުގެ ބޮޑުވަޒީރުވަނީ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ތައިލޭންޑުގައި އިއުލާންކޮށްފިއެވެ. މުޒާހިރާގެ ބައިވެރިން ދަނީ ބޮޑު ވަޒީރުެގ އިސްތިޣުފާއަށް ގޮވާލައި، ގައުމުގައި އޮތް ރަސްކަން ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގޮވާލަމުންނެވެ.

ބޮޑުވަޒީރު އިސްޣުފާ ނުދެނީސް މުޒާހިރާ ހުއްޓާނުލާނެކަމަށްބުނެ، އެތައް ހާސް ބަޔަކު ބޭންކޮކްގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވެ މުޒާހިރާކުރަމުން ދަނިކޮށް، ބުދަ ދުވަހު ބޮޑުވަޒީރު ޕްރަޔޫތު ޗަން-އޮޗާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ބަޔާނުގައި ސޮއިކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ފުލުހުންވަނީ މުޒާހިރާ ކުރާމީހުން އެސަރަހައްދުން ފޮނުވާލާފައެވެ. އަދި ދިއުމަށް ދެކޮޅުހެދި 20 މީހަކުވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި މުޒާހިރާގައި އިސްކޮށް ހަރަކާތްތެރިވާ ލީޑަރު އާނޮން ނަމްފާ އާއި ޕެރިޓު ”ޕެންގުއިން“ ޗިވަރަކް ހިމެނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް