ގަލްފުގެ ގައުމުތަކުން ކޮވިޑު-19 ބޭނުންކުރަނީ ޚިޔާލު ތަފާތުވާ މީހުން ފިއްތާލާ، ބިރުދެއްކުމަށް: ރިޕޯޓު

11

އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ގަލްފުގެ ވެރިން ކޮވިޑުގެ ބަލާއާފާތުގެ ހާލަތު ބޭނުންކުރަމުންދަނީ އެމީހުންނާއި ޚިޔާލު ތަފާތުވާ މީހުންގެ މައްޗަށް ބާރާއި ނުފޫޒު ހިންގަން ބޭނުންކުރާ އެއްޗެއްގެ ގޮތަށެވެ. 

އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު އާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކޮވިޑު-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކަކީ ސައުދީ އަރަބިއްޔާ އާއި ޔޫ އޭ އީ ފަދަ ޚުދުމުޚުތާރު ވެރިކަމެއްކުރާ ގައުމުތަކުގެ ރައްޔިތުންގެ އަޑުކަނޑުވާލައި، އެމީހުންގެ މައްޗަށް ބާރާއި ނުފޫޒު އިތުރުކުރަން ލިބިފައިވާ ފުރުސަތެކެވެ.  

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައިވާ ގޮތުން، މިދެންނެވި ގައުމުތަކުގެ ރައްޔިތުންނާއިމެދު އަމަލުކުރަމުންދާގޮތް ދިފާޢު ކުރަމުން، މިގައުމުތަކުން ބުނެފައިވަނީ، އެގައުމުތަކުން އެފަދަ ފިޔަވަޅު އަޅަނީ، ސިއްހީ ނުރައްކަލުން އެގައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމަށެވެ. 

” ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުން ވަނީ ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެފިޔަވަޅުތަކުގެ މުހިއްމުކަން ބުނެދިނުމަށް ނުކުޅެދިފައެވެ.  ކޮވިޑުގެ ބަލާއާފާތުގެ ވާހަކަ އޮންލައިނުކޮށް ދެއްކުމުން އެމީހުންނާއި ދިމާކޮށް ބިރު ދައްކަމުންދޭ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސީދާ ޚިލާފުވުން” ރިޕޯޓުގައިވާ ހޯދުންތަކަށް  އަލި އަޅުވާލަމުން، އިރުމަތީ އެފްރިކާއާއި މެދު އިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ، ލީން މާލޫފް ވިދާޅުވިއެވެ. 

މި ތަފްސީލީ ރިޕޯޓުގައި ބުނެފައިވާގޮތުން، ކޮވިޑު-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ވާހަކަ ދައްކާ މީހުންނާއި ސުވާލުކޮށް، އެމީހުން ހައްޔަރުކޮށް ޖަލަށްލުމުން ވާ ފައިދާއެއް މިފަދަ ކަންތައްކުރާ ގަލްފުގެ ގައުމުތަކަށް އޮތްކަމަކަށް ނުފެނެއެވެ. 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ