ކަޝްމީރުގައި “ޕެލެޓު ގަން” ނުވަތަ “ޕެލެޓު ބަޑި” ބޭނުންކުރުމަކީ ގާނޫނީގޮތުން ހަނގުރާމައިގެ ޖަރީމާއެކެވެ. އެހެންނަމަވެސް، އަމާން އޮމާންކަމާއެކު ސްރީނަގަރުގައި ކުރިއަށް ގެންދިޔަ ދީނީ ހަރަކާތަކަށް އަމާޒުކޮށް 28 އޮގަސްޓު 2020 ގައި އިންޑިއާ ސިފައިން “ޕެލެޓު ބަޑި” ބޭނުންކުރިއެވެ. 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެ އެތައް ބަޔެއްގެ ލޯ ކަނު ވިއެވެ. އަބަދުވެސް ކަންތައްކުރާހެން ޕާކިސްތާނުން މިކަމާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލިއެވެ. އިންޑިއާއިން އަބަދުވެސް ކަންތައްކުރާހެން، ޓްވިޓަރގައި އެމީހުންގެ ކާމިޔާބީ ފާހަގަކޮށް ނުލަފާކަން އިސްކުރިއެވެ. “ބަޑީގެ ވަޒަން އަރަން ބޭނުން ނޫންނަމަ، މަގުތަކަށް ނުނުކުމެތިބޭ” އިންޑިއާއިން ބުނެފައިވެއެވެ. އަބަދުވެސް ކަންތައްކުރާހެން، މިކަންކަންކަމަށް އެއްވެސް އެއްޗެއްނުބުނެ، ދުނިޔެ އޮތީ ހިމޭނުންނެވެ. އެކަމަކު މިއީ ދުނިޔޭހެ ގައުމުތަކުން އަބަދު ކަންކުރާ ގޮތެއް ނޫނެވެ.

އިންޑިއާއިން “ޕެލެޓު ބަޑި” ކަޝްމީރުގެ މީހުންނާއި ދެކޮޅަށް ފުރަތަމަ ބޭނުންކުރީ 2010 ވަނަ އަހަރެވެ. އެކަމަކު މިކަން ދުނިޔޭގެ ސަމާލުކަމަށް އައީ ބުރުހާން ވާނީ މަރުވުމާއިގުޅިގެން 2016 ވަނަ އަހަރު އެތައްހާސް ބަޔަކު މުޒާހިރާ ކުރަމުންދަނިކޮށް، އެމީހުންނަށް އަމާޒުކޮށް “ޕެލެޓު ބަޑި” ޖެހުމުގެ ސަބަބުން އެތައް ހާސް ބަޔަކު ޒަޚަމްވެ، އެތައް ސަތޭކަ ބަޔަކު ލޯފަންވެ، 70 އަށްވުރެ ގިނަ މީހުން މަރުމާއި ގުޅިގެންނެވެ.
މިސާލަކަށް، ކަޝްމީރު ދައްކުވައިދިނީ ” ދުނިޔޭގެ އެންމެގިނަ މީހުން އެއްފަހަރާ ލޯފަންވުން” ތޯ ސުވާލުކޮށް ގާޑިއަން ނޫހުގައި ވާހަކައެއް ލިޔެ ޝާއިއުކުރިއެވެ. މަޝްހޫރު އެތައް ބައެއްގެ ހަލާކުވެ ސިފަ ގެއްލިފައިވާ މޫނުތަކުގެ ފޮޓޯ ޢާންމުވުމުން އިންޑިއާމީހުންގެ ހިތްތައްވެސް ގުޑިއެވެ.
މިކަމާއިގުޅިގެން ބައިނަލް އަގުވާމީ މުޖުތަމަޢުން އިންޑިއާގެ މިއަމަލު ކުއްވެރި ކުރުމުގެ ސަބަބުން “ޕެލެޓު ބަޑި” ބޭނުންކުރުން މަދު ކުރިނަމަވެސް ހުއްޓާލާފައި ނުވެއެވެ. 2019 އޮގަސްޓު މަހު، އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމާއިގުޅިގެން މުޒާހިރާތައް ފެށުމުން، މުޒާހިރާކުރި މީހުން ދުރުކުރީ ބަޑިޖަހައިގެންނެވެ. އޭގެ ފަހުން ބަޑިޖެހުން މަދުވެގެން ދިޔައެވެ. އެއީ ކަޝްމީރު އެއްކޮށް ބަންދުކޮށް މީހުން ގެއިން ބޭރަށް ނުކުތުން މަނާކުރުމުންނެވެ. އެހެންނަމަވެސް ފަހުގެ ހާދިސާތަކުން ފެނިގެންދަނީ އިންޑިއާއިން “ޕެލެޓު ބަޑި” ބޭނުންކުރުން ހުއްޓާނުލާ ކަމެވެ. މި ހަތިޔާރަކީ ކަޝްމީރުގެ މީހުންނާއި ދެކޮޅަށް އިންޑިއާއިން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައިވަނީ ފާހަގަކުރެވިފައެވެ.
ކަޝްމީރުގެ މީހުންނަކީ އިންސާފު ނުލިބުމުގެ ހަމައެކަނި ނިޝާނެއްނޫނެވެ. ހަމައެހެންމެ، އެމީހުންނަކީ ހަގީގީ ވޭނެއްގައި، ހަގީގީ ދިރިއުޅުމެއް އުޅެންޖެހިފައިވާ، ހަގީގީ ބަޔެކެވެ. ބައިނަލް އަގުވާމީ ގާނޫނުތަކުން އެމީހުންނަށްވެސް ހައްގުތަކެއް ވެއެވެ. އެކަމަކު މި ހައްގުތައް އެމީހުންގެ ކިބައިންވަނީ އަބަދުވެސް ނިގުޅައިގެންފައެވެ.
Indian army chief shows criminal leadership, backing as "innovative" troops' use of Kashmir man as a human shield. https://t.co/majte50Fis pic.twitter.com/cHq5D2tAdD
— Kenneth Roth (@KenRoth) May 29, 2017