"ބޮޑު ގެއްލުމެއް" ލިބޭނެ ކަމަށް ބެލެވޭ ވަޒީފާއާއިބެހޭ އާގާނޫނާއި ދެކޮޅަށް އިންޑޮނޭޝިއާގައި މުޒާހިރާކުރި އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށްފި.

Loading

Facebook
Twitter
WhatsApp

ޚިޔާލު ތަފާތުވެފައިވާ އާ ގާނޫނާއި ދެކޮޅަށް އިންޑޮނޭޝިއާގެ ކަންކޮޅުތަކުގައި މުޒާހިރާ ކުރަމުންދާ އެތައް ހާސްބަޔެއްގެ ތެރެއިން ޖަކާޓާގައި މުޒާހިރާ ކުރަމުންދިޔަ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފިއެވެ. އާ ގާނޫނާއި ދެކޮޅަށް މުޒާހިރާ ކުރާތާ ތިން ދުވަސް ވެއްޖެއެވެ. އާ ގާނޫނަށް ފާޑުކިޔާ މީހުން ބުނާގޮތުގައި އެ ގާނޫނުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުތަކަށާއި ތިމާވެއްޓަށް ގެއްލުންވާނެއެވެ. 

މަސައްކަތްތެރިންނާއި ދަރިވަރުން މަޖްލިސް އާއި ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި މުޒާހިރާ ކުރުން ހުއްޓުވުމަށް ބުރާސްފަތި ދުވަހު އެތައްހާސް ސިފައިންވަނީ މަގުމައްޗަށް ނެރެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް