ތުރުކީން ލީބިޔާގެ ކަނޑުގެ ސިފައިންނަށް ފެނުއަޑީގައި ހަނގުރާމަކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީންތަކެއް ދީފި

ތުރުކީގެ ސިފައިން ލީބިޔާގެ ކަނޑުގެ ސިފައިންނަށް ފެނުއަޑީގައި ހަނގުރާމަކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް  ފަސް ހަފްތާގެ ތަމްރީން ޕްރޮގްރާމެއް  ހިންގައިފިކަމަށް ތުރުކީގެ ދިފާޢީ ވުޒާރާއިން ޚަބަރު ދީފިއެވެ.  މި ހަރަކާތަކީ ތުރުކީއާއި ލީބިޔާއާއި ދެގައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގުނު ހަރަކާތެއްކަމަށް އޮފިޝަލުން ވިދާޅުވިއެވެ.   ތުރުކީގެ ދިފާޢީ ވުޒާރާއިން ނެރުނު ސްޓޭޓްމަންޓެއްގައި ވިދާޅޫވެފައިވަނީ ތުރުކީއާއި ލީބިޔާއާއި ގުޅިގެން ހިންގި ތަމްރީންތަކަކީ މިލިޓަރީ ތަމްރީނާއި, ދެގައުމުގެ އެއްބާރުލުމާއި ކޮންސަލްޓެްންސީ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.  މީގެ […]

ނިރުބަވެރިން ހޯދުމުގެ އޮޕްރޭޝަންތަކުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ކުރިމަތިވާ މައްސަލަތައް: އޮސްޓްރިއާ

ނިރުބަވެރިން ހޯދުމުގެނަމުގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު 12 އަހަރުގެ މުސްތަފާއަށް ނިދުމަށް އުދަގޫވާތީ  މިހާރުދަނީ ފަރުވާކުރަމުންނެވެ.  ނޮވެންބަރު 9ވަނަ ދުވަހު ވިއެނާ ފުލުހުން ހިންގި ”އޮޕަރޭޝަން ލަކްސް“ ކިޔާ ހަރަކާތެއްގައި 60 ގެއެއް ބަލައި ފާސްކޮށް 30 އަށްވުރެ ގިނަ މުސްލިމު އެކްޓިވިސްޓުންނާއި އިލްމުވެރިން ހައްޔަރު ކުރިއެވެ. އެމީހުންނަށް ތުހުމަތު ކުރަނީ ނިރުބަވެރި ޖަމާއަތްތައް ހިންގުމާއި, ނިރުބަވެރިންނަށް މާލީ އެހީ ދިނުމާއި, ރާވައިގެން ޖަރީމާ ހިންގުމާއި, […]

ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް 6 އަހަރާ ގާތްކުރާ މުއްދަތަކަށް ޖަލަށްލައިފި

އިދިކޮޅު ގްރޫޕަކުން ހާމަކުރިގޮތުގައި, ހޯމަދުވަހު ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް ކަމަށްވާ ލުޖައިން އަލްހަތުލޫލް 5 އަހަރާއި 8 މަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.  2018 ވަނަ އަހަރު މޭމަހު އަލް ހަތުލޫލްއާއި އިތުރު އަންހެން އެކްޓިވިސްޓުންތަކެއް ހައްޔަރުކުރީ, ރަސްކަމުގެ ކަންކަމަށް ގެއްލުންދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ.  ސައޫދީ މީޑިއާއިން ހާމަކުރިގޮތުގައި އަންހެން އެކްޓިވިސްޓުންނަށް ދައުވާކުރީ ސަޢޫދީގެ ސިޔާސީ ނިޒާމް ބަދަލުކުރަން އުޅުމުގެ ކުށަށާއި ގައުމީ ސަލާމަތަށް ނުރައްކާކުރި ކުށަށެވެ.  ސައުދީ ސަރުކާރުން, ގައުމު ތަރައްގީކޮށް, ހުޅަގުގެ […]

އެމެރިކާގެ ޑިމޮކްރަޓުން އެދެނީ އަޅުގަނޑުމެން މިތަނުން ދާން، އެކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: އެމެރިކާގެ ސަރުކާރުގެ ޚަބަރު ފަތުރާ މީޑިއާތައް.

ޑޮނަލްޑު ޓްރަމްޕުގެ ސަރުކާރު ޖަވާބުދާރީކޮށް ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުވުމަށް ވޭތުވެދިޔަ އަހަރު ތަކުގައި ހުއްޓާނުލައި ކުރަމުންދިޔަ މަސައްކަތްތައް ހަމަ އެގޮތަށްކުރަން، ޑިމޮކްރަޓިކް ޕާޓީން އުފައްދާ ސަރުކާރެއްގެ ކޮރަޕްޝަން ހުއްޓުވަންވެސް ތިބީ ތައްޔާރަށްކަން އިންޓަރސެޕްޓު ނޫހުން، އެ ނޫހުގެ ކިޔުންތެރިންނަށް ޔަގީންކޮށްދީފިއެވެ. ”އަޅުގަނޑުމެންފަދަ ޚަބަރުފަތުރާ ތަނަކަށް, ޑިމޮކްރަޓިކް ޕާޓީގެ ރައީސްގެ ފަރާތުން ފެނިދާނެ މައްސަލައަކީ މިއީ,.. އޮބާމާގެ ސަރުކާރުން, ސަރުކާރުގެ ފައިލުތައް ސެންސަރުކުރި, ސަރުކާރުގެ މުހިއްމު ގިނަ ރިކޯޑުތަކެއް ބެލުނަނުދީ ނޫސްވެރިންނަށް ހުރަސްއެޅި, އަދި ކަންކަން […]

ދެހަފްތާތެރޭ ރާއްޖެއިން ޗައިނާއަށް 15 މިލިއަން ދައްކަންޖެހޭކަމަށް ރައީސް ނަޝީދު ބުނިބުނުން ޗައިނާ ސަފީރު ދޮގުކޮށްފި

       ރާއްޖޭގެ ސަރުކާރުން ޗައިނާއަށް ކުރިޔަށް އޮތް ދެހަފްތާތެރޭ 15މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާ ސަފީރު ދޮގުކޮށްފިއެވެ.        ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި 15 މިލިއަން ޑޮލަރު ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން ދައްކަން ޖެހެއެވެ. އަދި މިއީ ދެހަފްތާއިން ސަރުކާރަށް ލިބޭ އާމްދަނީގެ 50% ކަމަށް ވެސް […]

ދަތި އުދަނގޫ ހާލަތް ތަކުގައި ވެސް އުފާވެރިކަން ހޯދޭނެ ސިއްރުތަކެއް ކަމުގެ މާހިރުން ހާމަ ކޮށްފި

ބައެއް ފަހަރު ދަތި އުދަނގޫ ހާލަތްތަކުގައި އިހުސާސް ކުރެވޭ ހާސް ކަމާ ނުތަނަވަސް ކަން ކިތަަންމެ ބޮޑުވި ކަމުގައި ވިޔަސް، އެ އިހުސަސްތަކުން އަރައިގަނެ އުފާވެރިކަން ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަހަރެމެން  އުފާވެރިކަމުގެ 3 މާހިރުންނާ ވަހަކަ ދެއްކީމެވެ. އޭގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ އުއްމީދު ކުޑަ ވާ ވަގުތު ތަކުގައި ވެސް ހިތްހަމަ ޖެހުން ލިބިގަންނާނެ ގޮތުގެ އިރުޝާދު ދިނެވެ. ”ހެޕިފައި ހެލްތް“ ނަމަކަށް ކިޔާ ކުންފުނިއެއްގެ އިސް ސައިންޓިސްޓު، ޑރ އަކޭޝާ […]

އިގްތިސާދީ ކާރިސާގެ ވަގުތުގައި ރާއްޖެއިން ބޭރަށް ކުރާ އަގުބޮޑު ދަތުރުތަކަކީ ފައިދާހުރި ދަތުރުތަކެއްތޯ؟

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ފޮރިން  މިނިސްޓަރުންގެ ކައުންސިލްގެ 47 ވަނަ ސެޝަންގެ ހަވާސާގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގިނަ ގައުމުތަކެއްގެ ފޮރިން މިނިސްޓަރުންނާއި ބައްދަލު ކުރެއްވިއެވެ.  ވަރަށްގިނަ ސަރުކާރުތަކުން ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް، އިސްލާމީ ދުނިޔޭގައި އޯ.އައި.ސީ މަޝްހޫރުވެފައިވަނީ މުސްލިމުން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައެވެ. އެ ޖަމްޢިއްޔާ އުފައްދާފައިވަނީ އިސްލާމީ ދުނިޔެ ހުވަފެންދެކިދެކި ތިބޭގޮތަށް ފަރުމާކޮށްގެންނެވެ. މިކަން މިހެން އޮތްއިރު ހަގީގަތަކީ ދުނިޔޭގެ ހުރިހާ ދިމާއަކުންވެސްފެންނަނީ  […]

ޖޯ ބައިޑަން ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓަކަށް ވީ ކީއްވެ؟

ޓްރަމްޕަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނުއިރު، ޓްރަމްޕަކީ އަޅުގަނޑުމެން  މިކިޔާ ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓެއް ނޫނެވެ. އަދި  ސިޔާސީ ބޭފުޅެއްވެސް ނޫނެވެ. ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓަކީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ސިޔާސީ މަގާމުތަކުގެ ތަޖުރިބާ ލިބިފައިވާ، ވޯޓުލާންތިބި މީހުންނާއި ރަނގަޅަށް  މުޢާމަލާތުކޮށް ހެޔޮގޮތް ވިސްނައިދިނުމުގެ ގާބިލުކަން ހުންނަ ސިޔާސީ ބޭފުޅުންނެވެ. އެހެންނަމަވެސް، އެބޭފުޅަކު ބާރުލިބިދޭ މަގާމަކަށް ވަޑައިގެންނެވުމުން، އެބޭފުޅަކު މަސައްކަތް ކުރައްވަނީ ބޮޑެތި ކުންފުނިތަކާއި، ބޭރުގެ މިލިޓަރީ ބާރުތަކުގެ އެދުންތަކާއި އެއްގޮތަށެވެ. ނުވަތަ  އެބޭފުޅުން […]

ސަޢޫދީ ވަލީ އަހުދާއި ނަތަންޔާހޫއާއި ބައްދަލު ކުރެއްވިބާ؟

އިޒުރޭލުގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި ސަޢޫދީ ވަލީ އަހުދު މުޙައްމަދު ބިްނ ސަލްމާނާއި ނަތަންޔާހޫއާއި ސިއްރިޔާތުގައި ބައްދަލު ކުރައްވައިފިއެވެ.  މިއީ ތެދު ޚަބަރެއްނަމަ، މިއީ ބޮޑުވަޒީރު ފަދަ އިޒްރޭލުގެ އިސް އޮފިޝަލަކު ސަޢޫދީ އަރަބިއްޔާގެ އިސް އޮފިޝަލަކާއި ބޭއްވި ފުރަތަމް ބައްދަލުވުމެވެ. މި ކަމުން ދޭހަކޮށްދެނީ މިދެގައުމުގެ ގުޅުން ބަދަހިވަމުންދާ މިންވަރެވެ. މިވާހަކައެއް އިވިގެން މިދިޔައީ އިޒްރޭލާއި ސުންނީ އަރަބި ގައުމެއް ކަމަށްވާ ސަޢޫދީ އަރަބިއްޔާއާއި ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުން ގާއިމުކުރަން އުޅޭ ވާހަކަ ދެކެވެމުންދާ […]

ވަރަށް ގިނަ މުސްލިމް ގައުމުތައް ހިމެނޭހެން 13 ގައުމަކަށް ވިސާދޫކުރުން ޔޫ.އޭ.އީން މަޑުޖައްސާލައިފި.

 13  ގައުމެއްގެ ރައްޔިތުންނަށް ވިސާދޫކުރުން ޔުނައިޓެޑު ޢަރަބް އެމިރޭޓްސް(ޔޫ.އޭ.އީ) އިން މަޑުޖައްސާލައިފިއެވެ. އެގައުމުތަކުގެ ތެރޭގައި ގިނައިން ހުރީ އީރާން، ސީރިއާ، ތުރުކީ، ސޯމާލިއާ ފަދަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކެވެ.