ޔޫއޭއީ ގެ ފަތުވާ ކައުންސިލުން އިޒުރޭލާއެކު ގާއިމުކުރި ގުޅުމަކީ ހުއްދަ ގުޅުމެއް ކަމަށް ނިންމައިފި.

NEWS

ޔޫއޭއީ އާއި އިޒުރޭލާއެކު ގާއިމު ކުރި ސިޔާސީ ގުޅުމަކީ ހުއްދަ ގުޅުމެއް ކަމަށް ޔޫއޭއީ ގެ ފަތުވާ ކައުންސިލުގެ އިސްވެރިޔާ ބިން ބައްޔާހު ނިންމައިފިއެވެ.   ޔޫއޭއީ ގެ ފަތުވާ ކައުންސިލުން ނެރުނު ސްޓޭޓްމަންޓެއްގައި“ ޔޫއޭއީ ގެ ހިކުމަތްތެރި ވެރިން އެގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް އެ އެޅި ފިޔަވަޅަކީ ވަރަށް ރަނގަޅު ފިޔަވަޅެއް“ ކަމަށްބުނެ، ވަނީ ވަރަށް ތަޢުރީފު ކޮށްފައެވެ.   ޔޫ އޭ އީގައި އަމިއްލަ ދިރިއުޅުމާއި، ވިޔަފާރިއާއި މުޖުތަމަޢާއި ގުޅޭކަންކަން ނިންމުމަށް،  ގިނަ މީހުން ފަތުވާ […]

ބައިނަލްއަގްވާމީ ސިޔާސީ ރަދީފުގައި ޓެރަރިޒަމާއި އިސްލާމީ ޖިހާދު

Islamic Jihaad news

މިއިީ މިއަދު ބައިނަލްއަގްވާމީ މުޖްތަައުގައިވާ މައިގަނޑު ބޮޑެތި މައްސަލަތަކުގެ އަސްލެވެ. ވަކިން ޚާއްސަކޮށް އިސްލާމީ ދުނިޔެ އާއި ހުޅަނގާ ދެމެދުގައިވާ އަރައިރުމުގެ މައިގަނޑު ތަނބެވެ. މިވަގުތު ދުނިޔެއަށް ނުރައްކަލަކަށް ވެފައިވަނީ ހަމައެކަނި ޓެރަރިޒަމް ހެއްޔެވެ؟ ނުވަތަ އިސްލާމީ ޖިހާދު ހެއްޔެވެ؟ މިއީ ދެ ބައި މީހުންވެސް މުޅިން ތަފާތު ދެ ގޮތަކަށް ޖަވާބުދޭ ސުވާލުތަކެވެ. އެއްބަޔަކު މާނަކުރާ ގޮތުގައި މި ވަގުތު ދުނިޔެއަށް ނުރައްކަލަކަށް ވެފައިވަނީ ޓެރަރިޒަމެވެ. އިސްލާމީ ޖިހާދެއް ނެތެވެ. ޖިހާދުގެ ނަމުގައި ވާހަކަ ދެއްކި […]

ޖަޕާނުގެ ކުންފުނިތަކުގެތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ ކުންފުނިން 2021ގައި އޮލިމްޕިކްސް ބޭއްވުމާއި ދެކޮޅު ހަދައިފި

އޮލިމްޕިކްސް ބާއްވަން ހަމަޖެހުނީ މިއަރެވެ. އެހެންނަމަވެސް ކޮރޯނާގެ ބަަލާއާފާތާއިހެދި އޮލިމްޕިކްސްވަނީ ފަސްކޮށްފައެވެ.  މިއަހަރު ބާއްވަން ޕްލޭންކުރި އޮލިމްޕިކްސްވަނީ ނަވަލް ކޮރޯނާގެ ސަބަބަުން އެއް އަހަރަށް ފަސްކޮށްފައެވެ. ޖަޕާނުގެ ކުންފުނިތަކުގެތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ ކުންފުނިން ގަބޫލު ކުރަނީ އޮލިމްޕިކްސް ޖެހޭނީ ކެންސަލް ކުރާށެވެ. ނުވަތަ އިތުރަށް ފަސްކުރާށެވެ.  ޓޯކިޔޯގެ ޝޮކޯ ރިސާޗުން ކުރިއަށްގެންދިޔަ ދިރާސާއެއްގައި ބައިވެރިވި 13،000 ކުންފުނީގެ ތެރެއިން 27.8 އިންސައްތަ ބުނެފައިވަނީ އޮލިމްޕިކްސް ޖެހޭނީ ކެންސަލް ކުރާށެވެ. އަދި 25.8 އިންސައްތައަށް ފެންނަނީ އޮލިމްޕިކްސް އިތުރަށް […]

އެމެރިކާގެ އިމިގްރޭޝަން ޑީޓެއިނީ ސެންޓަރުގައި ހައްޔަރުކޮށްފައިވާ މުސްލިމުންނަށް ކާންދެނީ އޫރުމަހާއި ހަލާލު ނޫން ހަލާކުވެފައިހުންނަ ކާތަކެތި

news

ކޮވިޑުގެ ބަލިމަޑުކަން ފެށިނީއްސުރެ، ފްލޮރިޑާގެ އިމިގްރޭޝަނުން ބަލަހައްޓާ ޖަލެއްގައި ހައްޔަރުކޮށްފައިވާ މުސްލިމުންނަށް އެތައްފަހަރަކު އޫރުމަސް އެކުލެވޭ ކާނާއާއި، މުއްދަތު ހަމަވެފައިހުންނަ ހަލާލް ކާނާ ކާންދީފައިވެއެވެ. އެމީހުންނަށް ބާރު އަޅަނީ އެމީހުންގެ ދީން ނުވަތަ ރަނގަޅު ކާނާ އިޚުތިޔާރު ކުރުމަށެވެ.  މިއާމީގައި ހުންނަ އިމިގްރޭޝަން އާއި ކަސްޓަމްގެ ކަންކަން ހިންގާ ”ކްރޯމް ސަރވިސް ޕްރޮސެސިން“ ގައި ހައްޔަރުކޮށްފައިތިބި މީހުންނަށް އޮތީ އޫރުމަސްއަޅައިގެން ހަދައިފައި ހުރި ކާނާގެ ޕާރުސަލް ނުވަތަ މުއްދަތު ހަމަވެފައިވާ ހަލާލްކާނާ ހަފްތާއަކު ތިންފަހަރު ކާށެވެ. މުސްލިމުންގެ […]

ތުރުކީއަށް ހޯދުނު ގުދުރަތީ ގޭސް ވަޅުގެ ސަބަބުން 2023 ގައި ގޭހުގެ މާރުކޭޓަށް ހެޔޮބަދަލު އަންނާނެ

ކަޅު ކަނޑުން ތުރުކީއަށް ވަރުގަދަ ގުދުރަތީ ގޭސްވަޅެއް ފެނިއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވި ގޮތުގައި 320 ބިލިއަން ކުބިކް މީޓަރުގެ ގުދުރަތީ ގޭސް ވަޅުގެ ގޭސް 2023 ގައި ޢާންމުންނަށް ފޯރުކޮށްދެވޭ ވަރުވާނެއެވެ.  ކަޅު ކަނޑުން ތުރުކީއަށް މި ފެނުނު ވަރުގަދަ ގުދުރަތީ ގޭސް ވަޅުގެ ފައިދާ  ފެންނާނީ މެދު އަދި ދުރު ރާސްތާގައެވެ. ސަބަބަކީ އެގޭސް ޢާންމުންނަށް ލިބެންފަށާނީ 2023ގައި ކަމަށްވާތީއެވެ.  ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ހުކުރު ދުވަހު […]

ދެއްކުންތެރިނުވެ ހިތް ނިޔަތް ޚަލާސްކުރަމާތޯއެވެ.

ބައެއްމީހުން ތަސްބީހައިގެ އޮށްފަތިގުނަމުން ބައެއްބޭކަލުން ފުންމިންނޭނގޭ ޢިލްމުގެކަނޑަށް ފީނަމުން އަދި ބައެއް ބޭފުޅުން ރުކޫޢު ސުޖޫދު  ގައި ހިނދުދިގުކޮށް ގިސްލަ ގިސްލާ ފައި ކަރުނު އޮހޮރާލަމުން މިކުރަނީ އެއްމަސައްކަތެކެވެ. އުފުލަނީ ހަމަ އެއްބުރައެކެވެ. އެންމެންގެ ވެސް މަޤްޞަދަކީ އަދި މިސްރާބަކީ އެއްއަމާޒަކަށް ވާޞިލުވުމެވެ. ދަތުރުކުރާމަގު ތަފާތުވިޔަސް ވިސްނުމާފިކުރު އެކައްޗަކަށް ނުވިޔަސް މިކުރާ މަސައްކަތާއި އުފުލާހާ ބުރައަކީ ކީރިތިވަންތަ ކަށަކުޅަދުންވަންތަ ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުން ލިބިގަތުމެވެ. މިހެންނުވާންވީ ފަހެ ކީއްވެތޯއެވެ. މިދުނިޔެއަކީ ބުރަ އުފުލުމުގެ ގޯއްޗެވެ. […]

ޗެމްޕިއަންސް ލީގުގެ ތަށި ހަވަނަ ފަހަރަށް ބަޔާންއިން އުފުލާލައިފި!

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވަރުގަދަ ބަޔާން މިއުނިކުން އުފުލާލައިފިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދައިފައި ވަނީ ފައިނަލުގައި ޕީއެސްޖީއާއި ދެކޮޅަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މެޗްގެ ފުރަތަމަ ހާފް ފަށައި ބަޔާންއިން ކުޅެމުން ދިޔައީ ވަރަށް އެޓޭކިންގ ގޭމެކެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ޕީއެސްޖީއިން ވެސް ކުޅުމުގެ ތެރެއަށްވަދެ، އެޓޭކް ކުރަމުން ދިޔައެވެ. މި ހާފުގައި، ބަޔާންގެ ލެވަންޑޯސްކީ އަދި ޕީއެސްޖީގެ ޒުވާން ފޯވަރޑް […]

ބީޖޭޕީގެ މެންބަރުން މުސްލިމުންނާ އިނދިކޮޅަށް ދެއްކި ވާހަކަތަކުގެ ސަބަބުން އުފެދުނު ނަފަރަތަށްފަހު، ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނާ ވާހަކަތައް ފޭސްބުކްއިން ދޮގުކޮށްފި.

ގާނޫންު ހަދާ މަޖިލީހުގެ ކަނާތު ފިޔައިގެ ހިންދީ މެންބަރު ޓީ ރާޖާ ސިންގ ފޭސްބުކުގައި ކޮމެންޓު ޕޯސްޓުކޮށް، ޚިތާބުތައް ތައްޔާރުކޮށް ވަނީ އަޕްލޯޑުކޮށްފައެވެ. މި ޕޯސްޓުތަކުގައި ރޮހިންގާ މުސްލިމުންގެ ގަޔަށް ބަޑިޖަހަން މަރަންވީ ކަމށާއި، މުސްލިމުންނަކީ ޚިޔާނާތްތެރި ބައެއްކަމަށް ބުނެ މިސްކިތްތައް ހަލާކުކުރަން ގޮވާލާފައި ވެއެވެ.  ދި ވޯލް ސްޓްރީޓު ޖާނަލް (ޑަބްލިއު، އެސް، ޖޭ) އިން ރިޕޯޓު ކުރިގޮތުގައި ފޭސްބުކްގެ އެގްޒެކެޓިވްއެއްވަނީ ހިންދީ މެންބަރު މުސްލިމުންނާއި ދެކޮޅަށް ޕޯސްޓުކުރި ލިޔުންތައް ފޭސްބުކުން ނެގުމަށް ދެކޮޅުހަދާފައެވެ. ކުންފުނީގެ […]

ޗައިނާގެ ސިނޮފަމްއިން ތައްޔާރު ކުރާ ކޮވިޑް-19 ވެކްސިން 2020 ވަނަ އަހަރު ނިމުމުގެ ކުރިން ލިބޭނެ.

ޗައިނާ ސަރުކާރުގެ ބޭސްއުފައްދާ ކުންފުންޏެއްގެ ވެރިޔާ ވިދާޅުވި ގޮތުގައި، މިއަހަރު ނިމްނެވާއިރަށް ކޮރޯނާވައިރަސް ވެކްސިން ގަންނަން ލިބޭވަރުވާނެއެވެ.  ޗައިނާގެ ސިނޮފާމްއިން ތައްޔާރު ކުރާ ކޮރޯނާ ވައިރަސްގެ ވެކްސިންގެ ދެޑޯޒުގެ އަގަކަށްވާނީ 144.27 ޑޮލަރެވެ.  ސިނޮފާމްއިން ބުނެފައިވާ ގޮތުގައި މިހާރު އަޖުމަ ބަލަމުންދާ ވެކްސިން މިއަހަރު ނިމެންވާއިރަށް އާންމުންނަށް ލިބޭވަރުވާނެއެވެ. މިހާރު އަޖުމަބެލުމުގެ ފަހު މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ޔުނައިޓެޑް ޢަރަބް އެމިރޭޓޮސްގައި އިންސާނުންނަށް ވެކްސިންދީ ޓެސްޓު ކުރަންވަނީ ފަށާފައެވެ. މިކަމުގެ ބޭނުމަކީ ވެކްސިނަކީ އިންސާނުންނަށް ދޭން އެކަށޭނަ […]

ހަނިކޮށްފައި އޮތް ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް ސްރީލަންކާގެ ރައީސް ރާޖަޕަކްސާ ފައްޓަވައިފި

ރައީސްކަމުގައި ދެދައުރު ހުންނެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އޭނާގެ ސަރުކާރުން ބާޠިލުކުރައްވާނެކަމަށް ގޮޓަބަޔާ ރާޖުޕަކުސާ ވިދާޅުވެއްޖެއެވެ.  ރައީސްކަމުގައި ދެދައުރު ހަމައެކަނި ހުންނެވޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާޠިލުކުރުމަށް އޭނާގެ ސަރުކާރުގެ ކޯލިޝަނަށް މިދިޔަ އިންތިޚާބުގައި ރައްޔިތުން ހަވާލުކޮށްފައިވާ މަސައްކަތް ކުރައްވާނެ ކަމަށް ސްރީލަންކާގެ ރައިސް ވިދާޅުވިއެވެ.  ބުރާސްފަތި ދުވަހު މަޖްލިސް ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ރައީސް ގޮޓަބަޔާ ރާޖުޕަކުސާ ވިދާޅުވީ ގާނޫނު އަސާސީއަށް ގެނެސްފައިވާ 19ވަނަ އިސްލާހު އުވާލެއްވުމަކީ، އޭނާގެ ސަރުކާރުން އެންމެ އިސްކަންދޭ […]