އެމެރިކާގެ އިމިގްރޭޝަން ޑީޓެއިނީ ސެންޓަރުގައި ހައްޔަރުކޮށްފައިވާ މުސްލިމުންނަށް ކާންދެނީ އޫރުމަހާއި ހަލާލު ނޫން ހަލާކުވެފައިހުންނަ ކާތަކެތި

Loading

Facebook
Twitter
WhatsApp
news

ކޮވިޑުގެ ބަލިމަޑުކަން ފެށިނީއްސުރެ، ފްލޮރިޑާގެ އިމިގްރޭޝަނުން ބަލަހައްޓާ ޖަލެއްގައި ހައްޔަރުކޮށްފައިވާ މުސްލިމުންނަށް އެތައްފަހަރަކު އޫރުމަސް އެކުލެވޭ ކާނާއާއި، މުއްދަތު ހަމަވެފައިހުންނަ ހަލާލް ކާނާ ކާންދީފައިވެއެވެ. އެމީހުންނަށް ބާރު އަޅަނީ އެމީހުންގެ ދީން ނުވަތަ ރަނގަޅު ކާނާ އިޚުތިޔާރު ކުރުމަށެވެ. 

މިއާމީގައި ހުންނަ އިމިގްރޭޝަން އާއި ކަސްޓަމްގެ ކަންކަން ހިންގާ ”ކްރޯމް ސަރވިސް ޕްރޮސެސިން“ ގައި ހައްޔަރުކޮށްފައިތިބި މީހުންނަށް އޮތީ އޫރުމަސްއަޅައިގެން ހަދައިފައި ހުރި ކާނާގެ ޕާރުސަލް ނުވަތަ މުއްދަތު ހަމަވެފައިވާ ހަލާލްކާނާ ހަފްތާއަކު ތިންފަހަރު ކާށެވެ. މުސްލިމުންގެ ކަންކަމުގައި އިސްކޮށް މަސައްކަތްކުރާ އެމެރިކަން ފޯ އިމިގްރެންޓު ޖަސްޓިސް، އެންޑް ދި ލޯ ފާމް ކިންގު އެންޑު ސްޕްލެޝިން އެލްއެލްޕީން އައިސީއީ އަށާއި އެމެރިކާގެ ޑިޕާޓްމަންޓު އޮފް ހޯމްލޭންޑު ސިކިއުރިޓީއަށް ފޮނުއްވި ސިޓީއެއްގައި ލިޔެފައި ވެއެވެ. 

އައިސީއީގެ މުވައްޒަފުންވަނީ އެ ޝަކުވާތަކަށް ގަސްތުގައި އަޅާނުލައި ދޫކޮށްލާފައެވެ. އެ ޖަލުގެ ވެރިޔާ ވަނީ “ އެއީ ހަމަ އެ “ ކަމުގައި ބުނެ ޝަކުވާ އަޑުނާހާ ދޫކޮށްލާފައެވެ.  

ކްރޯމްގައި ބަންދުކޮށްފައިތިބި 440 މީހުންނަކީ މުސްލިމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި ކްރޯމްގައި ހައްޔަރުކޮށްފައިތިބި މުސްލިމުންނަށް ކާންދެނީ 2017ގެ ކުރިން މުއްދަތު ހަމަވެފައިވާ، ކެއުން ރަގަޅުނޫން އަދި ދީނީގޮތުން ހުއްދަނޫން ކާތަކެއްޗެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް