ގާނޫންު ހަދާ މަޖިލީހުގެ ކަނާތު ފިޔައިގެ ހިންދީ މެންބަރު ޓީ ރާޖާ ސިންގ ފޭސްބުކުގައި ކޮމެންޓު ޕޯސްޓުކޮށް، ޚިތާބުތައް ތައްޔާރުކޮށް ވަނީ އަޕްލޯޑުކޮށްފައެވެ. މި ޕޯސްޓުތަކުގައި ރޮހިންގާ މުސްލިމުންގެ ގަޔަށް ބަޑިޖަހަން މަރަންވީ ކަމށާއި، މުސްލިމުންނަކީ ޚިޔާނާތްތެރި ބައެއްކަމަށް ބުނެ މިސްކިތްތައް ހަލާކުކުރަން ގޮވާލާފައި ވެއެވެ.
ދި ވޯލް ސްޓްރީޓު ޖާނަލް (ޑަބްލިއު، އެސް، ޖޭ) އިން ރިޕޯޓު ކުރިގޮތުގައި ފޭސްބުކްގެ އެގްޒެކެޓިވްއެއްވަނީ ހިންދީ މެންބަރު މުސްލިމުންނާއި ދެކޮޅަށް ޕޯސްޓުކުރި ލިޔުންތައް ފޭސްބުކުން ނެގުމަށް ދެކޮޅުހަދާފައެވެ. ކުންފުނީގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނަމުންނެވެ. އެންމެ ފޭސްބުކުގެ އެންމެބޮޑު މާރުކޭޓު ކަމަށްވާ އިންޑިއާ މީހުންކުރާ މިދެންނެވި ފަދަ ޕޯސްޓުތައް ނުނަގާ ފޭސްބުކުން ބަހައްޓާކަން ވަނީ އެތައް ފަހަރަކު ފާހަގަކުރެވިފައެވެ.