ޗައިނާގެ ސިނޮފަމްއިން ތައްޔާރު ކުރާ ކޮވިޑް-19 ވެކްސިން 2020 ވަނަ އަހަރު ނިމުމުގެ ކުރިން ލިބޭނެ.

Loading

Facebook
Twitter
WhatsApp

ޗައިނާ ސަރުކާރުގެ ބޭސްއުފައްދާ ކުންފުންޏެއްގެ ވެރިޔާ ވިދާޅުވި ގޮތުގައި، މިއަހަރު ނިމްނެވާއިރަށް ކޮރޯނާވައިރަސް ވެކްސިން ގަންނަން ލިބޭވަރުވާނެއެވެ. 

ޗައިނާގެ ސިނޮފާމްއިން ތައްޔާރު ކުރާ ކޮރޯނާ ވައިރަސްގެ ވެކްސިންގެ ދެޑޯޒުގެ އަގަކަށްވާނީ 144.27 ޑޮލަރެވެ. 

ސިނޮފާމްއިން ބުނެފައިވާ ގޮތުގައި މިހާރު އަޖުމަ ބަލަމުންދާ ވެކްސިން މިއަހަރު ނިމެންވާއިރަށް އާންމުންނަށް ލިބޭވަރުވާނެއެވެ. މިހާރު އަޖުމަބެލުމުގެ ފަހު މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ޔުނައިޓެޑް ޢަރަބް އެމިރޭޓޮސްގައި އިންސާނުންނަށް ވެކްސިންދީ ޓެސްޓު ކުރަންވަނީ ފަށާފައެވެ. މިކަމުގެ ބޭނުމަކީ ވެކްސިނަކީ އިންސާނުންނަށް ދޭން އެކަށޭނަ އެއްޗެއްކަން ކަށަވަރުކޮށް، ގާނޫނީ ހުއްދަތައް ހޯދުމަށް ބޭނުންވާ ހެކި އެއްކުރުމެވެ. 

“ މި ވެކްސިން އެހާ އަގުބޮޑެއް ނުވާނެ، އުއްމީދު ކުރެވެނީ އެއް ޑޯޒު، އަދި ދެޑޯޒްގެ އަގުވެސް ގާތްގަޑަކަށް ދެތިން ސަތޭކައެއްހާ ޔުއާންއަށް ލިބޭނެކަމަށް.  ޔަގީނުންވެސް 1000 ޔުއާންއަށްވުރެ އަގު ދަށްވާނެ“  ގުއަންގމިންގ ދުވަހު ނޫހަށް ޚަބަރުދެއްވަމުން، ޗައިނާގެ ގައުމީ ފާމަސޫޓިކަލް ގްރޫޕުގެ (ސިނޮފާމް)  ޗެއަރމަން ލީ ޖިންޒެން ވިދާޅުވިއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް